Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެނެރަލް ދީދީގެ ޝަރީޢަތް

ޖެނެރަލް ދީދީގެ ޝަރީޢަތް: ދިފާއީ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅައިފި

24 އޯގަސްޓު 2017 | ބުރާސްފަތި 11:15

ދެން މައްސަލައިގެ އަޑުއެހުމެއް އޮންނަނާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 24 އޯގަސްޓު 2017 | ބުރާސްފަތި 11:15
އިބްރާހިމް ދީދީ

އިބްރާހިމް ދީދީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާގެ މައްސަލާގައި ދިފާއުވުމަށް ހުށަޅަން ޖެހޭ ލިޔެކިޔުންތައް ޑީޑީގެ ފަރާތުން ކޯޓަށް ހުށަހަޅައިފިއެވެ.

ޑީޑީގެ ފަރާތުން ދިފާއުގައި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. ޑީދީ އަށް ދިފާއުގައި ލިޔެކިޔުންތައް ހުށަހެޅުމަށް ކޯޓުން ދީފައި ވަނީ ތިން ދުވަހު މުއްދަތެކެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި ކަމަށް ބުނާ މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް ކުރާ ޓެރަރިޒަމުގެ ދައުވާގެ މައްސަލަ ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމުމަށް މި މަހުގެ 17 ވަނަ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ މައްސަލައާ ގުޅޭ ގޮތުން ދެ ފަރާތުން ދެއްކި ވާހަކަތަކާއި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތް ކުރާއިރު މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ.

ޝަރީޢަތުގެ އަޑުއެހުމުގައި ދީދީގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރެރިޒަމްގެ ދައުވާއަށް ދީދީ އިންކާރު ކުރާ ސަބަަބުތައް ބަޔާން ކޮށްދިނުމަށް ޝަރީޢަތުން ވަނީ ދީދީ އަށް ފުރުސަތު ދީފައެވެ. އެގޮތުން ދައުވާ އަށް އިންކާރުކުރާ ސަބަަބުތައް ބަޔާންކޮށް ވާހަކަ ދައްކަމުން ދީދީގެ ވަކީލް ވިދާޅުވީ ދައުލަތުން ދީދީގެ މައްޗަށް ކުރާ ޓެރެރިޒަމްގެ ދައުވާއާ ގުޅޭ ގޮތުން ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމެއްގައި އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް މާލޭ އޭރިޔާގެ ކޮމާންޑަރުގެ ހައިސީއްޔަތުން ދީދީ އަމުރު ކުރިކަން ބަޔާން ކޮށްފައި ނުވާ ކަމަށެވެ. މީގެއިތުރުން ދީދީގެ ވަކީލް ވިދާޅުވީ ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ދީދީ އަށް އަމުރު ކުރި ކަމަށް ނުވަތަ ކޮމާންޑް ކުރި ކަަމަށް އެނގޭފަދަ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ޗީފް އޮފް ޑިފެންސް ފޯސް، ދީދީ އަށް އަމުރު ކުރިކަން ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމެއްގައި ބަޔާން ކޮށްފައި ނުވާކަން ދީދީގެ ވަކީލް ވިދާޅުވިއެވެ.

މީގެއިތުރުން ދީދީގެ ވަކީލް ވިދާޅުވީ ސިފައިން އޭރު ހިންގި އޮޕަރޭޝަން އަކީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ހާއްސަ ކޮށްގެން ހިންގި އޮޕަރޭޝަނެއް ނޫންކަން ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ކަމަށާއި އެ އޮޕަރޭޝަން އަކީ އޭރުގެ ހާލަތާ ގުޅޭ ގޮތުން ސިފައިން މުޅި ރާއްޖޭގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

ދީދީގެ ވަކީލް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ކުރިން އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް، ސިފައިންގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާ އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށް ލަފާ ހޯއްދެވިކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް ފިޔަވައި އެެހެން ހުރިހައި އޮފިސަރުން އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ ދެކޮޅު ހެއްދެވި ކަމަށާއި އެހެން ކަމުން އަބްދުﷲ ގަޒީ ހައްޔަރު ކުރުމުގެ އެއްވެސް ނިޔަތެއް ނުވަތަ ބައިވެރިވުމެއް އަދި ލަފައެއް ދީދީ ދެއްވާފައި ނުވާކަން އެނގޭ ކަމަށް ދީދީގެ ވަކީލް ވިދާޅުވިއެވެ.

ދީދީގެ ވަކީލްގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ދައުލަތުގެ ވަކީލް ވިދާޅުވީ ސިފައިން ހިންގި އޮޕަރޭޝަންއަކީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަނެއްކަން އޮޕަރޭޝަންގެ ރިޕޯޓުގައި ބުނެފައިވާ ކަމަށާއި އަދި ހިންގި އޮޕަރޭޝަންގައި މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ހަމައްޖައްސާފައި ވަނީ ދީދީ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ޝަރީޢަތުގެ މަޖިލިސް ނިންމަވާލެއްވުމުގެ ކުރިން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަަމަށް ޝަރީޢަތުން ކަނޑައަޅާފައި ވާތީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ޝަރީޢަތް ފެށުމުގެ ކުރިން ދިފާއުން ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެގޮތުން ދިފާއަށް އަށް ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ޝަރީޢަތުން ވަނީ ދީދީ އަށް ދީފައެވެ. އެހެން ކަަމުން ދިފާޢަށް ހުށަހެޅަން ޖެހޭ ލިޔެކިޔުންތައް ދީދީގެ ފަރާތުން ޝަރީޢަތަށް ހުށަހެޅުމަށް ދީފައިވާ އެންމެ ފަހުގެ މުއްދަތަކީ މި މަހުގެ 22 ވަނަ ދުވަހެވެ. އެ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށާއި އޭގެ ފަހުން އެ ފުރުސަތު ނުލިބޭނެ ކަމަށް ޝަރީއަތުން ދީދީ އަށް ޝަރީޢަތުން އެންގިއެވެ.

ދީދީގެ ވަކީލް ވިދާޅުވީ ދިފާއަށް ހުށަހެޅުމަށްޓަކައި އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްތަކުގެ ތަފްސީލް ރިޕޯޓް ބޭނުންވާ ކަމަށެވެ. އަދި އެ ރީޕޯޓްތައް ދައުލަތުގެ ފަރާތުން ދީދީއާ ހިއްސާ ކުރުމަށް ޝަރީޢަތުން އެންގެވިއެވެ.

ޝަރީޢަތް ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދެން މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާނީ އަންނަ މަހު ހަ ވަނަ ދުވަހު ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

ޒައިދުލް އަމީންގެ ޝަރީޢަތް ސިއްރުކޮށްފި

25 އެޕްރީލު 2017
ޒައިދުލް އަމީންގެ ޝަރީޢަތް ސިއްރުކޮށްފި
20 އެޕްރީލު 2017

ރިޔާޒުގެ ޝަރީޢަތް ސިއްރުކޮށްފި

20 އެޕްރީލު 2017
ރިޔާޒުގެ ޝަރީޢަތް ސިއްރުކޮށްފި
29 މާރިޗު 2017

އެމްޑީޕީގެ ސެކްޓްރީ ޖެނެރަލް އަނަސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

29 މާރިޗު 2017
އެމްޑީޕީގެ ސެކްޓްރީ ޖެނެރަލް އަނަސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
28 ފެބުރުއަރީ 2017

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި

28 ފެބުރުއަރީ 2017
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި
27 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި

27 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
19 ފެބުރުއަރީ 2017

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ
16 ފެބުރުއަރީ 2017

ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި

16 ފެބުރުއަރީ 2017
ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް