Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އޭގެ ވިޔަފާރިކުރި މައްސަލާގައި 32 އަހަރުގެ ދިވެއްސަކު ބަންދުކުރުމަށް ހުކުމްކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ފިޔަފާރި ކޮށް، ގެނގުޅެ އޭގެ ވިޔަފާރި ކުރިކަމުގެ މައްސަލާގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ގ.ގޫތީ. މާލެ، އުމުރުން 32 އަހަރުގެ ޙަސަން ނަޒީޙްގެ މައްޗަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 2 އެޕްރީލު 2025 | ބުދަ 12:49
ފުލުހުން މާލޭގައި ހިންގި މަސްތުވަތާކެތީގެ ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވާ ގ.ޖޫތީގޭ، ޢުމުރުން 32 އަހަރުގެ ޙަސަން ނަޒީހު

ފުލުހުން މާލޭގައި ހިންގި މަސްތުވަތާކެތީގެ ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވާ ގ.ޖޫތީގޭ، ޢުމުރުން 32 އަހަރުގެ ޙަސަން ނަޒީހު

މަސްތުވާތަކެތި ބޭނުންކޮށް ފިޔަފާރި ކޮށް، ގެންގުޅެ، އޭގެ ވިޔަފާރި ކުރިކަމުގެ މައްސަލާގައި 32 އަހަރުގެ ދިވެއްސަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މަސްތުވާތަކެތި ބޭނުންކޮށް ފިޔަފާރި ކޮށް، ގެނގުޅެ އޭގެ ވިޔަފާރި ކުރިކަމުގެ މައްސަލާގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ގ.ގޫތީ. މާލެ، އުމުރުން 32 އަހަރުގެ ޙަސަން ނަޒީޙްގެ މައްޗަށެވެ. ކޯޓު އަމުރުގައި ވާގޮތުން އޭނާ ބަންދުގައި ބަހައްޓަން ކަނޑައެޅީ 30 ދުވަހުގެ މުއްދަތަށެވެ.

ކޯޓު އަމުރުގައި ވާ ގޮތުން، އުމުރުން 32 އަހަރުގެ ޙަސަން ނަޒީޙް ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބަކީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.

އަދި އުމުރުން 32 އަހަރުގެ ޙަސަން ނަޒީޙް ބަންދުގައި ބަހައްޓަން ޖެހޭ ހާލަތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 49 ވަނަ މާއްދާ އާއި، ޤާނޫނު ނަމްބަރ 12/2016 (ޖިނާއީ އިޖުރާތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ (ކ) އަށް ރިޢާޔަތްކޮށް، ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނާތީ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

މީގެ އިތުރުން ބަންދުގައި ބަހައްޓަން ޖެހޭ ޙާލަތް އޮތްކަމަށް ދެކޭ ސަބަބަކީ ޝަރީޢަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަމްބަރާއި (3) ވަނަ ނަމްބަރާއި (4) ވަނަ ނަމްބަރުގައި ހުރި ކަންކަން ފުރިހަމަވާކަމަށް ބެލެވޭތީ، ބަންދުގައި ބެހެެއްޓުމަށް ނިންމާފައިވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

އުމުރުން 32 އަހަރުގެ ޙަސަން ނަޒީޙް ހައްޔަރު ކޮސްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔާފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖްނސަށް ލިބުނު މައޫލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ދެ ގެއެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަން 1 ކިލޯއަށް ވުރެ ގިނަކަމަށް ފުލުހުން ބުނެއެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
24 ފެބުރުއަރީ 2017

ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް

24 ފެބުރުއަރީ 2017
ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު