Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ އައުޓް ހަރަކާތް

އިންޑިއާ އައުޓް ހަރަކާތަކީ ސިޔާސީ ކަމެއް، އެކަން ކުރީ ރައްޔިތުންނަށް އޮޅުވާލަން - މާރިޔާ

ދިވެހި ސަރުކާރުގެ މިހާރު ފޮރިންގ ޕޮލިސީއަކީ ވަރަށް ބޮޑު އޮޅުންބޮޅުމެއް ތެރޭގައި އޮތް އެއްޗެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 އެޕްރީލު 2025 | ބުދަ 07:39
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

އިންޑިއާ އައުޓް ހަރަކާތަކީ ސިޔާސީ ކަމެއް ކަމަށާއި، ޕީޕީއެމް ޕީއެންސީން އެކަން ކުރީ ރައްޔިތުންނަށް ކަންކަން އޮޅުވާލަން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައިސިންގ ބަހާރަތް ސަމިޓް 2025 ގައި ބައިވެެރިވެވަޑައިގެން އަމާޒުކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ ދިވެހި ސަރުކާރުގެ މިހާރު ފޮރިން ޕޮލިސީއަކީ ވަރަށް ބޮޑު އޮޅުންބޮޅުމެއްެ ތެރޭގައި އޮތް އެއްޗެއް ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ތާއީދު ކުރައްވާ ސިޔާސަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ރާއްޖޭގެ މިހާރުގެ ޚާރިޖީ ސިޔާސަތު ވަރަށް ބޮޑަށް އޮޅުން އަރާފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ އިންޑިއާ އޮތީ ބޭނުން ވެއްޖެ ކޮންމެ ފަހަރަކު އެހީވާން އަންނަން އެންމެ ފިޔަވަޅެއް ދުރުގައި ކަމަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަވަށްޓެރި ފުރަތަމަ ސިޔާސަތާއި، އެމަނިކުފާނުގެ މެޗޫރިޓީއާ އެކު، ގައުމުތަކުން ވަނީ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ދަމަހައްޓާފައި ކަމަށެވެ.

ރާއްޖޭގައި ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕެއިނާ ބެހޭ ގޮތުން މާރިޔާ ދީދީ ވިދާޅުވީ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ މެދު މީހުންނަށް އޮޅުން އަރާ މަރުހަލާއެއް އޮތް ކަމަށެވެ. އެކަމަކު އެއީ ރައްޔިތުންގެ ފެންވަރުގައި އޮތް ކަމެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ސިޔާސީ ފިޔަވަޅެއް ކަމަށާއި، ރައްޔިތުންގެ ވިސްނުން ގައުމުގެ އެތެރޭގައި ހުރި ކަންކަމުން ދުރުކުރަން މަސައްކަތް ކުރަން ކުރިކަމެއްގެ ގޮތުގައި މާރިޔާ ވިދާޅުވިއެވެ. އެކަމަކު އިންޑިއާ އައުޓަކީ މިހާރު އޮތް ކަމެއް ނޫން ކަމަށް މާރިޔާ ވިދާޅުވިއެވެ.

ކަނޑުގެ ވިޔަފާރީގެ މެދުގައި ރާއްޖެ އޮންނަ އިރު، ދުނިޔޭގެ ބާރުތަކުގެ ބާރު ރާއްޖެއަށް ނުފޯރާނެ ގޮތަކާ މެދު ސުވާލު ކުރުމުން މާރިޔާ ވިދާޅުވީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން މީގެ ކުރިން ވެސް އެކުގައި މަސައްކަތްކޮށްފައިވާ ކަމަށެވެ. ވަސީލަތްތައް ޙިއްޞާކުރުމާއި، މަޢުލޫމާތު ޙިއްޞާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެހެންކަމުން މުޅި ދުނިޔެއިން ދެކެނީ މިއީ އެއް ސަރަހައްދެއްގެ ގޮތުގައި ކަމަށް މާރިޔާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު