Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިއްހީ އައު އިމާރާތްތައް އެޅުން

ސިއްހީ ޚިދުމަތްދޭ ތަންތަން އިމާރާތްކުރުމަށް، 760 މިލިއަން ރުފިޔާގެ ދިހަ މަޝްރޫއުއެއް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް !

ފަސް ސިއްހީ މަރުކަޒާއި، ފަސް ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 29 މާރިޗު 2025 | ހޮނިހިރު 07:43
ސިއްހީ މަރުކަޒު އަދި ހޮސްޕިޓަލްތައް އެޅުމަށް ކުންފުނިތަކާ ހަވާލުކުރުމަށް ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސިއްހީ މަރުކަޒު އަދި ހޮސްޕިޓަލްތައް އެޅުމަށް ކުންފުނިތަކާ ހަވާލުކުރުމަށް ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ދިހަ ރަށެއްގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތް ކުރުމުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ހެލްތް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން ފަސް ސިއްހީ މަރުކަޒާއި، ފަސް ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވެއެވެ.

Advertisement - newsAdvertisement

ބ. ކުޑަރިކިލު، ގއ. ކޮންޑޭ، ގދ، ނަޑެއްލާ، ހދ. ނެއްލައިދޫ އަދި އދ. ފެންފުށީގެ ސިއްހީ މަރުކަޒުތައް އެޅުމަށް ކުންފުނިތަކާ ހަވާލުކޮށްފަައިވާއިރު، އަދި ށ. މިލަންދޫ، ކ. ތުލުސްދޫ، އއ. ރަސްދޫ، ގއ. ވިލިނގިލި އަދި ނ. ވެލިދޫ ގެ އާ ހޮސްޕިޓަލްތައް އިމާރާތް ކުރުމަށް ވެސް ކުންފުނިތަކާ ވަނީ ހަވާލު ކޮށްފައެވެ.

ހެލްތް މިނިސްޓްރީން ބުނީ ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ 02 ރަށެއްގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމަށް ދީފައިވާ ކަމަށާއި، އެމަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާއިލް އަބްދުﷲއަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަލީ ޒުހެއިރު އެވެ.

އެގޮތުން ނ. ވެލިދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 108,322,537.03 (ސަތޭކަ އަށް މިލިއަން ތިން ލައްކަ ބާވީސް ހާސް ފަސް ސަތޭކަ ތިރީސް ހަތް ރުފިޔާ ތިން ލާރި)އަށް 540 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އަދި އދ. ފެންފުށީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 26,839,684.82 (ސައްބީސް މިލިއަން އަށް ލައްކަ ތިރީސް ނުވަ ހާސް ހަ ސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ އަށްޑިހަ ދެ ލާރި) އަށް 540 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

މީގެ އިތުރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ 03 ރަށެއްގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމަށް ދީފައިވާއިރު، މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާއިލް އަބްދުﷲ އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ ރިޓަޔާޑް މުހައްމަދު ނަޖާހް އެވެ.

ބ. ކުޑަރިކިލު ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 7,641,116.64 (ހަތް މިލިއަން ހަ ލައްކަ ސާޅީސް އެއްހާސް އެއްސަތޭކަ ސޯޅަ ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) އަށް 365 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. ގއ. ކޮނޑޭ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 6،763،307.54 (ހަ މިލިއަން ހަތް ލައްކަ ފަސްދޮޅަސް ތިންހާސް ތިން ސަތޭކަ ހަތް ރުފިޔާ ފަންސާސް ހަތަރު ލާރި) އަށް 300 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އަދި ގދ. ނަޑެއްލާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 6،757،395.89 (ހަ މިލިއަން ހަތް ލައްކަ ފަންސާސް ހަތްހާސް ތިން ސަތޭކަ ނުވަދިހަ ފަސް ރުފިޔާ އަށްޑިހަ ނުވަ ލާރި) އަށް 300 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ހެލްތް މިނިސްޓްރީން ބުނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ 05 ރަށެއްގެ ސިއްހީ ޚިދުމަތްދޭ ތަންތަން އިމާރާތް ކުރުމަށް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހުމަދު ގާސިމް އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަހުމަދު ސައުދީ އެވެ.

އެގޮތުން ހދ. ނެއްލައިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް 11،197،462.90 (އެގާރަ މިލިއަން އެއްލައްކަ ނުވަދިހަ ހަތްހާސް ހަތަރުސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ ނުވަދިހަ ލާރި) އަށް ހަވާލުކޮށްފައިވަނީ 450 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. ށ. މިލަންދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ 110،878،732.12 ( ސަތޭކަ ދިހަ މިލިއަން އަށްސަތޭކަ ހަތްދިހަ އަށްހާސް ހަތްސަތޭކަ ތިރީސް ދެ ރުފިޔާ 12 ލާރި)އަށް 600 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. ކ. ތުލުސްދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 110،716،537.72 (ސަތޭކަ ދިހަ މިލިއަން ހަތްސަތޭކަ ސޯޅަހާސް ފަސްސަތޭކަ ތިރީސް ހަތް ރުފިޔާ ހަތްދިހަ ދެ ލާރި) އަށް 600 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އއ. ރަސްދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 185،571،402.42 (ސަތޭކަ އަށްޑިހަ ފަސް މިލިއަން ފަސްސަތޭކަ ހަތްދިހަ އެއްހާސް ހަތަރުސަތޭކަ ދެ ރުފިޔާ ސާޅީސް ދެ ލާރި) އަށް 780 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އަދި ގއ. ވިލިނގިލީ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 185،571،402.42 (ސަތޭކަ އަށްޑިހަ ފަސް މިލިއަން ފަސްސަތޭކަ ހަތްދިހަ އެއްހާސް ހަތަރުސަތޭކަ ދެ ރުފިޔާ ސާޅީސް ދެ ލާރި)އަށް 780 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

މި އެއްބަސްވުންތަކާ ގުޅޭގޮތުން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ސިއްހީ ނިޒާމު ހަރުދަނާ ކުރެވޭނީ އުމްރާނީ ގޮތުން ސިއްހީ ދާއިރާ ހަރުދަނާ ކޮށްގެން ކަމަށެވެ. އަދި މި މަސައްކަތްތައް ނިމިގެންދާއިރު ރާއްޖޭގެ ސިއްހީ ނިޒާމަށް، އަދި ޚާއްސަކޮށް މި މަޝްރޫއުތައް ހިންގާ ރަށްރަށުގެ ރައްޔިތުންނަށް ހެޔޮ ބަދަލެއް ފެނިގެންދާނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ

އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ

22 މެއި 2017
ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

19 މެއި 2017
އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ

އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ

09 މެއި 2017
މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި

މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި

25 އެޕްރީލު 2017
ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން

ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން

16 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު