Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީދަށް ރާއްޖެ ދިއްލުން

"ސަރުކާރުން އީދު ބޮކި ފޮނުވާ ރަށްތަކުގެ ލިސްޓުން އޮމަދޫ އުނިކުރީ އެ ރަށު ރައްޔިތުން ލަދު ގަންނަވަން"

30 މާރިޗު 2025 | އާދީއްތަ 14:09

28 މިލިއަން ރުފިޔާ ހޭދަކޮށްގެން އީދުބޮކި ދިއްލަން ސަރުކާރުން މިހާބޮޑު އިސްކަމެއް ދިން ދިނުމުން އާއްމުން ދަނީ އެކަމަށް ފާޑުކިޔުން އަމާޒުކުރަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 30 މާރިޗު 2025 | އާދީއްތަ 14:09
އދ. އޮމަދޫ

އދ. އޮމަދޫ

ފިތުރު އީދާ ގުޅިގެން ސަރުކާރުން އީދު ބޮކި ފޮނުވާ ރަށްތަކުގެ ލިސްޓުން އޮމަދޫ އުނިކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން ބުނެފައި ވަނީ މި އަހަރު ފިތުރު އީދުގައި ކުލަ ބޮކި ދިއްލަން 28 މިލިއަން ރުފިޔާ ހަރަދުކުރުމށް ނިންމާ، ބޮކިތައް ފޮނުވަން ސަރުކާރުން ނިންމާފައިވާ 36 ރަށުގެ ލިސްޓުގައި އދ. އޮމަދޫ ކުރިން ހިމެނިފައިވީ ނަމަވެސް އެ ރަށުގެ ނަން އެ ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެކަން ހާމަކޮށް އޮމަދޫ ކައުންސިލުން އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ މި އަމަލު އެ ކައުންސިލުން ކުށްވެރިކުރާ ކަމަށް ބުނެފައެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފިތުރު އީދަށް ބޮކި ފޮނުވާ ރަށްތަކުގެ ލިސްޓުގައި އޮމަދޫ ހިމެނޭ ކަމަށް ލޯކަލް ގަވަމަންޓު މިނިސްޓްރީން ކުރިން އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

އެކަން ހާމަކޮށް އެ ވުޒާރާ އިން އެ ކައުންސިލަށް ސިޓީއެއް ފޮނުވާފައި ވަނީމާޗު 6 ގައި ކަމަށް ވެސް އޮމަދޫ ކައުންސިލުން ބުނެއެވެ. އެހެންކަމުން އެ ސިޓީއާ ގުޅިގެން މިކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް އެ އިދާރާއިން ވި ކަމަށްވެސް އޮމަދޫ ކައުންސިލުން ބުނެފައިވެ އެވެ.

އަދި، އެގޮތަށް އެންގުނީ އޮޅުމަކުން ކަމަށް ބުނެ މިނިސްޓްރީން އޮމަދޫ ކައުންސިލަށް ދެވަނަ ސިޓީއެއް ފޮނުވީ އިއްޔެ ހަވީރު 5:30 ހާއިރު ކަމަށްވެސް އެ އިދާރާގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ނަމަވެސް، މި ކައުންސިލަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބުރަވެވެނީ ސިޔާސީ ގޮތުން ނުފޫޒު ހުރި ފަރާތްތަކުން ބާރުވެރިކަމުގެ އޮއިވަރުގައި ޖެހި ލައިޓުތައް ގެންދިއުމަށް ކަނޑައެޅިފައިވާ ލިސްޓަށް ބަދަލު ގެނެސް މި ރަށުގެ ނަން އެ ލިސްޓުން އުނިކޮށް އެހެން ރަށަކަށް އެ ލައިޓުތައް ބަދަލުކޮށްފައިވާ ކަމަށް،" އޮމަދޫ ކައުންސިލުން ބުނެފައިވެ އެވެ.

އީދަށް އަލަށް ދިއްލާ ރަށްތަކުގެ ތެރޭގައި އދ. އަތޮޅުން ހިމެނުނީ މާމިގިލި އެވެ. އޮމަދޫ ކައުންސިލުން ބުނެފައި ވަނީ މިއީ އެ ރަށުގެ ރައްޔިތުންނަ ލަދުގަންނަވާލަން ކުރި ކަމެއްގެ ކަމަށެވެ. މީގެ އިތުރުން އެ ރަށުގެ ބަނދަރުގެ މަސައްކަތްވެސް ކުރިއަށް ނުދާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އެހެންކަމުން އެ މަސައްކަތް ފަށާ ލައިޓުތައް އެ ރަށަށް ފޮނުވުމަށް އޮމަދޫ ކައުންސިލުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

ސަރުކާރުން ދުރާލާ ބުނަމުން އައީ ހެޔޮވަރުގެ 28 މިލިއަން ރުފިޔާ އެކަމަށް ހޭދަކުރާނެ ކަމަށެވެ. އަދި ކުރީ ފަހަރަށްވުރެ އިތުރުކޮށް އަތޮޅުތެރޭގައި ބޮކިދިއްލާ ރަށްތައް އިތުރުވެސް ކުރާނެ ކަމަށެވެ. މިހާ އިގްތިސާދީ ހާލަތު ދަށުގައި އޮތް ދުވަސްވަރެއްގައި 28 މިލިއަން ރުފިޔާ ހޭދަކޮށްގެން އީދުބޮކި ދިއްލަން ސަރުކާރުން މިހާބޮޑު އިސްކަމެއް ދިން ދިނުމުން އާއްމުން ދަނީ އެކަމަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް