Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ ގައި ކުރިއަށް ގެންދިޔަ މުޒާހަރާ

ޓްރަމްޕާއި ދެކޮޅަށް އެތައްހާސް ބަޔަކު ބޭއްވި މުޒާހަރާ އަކީ "އަނދިރި ދައުލަތު" އިން ރާވައިގެން ކުރިއަށް ގެންދިޔަ މުޒާހަރާ ތަކެއް - ކިރިލް

8 އެޕްރީލު 2025 | އަންގާރަ 03:24

މުޒާހަރާތައް ބާއްވާފައިވަނީ ރިޔާސީ އިޚްތިޔާރުތައް ނިގުޅައިގަނެ، އެމެރިކާގެ ރައްޔިތުންގެ އިޚްލާޞްތެރިކަން ނިގުޅައިގަތުމަށް މަސައްކަތްކުރާ، ނުފޫޒުގަދަ އޮފިޝަލުންގެ ނެޓްވޯކެއްގެ ގޮތުގައި ސިފަކުރެވިފައިވާ "އަނދިރި ދައުލަތު" އިން ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 އެޕްރީލު 2025 | އަންގާރަ 03:24
އެޕްރީލް 5 ވަނަ ދުވަހު ހޭންޑްސް އޮފް އިން ރާވައިގެން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން

އެޕްރީލް 5 ވަނަ ދުވަހު ހޭންޑްސް އޮފް އިން ރާވައިގެން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ލީޑަރޝިޕް އާއި ދެކޮޅަށް އެމެރިކާގައި ބޭއްވި ބޮޑު މުޒާހަރާތަކަކީ "އަނދިރި ދައުލަތު" އިން ރާވައިގެން ކުރިއަށް ގެންދިޔަ މުޒާހަރާތަކެއް ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ވިޔަފާރިވެރިޔާ އަދި އިންވެސްޓްމަންޓް އެންވޯއީ ކިރިލް ޑިމިޓްރިއެވް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ 1200 އަށްވުރެ ގިނަ ތަންތަނުގައި ބޭއްވި މުޒާހަރާތަކަކީ ހޭންޑްސް އޮފް އިން ބޭއްވި މުޒާހަރާކަތެއް ކަމަށް ބުނާނެ ހެއްކެއް ނެތް ކަމަށް ނިއުސްވީކް ގައި ރިޕޯޓް ކޮށްފައި ވެއެވެ. އަދި މުޒާހަރާތައް ބާއްވާފައިވަނީ ރިޔާސީ އިޚްތިޔާރުތައް ނިގުޅައިގަނެ، އެމެރިކާގެ ރައްޔިތުންގެ އިޚްލާޞްތެރިކަން ނިގުޅައިގަތުމަށް މަސައްކަތްކުރާ، ނުފޫޒުގަދަ އޮފިޝަލުންގެ ނެޓްވާރކް އެއްގެ ގޮތުގައި ސިފަކުރެވިފައިވާ "އަނދިރި ދައުލަތު" އިން ކަމަށް ވެސް އެ ނޫހުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ޓްރަމްޕް ވަނީ އަނދިރި ދައުލަތް ރޫޅާލާނެ ކަމަށް ވައުދު ވެވަޑައިގެންފައެވެ.

ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލުންނާ އެކު މަޝްވަރާ ކުރެއްވުމަށް މިދިޔަ ހަފުތާގައި ވޮޝިންޓަނަށް ވަޑައިގެންނެވި ޑިމިޓްރިއެވް ވަނީ އާދީއްތަ ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ފުޅާ ދާއިރާއެއްގައި ކުރި މުޒާހަރާތަކަށް ރައްދު ދެއްވާފަ އެވެ. އަދި މި މުޒާހަރާތަކަކީ މާޔޫސް ވެފައިވާ އެމެރިކާ މީހުން އިންތިޒާމްކުރާ މުޒާހަރާތަކާ ޚިލާފަށް، ބޮޑު ރޭވުންތެރި ހަރަކާތެއްގެ ތެރެއިން ކުރިއަށް ގެންދާ މުޒާހަރާތަކެއް ކަމަށް ވިދާޅުވެފައެވެ.

"ހޭންޑްސް އޮފް" މުޒާހަރާތަކަކީ ވަރަށް ރަނގަޅަށް އިންތިޒާމު ކުރެވިފައިވާ މުޒާހަރާ ތަކަކަށް ވާއިރު، ސުވާލު އުފެދޭ ކަމަކީ އަނދިރި ދައުލަތުން ބޭރު ގައުމުތަކުގައި ތިބެގެން އިންގިލާބެއްގެންނަން މަސައްކަތް ކުރަނީތޯ އެންވޯއީ ވަނީ ސުވާލު އުފައްދާފައެވެ. އޭނާ އިޝާރާތް ކުރެއްވީ މިދިޔަ މާޗް މަހުގެ މެދުތެރޭގައި ސާބިއާގެ ރައީސް އަލެކްސަންޑާ ވުސިޗްއާ ދެކޮޅަށް ކޮރަޕްޝަނާ ދެކޮޅަށް ކުރި ބޮޑު މުޒާހަރާތަކަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ދެވަނަ ދައުރަކަށް ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށްފަހު ޓްރަމްޕްގެ ވެރިކަމާއި ދެކޮޅަށް އެތައް ހާސް ބަޔަކު ހޮނިހިރު ދުވަހު ވަނީ 50 ސްޓޭޓެއްގެ މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފައެވެ. މަދަނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ލޭބާ ޔޫނިއަންތަކާއި ވެޓަރަންސް އަދި އިލެކްޝަންސް އެކްޓިވިސްޓުން ހިމެނޭ ގޮތަށް 150 އަށް ވުރެ ގިނަ ޖަމާއަތުން މި އެއްވުންތައް އިންތިޒާމުކޮށްފައިވާ ކަމަށް އެސޯސިއޭޓެޑް ޕްރެސް އިން ބުނެ އެވެ.

ޓްރަމްޕު ފެޑެރަލް ސަރުކާރަށް ދޭންޖެހޭ ބައި ކަނޑާލުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ޓެސްލާ އާއި ސްޕޭސް އެކްސްގެ ސީއީއޯ އީލޮން މަސްކް، ޓްރަމްޕްގެ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝިއެންސީ (ޑީއޯޖީއީ) ގެ އިސްވެރިއަކަށް އައްޔަން ކުރެއްވި ފަހުން ސަރުކާރުގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ޑީއޯޖީއީއިން ބުނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެސެޓް ސޭލްސް، ކޮންޓްރެކްޓް/ލީސް ކެންސަލްކުރުމާއި ރީނެގޯޝިއޭޝަންސް، އޮޅުވާލުމާއި ނުހައްގުން ފައިސާގެ މުއާމަލާތްތައް ޑިލީޓްކުރުމާއި ގްރާންޓް ކެންސަލްކުރުމާއި އިންޓްރެސްޓް ސޭވިންގްސް، ޕްރޮގްރެމެޓިކް ޗޭންޖް، ރެގިއުލޭޓަރީ ސޭވިންގްސް އަދި ވޯކްފޯސް ރިޑަކްޝަން ގުޅިގެން ބޭކާރު ޚަރަދުގެ ގޮތުގައި 140 ބިލިއަން ޑޮލަރު ކުޑަކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހު ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި މަސްކް ވަނީ ޓެސްލާގެ ވެހިކަލްތަކަށް ގެއްލުންދިނުމާއި ރޯކޮށްލުމުގެ ހަމަލާތަކުގެ ފަހަތުގައި ވަނީ "ބޮޑެތި ބާރުތައް" ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވަނީ އެކަމަށް ފަންޑިން ކުރަނީ ކާކުތޯ، ކޯޑިނޭޓް ކުރަނީ ކާކުތޯ ސުވާލު އުފައްދާ އެފަދަ ކަމެއް ދުވަހަކުވެސް ނުދެކޭކަމަށް ވިދާޅުވެފައެވެ.

މި މުޒާހަރާތަކާ ބެހޭ ގޮތުން ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޓްރަމްޕްގެ ސްޓޭންޑް ވަރަށް ސާފު ކަމަށާއި، އަބަދުވެސް ސޯޝަލް ސެކިއުރިޓީ ހިމާޔަތްކޮށް، މެޑިކެއާ އަދި މެޑިކެއިޑް ހައްގުވެރިންނަށް ދެއްވާނެ ކަމަށެވެ. އަދި ޑިމޮކްރެޓުންގެ ސްޓޭންޑުން ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތަކަށް ސޯޝަލް ސެކިއުރިޓީ، މެޑިކެއިޑް އަދި މެޑިކެއާގެ އިނާޔަތްތައް ލިބޭނަމަ، އޭގެ ސަބަބުން މި ޕްރޮގްރާމްތައް ބަނގުރޫޓުވެ އެމެރިކާގެ އިސްރައްވެހިންނަށް އެކަމުގެ އަސަރުކުރާނެ ކަމަށެވެ.

ދަ ހޭންޑްސް އޮފް މޫވްމަންޓްގެ ވެބްސައިޓުގައި ބުނެފައި ވަނީ މިއީ ޒަމާނީ ތާރީހުގައި ވެސް އެންމެ ހަރުކަށި ބާރުތައް އަތުލުން ހުއްޓުވުމަށް މުޅި ގައުމުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. ޓްރަމްޕާއި މަސްކް އަދި އެބޭފުޅުންގެ ބިލިއަނަރު ކްރޯނީން ގެންދަވަނީ އެމެރިކާގެ ސަރުކާރަށާއި، އިޤްތިޞާދާއި، އަސާސީ ޙައްޤުތަކަށް އަރައިގަންނަމުން ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
11 ޖެނުއަރީ 2017

ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

11 ޖެނުއަރީ 2017
ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް