Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައްޔިތުން ތިބީ ތިޔަހެން ދިއްލާލާ ލައިޓަކުން ފިލައިގެންދާވަރުގެ ވޭނެއްގައެއް ނޫން!

މިނިސްޓްރީގެ މުވައްޒަފުން، ކައުންސިލް އިމާރާތްތައް އަޅާނެ ސަބް ކޮންޓްރެކްޓަރުން ހޯދަން ވަރަށް ބުރަކޮށް މަސައްކަތް އެބަ ކުރެޔޭ ވިދާޅުވެ ވަޒީރު ވާހަކަފުޅު ދެއްކެވުމަކުން ހުރިހާ ކަމައް ހަމައެއް ނުޖެހޭނެއެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 1 އެޕްރީލު 2025 | އަންގާރަ 14:43
އީދަށް ލައިޓް ދިއްލުން - ރައީސް މުއިއްޒުގެ ވައުދެއް

އީދަށް ލައިޓް ދިއްލުން - ރައީސް މުއިއްޒުގެ ވައުދެއް

ވުޒާރާތައް ހަދަނީ ބޭނުމެއްގައެވެ. ވަޒީރުން އައްޔަން ކުރަނީ ވެސް ބޭނުމެއްގައެވެ. އެންމެ މުހިއްމު ކަމަކީ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމެވެ. ވުޒާރާއެކޭ ބުނުމުން އެގޭ ހައިބަތު ވަރަށް ބޮޑެއެވެ. މެންޑޭޑްޓްވެސް އެހާ ބޮޑުވާނެ ކަމަށް ޤަބޫލުކުރެއެވެ. އެކަމަކު މިސަރުކާރުގެ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާ ފެންނަނީ ވަރަށް ތަފާތު ކޮށެވެ. ސަރުކާރުގެ ފުރަތަމަ އަހަރު ހޭދަކުރީ އެއަހަރުގެ ރޯދަ މަހަށް ގޭގެއަށް ކާޑު ބެހުމުގައެވެ. ދެން އެއަހަރުގެ ފިތުރު އީދަށް ވެރިކަން ކުރާ ރަށްރަށަށް ލައިޓް ފޮނުވުމުގައެވެ. އެކަހަލަ ގޮތަކަށް ގޮސް އަހަރު ނިމުނީއެވެ. މިހާރު މިހިނގަނީ ވެރިކަމުގެ ދެވަނަ އަހަރެވެ. މިއަހަރުވެސް މިދެންނެވި ވުޒާރާ ފެންނަނީ މިކަހަލަ ގޮތަކަށެވެ. ދާދި ފަހުން ނިންމި އެންމެ ބޮޑު މަޝްރޫއުއަކީ މިއަހަރުގެ ފިތުރު އީދަށް އިތުރު 36 ރަށަށް ލައިޓް ފޮނުވުމެވެ. ފިތުރު އީދަށް އެރަށްރަށް ދިއްލުމެވެ. ވާހަކަ ދައްކަވަމުން ދިޔައީ ފިތުރު ޢީދަށް މުޅި ރާއްޖެ ދިއްލާލަނީ ކަމަށެވެ. އެކަމުގައި މިނިސްޓަރާއި، މިނިސްޓްރީގެ މުވައްޒަފުން ދެފައި އެއްތާނގައި ނުޖަހައި ކޮނޑު ހުޅު ނެއްޓެންދެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ބޭނުމަކީ ދިއްލައިގެން އިސްލާމީ ވަޙްދަތު ވަރުގަދަ ކުރުން ކަމަށެވެ.

އާޚިރުގައި ކަންވީ ގޮތް އިނގޭތޯއެވެ. ލައިޓް ފޮނުވަން ބުނި ރަށްރަށް ފުރަތަމަ ފޮނުވާނެ ކަމަށް އެންގީ ނުވަ އައިޓަމެކެވެ. މަސްދުވަސް ފަހުން ދެން އެންގީ ފޮނުވޭނީ 6 އައިޓަމް ކަމަށެވެ. ފޮނުވާ ނިމުނު އިރު ގިނަ ރަށްރަށަށް 6 އައިޓަމްވެސް ހަމަ ނުވެއެވެ. ބައެއް ރަށްރަށުގައި ކޮންމެވެސް ތިން ދިމާލެއްގައި އެބުނާ ކަހަލަ 3 ލައިޓެއް ޖަހާފައި ދިއްލިއެވެ. ރާއްޖެ ދިއްލުމަށް ބޮޑު ސިންގާ ރަސްމިއްޔާތެއް ވެސް ބޭއްވިއެވެ. އެކަމުގައި އެކްސްސައިޓްމަންޓްގައި ހުންނަވައިގެން އަނގަފުރާ ޝުކުރުގެ ބަސްތައް އަޅުއްވައިގެން ގަދަ އަޑުން މިނިސްޓަރު ސްޕީޗެއްވެސް ދެއްވިއެވެ.

ކޮންމެއަކަސް ފިތުރު އީދަށް މުޅި ރާއްޖެ ދިއްލައިފިއެވެ. ދިއްލާލާފައިބެލި އިރު ރާއްޖޭގެ އާބާދީގެ ބޮޑު ބައި އޮތީ ނުދިއްލިއެވެ. 184 ރަށުގެ ތެރެއިން ދިއްލި ކަމަށްވަނީ 60 ހަކަށްރަށެވެ. ބާކީ 125 ރަށް އޮތީ އަނދިރީގައެވެ. އިސްލާމީ ވަހުދަތެއްވެސް ނެތެއެވެ. ފިތުރު އީދުގެ އުފަލެއްވެސް ނެތެއެވެ. އެކަމުގެ މުޅި ރާއްޖެ ދިއްލާލީއެވެ.

ޤަބޫލުފުޅު ކުރައްވާށެއެވެ. ފާޑު ފާޑުގެ ބޮކި ގެނެސް ދިއްލައިވައިގެން ދެއްކުންތެރިކަމުގެ އެތައް އަމަލެއް ހިންގަވައިގެން ރައީސް އަށް ތައުރީފް ކުރައްވައިގެންވެސް ހިފެހެއްޓެވޭނީ އީދު ހަ ދުވަސްނޫންތޯއެވެ. މި ހަދުވަހަށްފަހު ދެން ހައްދަވާނީ ކިހިނެއްތޯއެވެ. ދެން ދައްކަވަން އޮތީ ކޮންއެއްޗެއް ދިއްލާ ވާހަކަ ތޯއެވެ. ފިތުރު އީދަށް ރަށްރަށް ދިއްލެވިއިރު، މާލެ ނަގާފައި އޮތް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީ އޮތި އަނދިރީގައެވެ. ލ. އަތޮޅުގެ ބައެއް ކުދި ކުދި ރަށްރަށްވެސް ހަމަ އެހާލުގައެވެ. މި 6 ދުވަހަށްފަހު ރައްޔިތުންގެ ޝަކުވާތަކާއި މައްސަލަތައް އޮއްބަން ދެން ކުރައްވާނީ ކީއްތޯއެވެ. ދެން ކުޅުއްވާނީ ކޮން ޗަރުކޭހެއްތޯއެވެ. ލައިޓް ދިއްލުމުގެ ޖަލްސާގައި ހުންނަވައިގެން ރަށްރަށް ދިއްލުމުގެ ބުރަ މަނަސައްކަތުގެ އިތުރަށް މިނިސްޓްރީގެ މުވައްޒަފުން، ކައުންސިލް އިމާރާތްތައް އަޅާނެ ސަބް ކޮންޓްރެކްޓަރުން ހޯދަން ވަރަށް ބުރަކޮށް މަސައްކަތް އެބަ ކުރެޔޭ ވިދާޅުވެ ވަޒީރު ވާހަކަފުޅު ދެއްކެވުމަކުން ހުރިހާ ކަމައް ހަމައެއް ނުޖެހޭނެ ނޫންތޯއެވެ.

ހަޤީޤަތާއި ކުރިމަތި ލައްވާށެވެ. ހަޤީޤަތް ޤަބޫލުކުރައްވާށެވެ. ދިވެހި ރައްޔިތުން ތިބީ ތިޔަހެން ދިއްލާލާ ލައިޓަކުން ފިލައިގެންދާވަރުގެ ވޭނެއްގައެއް ނޫނެއެވެ. ތިޔަހެން ދައްކަވާ ފޮނި ވާހަކައަކުން ނެތިގެންދާވަރުގެ ރިހުމެއްގައެއް ވެސް ނޫނެއެވެ. އެޔަށްވުރެ ހާލަތު ދަށެއެވެ. ސީދާ މައްސަލައަށް އެޑްރެސްކުރައްވާށެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު