Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައިސާ ޗާޕްކުރުން

ފައިސާ ޗާޕުކުރަންޖެހޭ ހާލަތެއް ގައުމަކު ނެތް - ޔައުގޫބް

4 އެޕްރީލު 2025 | ހުކުރު 10:52

މި ސަރުކާރުން ބޭންކުތައް ވެސް ފުނޑާލައިފި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 4 އެޕްރީލު 2025 | ހުކުރު 10:52
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ

ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ

ފައިސާ ޗާޕުކުރަން ޖެހޭ ހާލަތެއް ގައުމަކު ނެތް ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޔައުގޫބް ވިދާޅުވީ ފައިސާ ޗާޕްކުރަންޖެހޭ ޙާލަތެއް އެމްޑީޕީ ސަރުކާރުން ބަދަލުވެގެން ދިޔަ އިރު މި ޤައުމަކު ނޯންނާނެ ކަމަށެވެ. ކޮވިޑްގެ ހާލަތަށް އަލިއަޅުވާލައްވާ ޔައުގޫބް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ދިމާވި ޙާލަތަކީ، އެއީ މުޅި ދުނިޔެއަށް ވެސް ދިމާވި ޙާލަތެއް ކަމަށެވެ. އަދި އެ ވަގުތު އިތުރު އެހެން އެއްވެސް ގޮތެއް ނެތް ކަމަށާއި، ދެހާސް ތޭވީސް ނިމިގެންދިޔައިރު އޮތް ޙާލަތަކަށް ނުދާނެ ކަމަށެވެ.

Advertisement - newsAdvertisement

ޔައުގޫބު ވިދާޅުވީ އެ ޙާލަތު އެއީ މުޅިން އިސްތިސްނާ ޙާލަތެއް ކަމަށާއި، އެހެންނަމަވެސް، އޭރުވެސް ސަރުކާރުން ޗާޕުކުރީ، ގާތްގަނޑަކަށް އޭރަށް އޭގެ ކުރީ އަހަރުތަކުގައި ޗާޕުކުރި ޖުމުލަ އަދަދަށްވުރެވެސް ދަށުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެއަށްވުރެވެސް އެތައް ގުނައެއް އިތުރު އަދަދެއް ޗާޕުކޮށްގެން އުޅެނީ އެ ޙާލަތެއް ނެތް އިރު ކަމަށެވެ.

އަމިއްލައަށް އަދި ޗާޕުނުކުރާނަމޭ ވިދާޅުވެފަ އައިސް، 15 ބިލިއަނުން ރުފިޔާ ޗާޕުކޮށްގެން، މާކެޓަށް ނެރެމުން އެދަނީ. އެހެންވީމާ، މީގެ އާޚިރު ނަތީޖާއަކީ އަޅުގަނޑުމެންގެ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެންދާނެ. އެއީ، ޑޮލަރަށް ބޭނުންވާ މިންވަރު އިތުރުވެގެންދާނެ. ޑޮލަރަށް އެވަރަކަށް، 15 ބިލިއަން ރުފިޔާއާ ގާތްކުރާ ހަމައަކަށްވެސް މި ރާއްޖޭގައި ޑޮލަރުގެ އިންކަމެއް ނުވަންނާނެ. އެހެންވެއްޖެއްޔާ ޑޮލަރުގެ އަގު ބޮޑުވެގެންދާނެ. ދިވެހި ރުފިޔާގެ އަގު ވެއްޓިގެންދާނެ. އޭގެ މާނައަކީ ތަކެތީގެ އަގު ބޮޑުވެގެންދާނެ. އެނޫން އިތުރު އެއްވެސް ގޮތެއް ނޯންނާނެ. އެހެންވީމާ، މިހާރު އަޅުގަނޑުމެން އޭރު ކުރީ ސަރުކާރުން ރައްޔިތުންނަށް ބޮޑުކޮށްފައި ހުރި މުސާރައިގެ އެއްވެސް ވެލިއުއެއް ނުފެންނާނެ.
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

ޔައުގޫބު ވިދާޅުވީ ކުރީ ސަރުކާރުގައި އެކިއެކި އަހަރުތަކުގައި ލިބުނު އާމްދަނީއާއި، މި ސަރުކާރުގައި ލިބޭ އާމްދަނީ އާއި އަޅާ ކިޔާއިރު އެއީ، ދެހާސް ސައުވީސް އިން ފެށިގެން މިއަދާ ހަމައަށް އައިއިރު ކޮންމެ އަހަރަކުވެސް އާމްދަނީ އިތުރުވަމުން އަންނަ ކަމަށެވެ.

އަދި އެމްޑީޕީ ސަރުކާރުގައިފަސް އަހަރު ކުދި ހުރިހާ ރައްޔިތުންނަށް ވަކި ފިކުރަކަށް، ވަކި މީހަކަށް ބެލުމެއްނެތި، އެ އޮންނަ އުސޫލަށް ހަމަހަމަކަމާއި އިންސާފާއެކު އާސަންދަ ނުލިބޭ މީހަކު ނުހުންނާނެ ކަމަށެވެ. އަދި އެއިރު އާސަންދަ ނުލިބިގެން ޝަކުވާކުރާ އަޑެއް ނީވޭނެ ކަމަށާއި، އެންސްޕާއިން ކުރަންޖެހޭ ޚަރަދެއް ވިޔަސް، އެކަންވެސް ކޮށްދީ އޭގެއިތުރަށް އެ ހުރިހާ ކަމަކާ އެއްކޮށް އެއްވެސް ރަށެއްގެ ކަރަންޓުގެ މައްސަލައެއް ޖެހިގެން އެ ވާހަކަ ދެއްކި އަޑެއް ނީވޭނެ ކަމަށެވެ.

މި ހުރިހާ ކަމަކާއެކު ރާއްޖޭގެ އެކި ރަށްރަށުގައި ކުދި ރަށެއް ބޮޑު ރަށެއް ނުބަލާ، ހަމަ އޭގެ ހުރިހާ ރަށެއްގައި ހަމަ އެއް ހަމައަކުން ތަރައްޤީގެ މަޝްރޫޢުތައް އެކިއެކި މަޝްރޫޢުތައް ކުރަމުންދިޔަތަން ފެނިގެންދިޔައީ. އޭރު މިއަށްވުރެ މަދުން އާމްދަނީ ލިބުނީ. އެހެންނަމަވެސް، އަޅުގަނޑުމެން ހަމަ މި ބުނާ ކަރަންޓާއި، ފެނާއި، ނަރުދަމާއާއި އަދި އާސަންދައާ އެހެނިހެން ހުރިހާ ޚިދުމަތްތައް އިތުރަށް، އަދި ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އެއްވެސް ސަރުކާރަކުން ކިޔަވަން މަތީ ތަޢުލީމަށް ހޭދަނުކުރާ މިންވަރު، އެއްވެސް ސަރުކާރަކުން ހޭދަނުކުރާ މިންވަރަށް އެތައް ގުނައެއް އިތުރުކޮށް ހޭދަކޮށްގެން ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުޞަތުތައްވެސް ހޯދައިދީ އަޅުގަނޑުމެން ވެރިކަން މި ފަސް އަހަރު ތެރޭގައި ކޮށްފައި ދިޔައީ. އެހެންވީމާ، އެގޮތަށް އޭރު ކުރެވެން އޮތް ޤައުމެއް މި ޤައުމަކީ. ބަޖެޓުގައި އެހާވަރު ހުރި.
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

ޔައުގޫބް ވިދާޅުވީ މިހާރު މި ސަރުކާރުން އައިސް ކުރަނީ ދެކަމެއް ކަމަށެވެ. އެއީ އިސްރާފުކުރުމާއި، ވައްކަންކުރުން ކަމަށާއި، މި ދެ ކަންތައް ބަޖެޠުގައި އިންތިހާއަށް ޖަހާފައި ހުރުމުން ދެން އިތުރަށް ރައްޔިތުންނަށް ބޭނުންވާ ކަމެއް ނުކުރެވޭނެ ކަމަށެވެ. ޔައުގޫބު ވިދާޅުވީ މި ސަރުކާރުގައި ފާހަގަކުރެވޭ ކަމަކީ، މާލީ ކަންކަމަކީ މާ މުހިންމު ކަންކަން ކަމެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ގަބޫލުފުޅުނުކުރައްވާ ކަމަށެވެ.

އެގޮތުން މިއަދާއި ހަމައަށް އައިއިރު ރާއްޖޭގައި މާލީ ހުރިހާ އިދާރާތައް ހުރީ ފުނޑާލާފައި ކަމަށާއި، އެސް.އެމް.އީ ބޭންކު އެއްކޮށް ހުއްޓުވާފައިވާ ކަމަށެވެ. އެމްޑީޕީގެ ވެރިކަން ނިމިގެން އައިއިރު، ސާޅީސް މިލިއަން ޑޮލަރުގެ ފަންޑެއް އެ ބޭންކަށް ހަމަޖައްސާފައި އިންނާނެ ކަމަށާއި، މިދިޔަ އަހަރު ނޮވެންބަރު، ޑިސެންބަރު ތެރޭގައި އެއިން ދިހަ މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.

ރާއްޖޭގެ ރަށެއްގައި އޭ.ޓީ.އެމް އެއް ބެހެއްޓިގެން، އެއީ މާ މެގަ ބޮޑު ޕްރޮޖެކްޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާއާއި އަދި ވަޒީރުންނާއި ސިޔާސީ އެކިއެކި ބޭފުޅުން ފާހަގަކުރާއިރު އަޅުގަނޑުމެން ސަރުކާރުގައި ކިތައް އޭ.ޓީ.އެމްތޯ، ކިތައް ރަށެއްގެ ކިތައް އޭ.ޓީ.އެމްތޯ ބެހެއްޓި. އަޅުގަނޑުމެން ސިޔާސީ މީހަކު ނުވެސް އުޅެން އެކަމަކާ މާ ބޮޑު ކަމެއްގެ ގޮތުގައި، ސަރުކާރުގައި މާ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެކަން ސެލެބްރޭޓްކުރާކަށް ނޫޅެން. ދެން އަޅުގަނޑުމެން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޙައްޤުތަކެއް އެކަން އަޅުގަނޑުމެން ކުރަންޖެހޭ ކަމަށް ގަބޫލުކޮށްގެން ކުރަމުންދިޔައީ. އަދި މިހާރު އެ ބަހައްޓަމުންދާ އޭ.ޓީ.އެމްތަކަކީ ޙަޤީޤަތުގައި މިދިޔަ ސަރުކާރުގައި ހުރިހާ ކަމެއް ކޮށް ނިންމާފައި ހުރި އޭ.ޓީ.އެމްތަކެއް. އެހެންނަމަވެސް، އަޅުގަނޑުމެން ކޮންމެހެން އޭގައި އަޅުގަނޑުމެން ކުރި ކަމެއްގެ ގޮތުގައި ދައްކާކަށް ވެސް ބޭނުމެއް ނެތް. އެހެންނަމަވެސް، މި ސަރުކާރަށް މި ވީހާތަނަށް މި ކުރެވުނީ ތިން ކަމެއް. އެއީ، އޭ.ޓީ.އެމްއެއް ބެހެއްޓުމާއި، ރައީސް ފާލަން ނިންމާލުމާއި، ދެން އޭގެއިތުރަށް އީދަށް މި ބޮކި ދިއްލުން. މި ތިން މެގަ ޕްރޮޖެކްޓް، މި ސަރުކާރަށް މި ދެ އަހަރު ވެގެންދިޔައިރު މި ވީ.
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

ޔައުގޫބް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިނދަޖައްސާލާފައިވާ ކަމަށާއި، އެމް.އެމް.އޭ.އެގައި މުޅި ބޯޑާ އަދި ޚާއްޞަކޮށް އެމް.އެމް.އޭ.ގައި މަސައްކަތްކުރި ދުވަސްވީ ފަންނީ ޤާބިލު ބޭފުޅުންގެ ޚިޔާލާއި ފިކުރާ ދެކޮޅަށް އެމް.އެމް.އޭ.އިން ފަނަރަ ބިލިއަން ރުފިޔާ ފައިނޭންސާ ޗާޕުކޮށްފައިވާ ކަމަށެވެ. އެހެންވީމާ، މުޅި ބޭންކިންގ ސެކްޓަރ، ފައިނޭންޝަލް ސެކްޓަރ އެއްކޮށް އެއޮތީ އެއްކޮށް އިނދަޖައްސާ ފުނޑާލާފައި ކަމަށް ޔައުގޫބް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް