Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފިޠުރު ޢީދު

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

ކުރީގެ ރައީސް މައުމޫނާއި ޑރ. ހަސަން ހަމީދުގެ ހިޔާލު ވަނީ ތަފާތުވެފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 29 މާރިޗު 2025 | ހޮނިހިރު 07:45
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އަދި ޑރ. ހަސަން ހަމީދު

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އަދި ޑރ. ހަސަން ހަމީދު

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ދިވެހިންގެ ތެރޭގައި ބަހުސްއެއް އުފެއްދިއްޖެ އެވެ.

މި ބަހުސް އުފެދިފައިވަނީ ފަލަކީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އަދި އިލްމުވެރިޔާ، ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދުގެ ހިޔާލު ތަފާތު ވުމާއެކު އެވެ.

ރައީސް މައުމޫނު ވޮއިސްގައި ލިޔުއްވާފައިވާ ގޮތުގައި ސައޫދީ އަރަބިއްޔާ އާއި، މިސުރާއި، ތުރުކީ އާއި، މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މި ހިނގާ މާރިޗު މަހުގެ 29 ދުވަހު އިރުއޮއްސުމަށްފަހު، ހަނދު ނޯއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެކަމަށް ފަލަކީ ހިސާބުން ދައްކާތީ، ޖެހިގެން އަންނަ ދުވަހަކީ (މާރިޗު 30 ވާ އާދީއްތަ ދުވަހަކީ) މިއަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށެވެ.

މާރިޗު މަހުގެ 29 ވަނަ ދުވަހަކީ ރަމަޟާން މަހުގެވެސް 29 ވަނަ ދުވަސް ކަމަށާއި، އެދުވަހު ދިވެހިރާއްޖެއަށް އިރުއޮއްސެނީ 18 ގަޑި 14 މިނެޓުގައި ކަމަށެވެ،. އަދި ހަނދު އޮއްސެނީވެސް، ހަމަ އެގަޑީގައި ކަމަށް ލިޔުއްވާފައިވެއެވެ.

އެހެންކަމުން، ވިދިގެން އަންނަ ދުވަހަކީ ދިވެހިރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތްނަމަވެސް، ވަރަށް ގިނަ އިސްލާމީ ގައުމުތަކަށް އެދުވަހަކީ ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވާނެތީ، މާރިޗު މަހުގެ 30 ވަނަ ދުވަހަކީ، ރާއްޖެއަށް ވެސް ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމުގައި ވާނެކަމަށް ފެންނަ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. އެއީ، ހަނދު ސާބިތު ކުރުމުގައި އަމަލު ކުރަމުން އަންނަ އުސޫލުތަކާ ހަމަތަކުގެ އަލީގައެވެ.

ނަމަވެސް މި ކަމާއި ގުޅިގެން ޑރ. ހަސަން ހަމީދުގެ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުން ފިތުރު އީދުގެ ހަނދު ފެންނަ ދުވަސް ބެލުމަށް އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ، އެ ހަނދު އުފަންވާ ވަގުތު ބެލުން ކަމަށެވެ.

ޑރ.ހަސަން ހަމީދު ލިޔުއްވާފައިވާ ގޮތުގައި 29 ވަނަ ދުވަހުގެ އާ ހަނދު އުފަންވަނީ މާލެ ގަޑިން ހަވީރު 3:57ގައި ގާތްގަޑަކަށް ހަވީރު 4 ޖަހާއިރު ކަމަށާއި، އެ ދުވަހު ހަނދު އޮއްސޭނީ އަދި އިރު އޮއްސެނީ ވެސް 6:14 ގައި ކަމަށެވެ. ހަނދު އޮއްސޭ ގަޑި އާއި އިރުއޮއްސޭ ގަޑި ދިމާވާ ހާލަތުގައި އިރުގެ ދަޅަޔާ ހެދި ހަނދެއް ނުފެންނާނެ ކަމަށާއި، ނުފެންނާނެ އަނެއް ސަބަބަކީ ހަނދު އުފަންވުމާއި އޮއްސުމާއި ދެމެދު ވަނީ ދެ ގަޑި 17 މިނެޓު ކަމަށް ލިޔުއްވާފައިވެއެވެ. އަދި ރާއްޖޭގައި ހަނދު ފެނުމަށް އުފަންވުމާއި އޮއްސުމާ ދެމެދު 17 ގަޑިއިރު ވާން ޖެހޭނެ ކަމަށާއި، ނުފެންނާނޭ އަނެއް ދަލީލަކީ އޮއްސޭއިރު ހަނދުގެ އަލިކަން ހުންނާނެ ވަރަކީ %0.0 ކަމަށްވާތީ ކަމަށެވެ.

މީގެ އިތުރުން ޑރ.ހަސަން ހަމީދު ވިދާޅުވީ މުޅި އޭޝިއާގެ ބައްރަށް 29 މާޗްގައި ހަނދެއް ނުފެންނާނެ ކަމަށާއި، ފެނުމުގެ ފުރުސަތު އޮތީ ހަމައެކަނި އެމެރިކާގެ ހުޅަނގު ބިތަށް ކަމަށެވެ. އަދި މިހާ ޅަ ހަނދެއް، މައްކާގެ އުޑުމަތި ކިތަންމެ ސާފު ވިއަސް ނުފެންނާނެ ކަމަށް ލިޔުއްވާފައިވެއެވެ.

ނަމަވެސް މިއަށް ރައްދު ދެއްވައި ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޖުރީމަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމު ނޫން ކަމަށެވެ. އަދި އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާމަހެއް ފެށުނީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއާއެކު ދިވެހިންގެ މެދުގައި މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ދިވެހިންގެ ތެރޭގައި ވަނީ ބަހުސްއެއް ވަރަށް ބޮޑަށް އުފެދިގެން ގޮސްފައެވެ. އަދި ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު އީދު ވާނީ މި މަހު 31 ވާ ހޯމަ ދުވަހެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު