Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިގްތިސާދު ފެއިލްވުން

"އިގްތިސާދު ފެއިލްވުމުން ސަރުކާރުގެ ސްޓްރެޓެޖީ އަކީ ހިލޭ އެއްޗެއް ދީގެން ރައްޔިތުންނަށް އޮޅުވާލުމާއި، އޮޅުވާލައިގެން ޖަލްސާތައް ބޭއްވުން"

3 އެޕްރީލު 2025 | ބުރާސްފަތި 09:50

އެކި އުކުޅުތައް ބޭނުންކޮށްގެން އާއްމުންނަށް އޮޅުވާލާ ކަމަށް އޭނާ ވަނީ ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 އެޕްރީލު 2025 | ބުރާސްފަތި 09:50
މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދު

މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދު

އިގްތިސާދު ފެއިލްވުމުން ސަރުކާރުގެ ސްޓްރެޓެޖީ އަކީ ހިލޭ އެއްޗެއް ދީގެން ރައްޔިތުންނަށް އޮޅުވާލުމާއި، އޮޅުވާލައިގެން ޖަލްސާތައް ބޭއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ސިޔާސަތުތައް ފެއިލްވުމުން ރައްޔިތުންނަށް އޮޅުވާލުމަށް ކެނޑިނޭޅި ސަރުކާރުން މަސައްކަތް ކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އިގްތިސާދު ފެއިލްވެ ހޫނުފެނަށް ވެއްޓުމުން ހިލޭ އެއްޗެއް ދީގެން ރައްޔިތުން ރުއްސަން މަސައްކަތް ކުރާ ކަމަށް ޝަމްހީދު ވަނީ ވިދާޅުވެފަ އެެވެ. އިންތިޚާބުގެ ދުވަސްވަރު ކައިރި ވުމުން ސަރުކާރުން އަނެއްކާވެސް ޖަލްސާ ބާއްވައިގެންނާއި އެކި އުކުޅުތައް ބޭނުންކޮށްގެން އާއްމުންނަށް އޮޅުވާލާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުގެ އެއްވެސް ރޭވުންތެރިކަމެއް ނެތުމުން ކަންކަން ފެއިލްވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އިގްތިސާދު ހަމައަކަށް އަޅުވާނެ ކަމަށް ވައުދުވެގެން މި ސަރުކާރު ވެރިކަމަށް އައި ނަމަވެސް ކަންކަން ވެގެން ދިޔައީ އެހެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އިގްތިސާދީ ގޮތުން ސަރުކާރުން ފެށި ހުރިހާ މަޝްރޫޢު އެއް މިއަދާއި ހަމައަށް ހުރީ ހުއްޓިފައި ކަމަށް ވެސް ޑރ.ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ. އަދި ނިމިދިޔަ ސަރުކާރުން ފެށި މަޝްރޫޢުތައް ވެސް ހުއްޓިފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ހިތަށް އަރަނީ އެމްޑީޕީ ސަރުކާރުގަ އެކަހަލަ ކަމެއް ނުވާނެ އޭ. ރާއްޖޭގެ ޝިޕިން ފެށި އެމްޑީޕީ ސަރުކާރުން. އެކަން ކާމިޔާބު ކުރި. މި ބޭފުޅުން ފަށާ ކޮންމެ ކަމެއް ފެންނަނީ ކާމިޔާބު ނުވެ ފެއިލްވާތަން. ކަންކަން ހިނގާ ކަމަށް ދައްކަން ސޮއިކުރަނީ އޮޅުވާލަން. އެއިން ކަމެއް ދުވަަހަކު ނުފެށޭ. ނިމިދިޔަ ސަރުކާރުން ފެށި ކަންކަން ވެސް ހުރީ އެހެން ހަމަ.
މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދު

މި ސަރުކާރުން މަޝްރޫޢުތަކާއި ސިޔާސަތުތައް ހިންގަނީ އެއްވެސް ކަހަލަ ދިރާސާ އެއް ކުރުމެއް ނެތި ކަން ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދައުރު ފެށުމާއި އެކު އިކޮނޮމިކް މިނިސްޓަރ 3 މަސް ތެރޭގައި ރާއްޖެ އަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ޗެލެންޖްކުރުމަށް ފަހު، ދެން ޑޮލަރުގެ އަގު ބޮޑު ނުވާނެ ކަމަށް ބުނި މަންޒަރު ފެނުނު ކަމަށް ޑރ.ޝަމްހީދު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް