Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން އެމެރިކާ މަޝްވަރާ

އެމެރިކާއާ އެކު ނުސީދާ މަޝްވަރާތަކަށް އިރާނު އޮތީ ތައްޔާރަށް

މިދިޔަ މާޗް މަހުގެ ހަތް ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އާ ނިއުކްލިއާ މަޝްވަރާތަކަށް ގޮވާލައި ޚާމަނާއީއަށް ސިޓީއެއް ފޮނުއްވައި، އީރާނުން ދެކޮޅު ހަދައިފި ނަމަ އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 މާރިޗު 2025 | ހުކުރު 07:34
އީރާާންގެ ރޫޙާނީ ލީޑަރުޚާމަނާއީ، އަމިއްލަ ޝަރުތުތައް ހުށަހަޅައި، އެކަށީގެންވާ ނިންމުމެއް ނިންމުމަށް ޓަކައި ނުސީދާ މަޝްވަރާތަކަށް އިރާން އޮތީ ތައްޔާރަށް

އީރާާންގެ ރޫޙާނީ ލީޑަރުޚާމަނާއީ، އަމިއްލަ ޝަރުތުތައް ހުށަހަޅައި، އެކަށީގެންވާ ނިންމުމެއް ނިންމުމަށް ޓަކައި ނުސީދާ މަޝްވަރާތަކަށް އިރާން އޮތީ ތައްޔާރަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޓީއަށް އީރާނުން ރައްދުދީ، އެމެރިކާއާ އެކު ނުސީދާ މަޝްވަރާތަކަށް ތައްޔާރަށް އޮތްކަން ހާމަކޮށްފި އެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީއާ ހަވާލާދީ އިރްނާގެ ރަސްމީ ނޫސް އޭޖެންސީން ބުރާސްފަތި ދުވަހު ބުނެފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާނާއެކު އައު ނިއުކްލިއާ އެއްބަސްވުމަކަށް އައުމަށް އެދި ފޮނުއްވި ސިޓީއަށް އީރާނުން އޮމާން މެދުވެރިކޮށް ޖަވާބެއް ފޮނުވާފައިވާ ކަމަށެވެ.

އަރަގްޗީއާ ހަވާލާދީ އިރްނާ އިން ބުނެފައިވަނީ އިރާންގެ ސިޔާސަތަކީ އަދިވެސް އެންމެ ބޮޑު ޕްރެޝަރާއި އަސްކަރީ ނުރައްކާތަކާ އެކު ސީދާ މަޝްވަރާތަކުގައި ބައިވެރި ނުވުން ކަމަށެވެ. އެހެން ނަމަވެސް ކުރިން އޮތް ގޮތަށް ނުސީދާ މަޝްވަރާތައް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

މީގެ ކުރިން އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީގެ އެޑްވައިޒަރަކު ވިދާޅުވީ އެމެރިކާއާ އެކު ނުސީދާ މަޝްވަރާތަކަށް ތެހެރާން އޮތީ ތައްޔާރަށް ކަމަށެވެ.

ސަރުކާރާ ގުޅިފައިވާ ތަސްނީމް ނިއުސް އެޖެންސީން ކަމާލް ޚަރްރާޒީއާ ހަވާލާދީ ބުނެފައި ވަނީ ތެހެރާން އޮތީ "އަނެއް ފަރާތް އެސެސްކޮށް، އަމިއްލަ ޝަރުތުތައް ހުށަހަޅައި، އެކަށީގެންވާ ނިންމުމެއް ނިންމުމަށް ޓަކައި ނުސީދާ މަޝްވަރާތަކަށް ތައްޔާރަށް" ކަމަށެވެ.

މިދިޔަ މާޗް މަހުގެ ހަތް ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އާ ނިއުކްލިއާ މަޝްވަރާތަކަށް ގޮވާލައި ޚާމަނާއީއަށް ސިޓީއެއް ފޮނުއްވައި، އީރާނުން ދެކޮޅު ހަދައިފި ނަމަ އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. މި ސިޓީ އީރާނަށް އަރުވާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ޔޫއޭއީގެ ޕްރެޒިޑެންޝަލް އެޑްވައިޒަރު އަންވަރު ގަރްގާޝް އެވެ.

އީރާނުގެ ދައުލަތުގެ ހުރިހާ ކަމެއްގައި އެންމެ ފަހުބަސް ވިދާޅުވާ ޚާމަނާއީ ވަނީ ޓްރަމްޕް ގެ އައުޓްރީޗް ދޮގުކުރައްވައި، އެމެރިކާއަކީ މަޝްވަރާއަށް ހުޅުވާލެވިފައިވާ ގައުމެއް ކަމަށާއި އީރާނަކީ ހުރަހެއްގެ ގޮތުގައި ސިފަކޮށް ދުނިޔެއަށް އޮޅުވާލަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އަރަގްޗީ މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ޓްރަމްޕްގެ ސިޓީއަކީ މާ ބޮޑު ނުރައްކަލެއް ކަމަށެވެ. އެކަމަކު އެ ސިޓީގައި ވެސް ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފައިވާ ކަމަށާއި، ސިޓީގައި ވާ ހުރިހާ ނުކުތާއަކަށް ސަމާލުކަން ދީ، ރައްދުގައި އިންޒާރާއި ފުރުސަތަށް ވެސް ވިސްނާ ވަޑައިގަންނަވާނެކަމަށް އަރަގްޗީ ވިދާޅުވި އެވެ.

ކުރީގެ ޚާރިޖީ ވަޒީރު ޚަރްރާޒީ ވަނީ ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް ނަފްސާނީ ހަނގުރާމައެއް ހިންގަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ޚަރްރާޒީ ވިދާޅުވީ ކުރިން ކަނޑައެޅިފައިވާ ނަތީޖާއަކާއެކު މަޝްވަރާތަކަށް އީރާން "ދަމައިގަނެވޭނެ" ކަމަށް އެމެރިކާއިން ގަބޫލުކުރާ ކަމަށެވެ.

ހޯމަ ދުވަހު އަރަގްޗީ ވިދާޅުވީ އެމެރިކާއާއެކު ނުސީދާ ކޮށް މަޝްވަރާކުރުމަށް އީރާނުން ހުޅުވާލާފައިވާ ކަމަށާއި ޓްރަމްޕްގެ "މެކްސިމަމް ޕްރެޝަރު" ސިޔާސަތު ދެމިއޮތްހާ ހިނދަކު ސީދާ މަޝްވަރާތައް އޮތީ މޭޒުން ބޭރުގައި ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު ވައިޓް ހައުސްއަށް އެނބުރި ވަޑައިގަތުމަށްފަހު ޓްރަމްޕް އަލުން އިއާދަކުރެއްވި މި ސިޔާސަތުގެ ދަށުން 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުން ދޫކޮށްލުމަށް ފަހު ފުރަތަމަ ދައުރުގައި އީރާނާ ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުއްވި އެވެ.

ޖޭސީޕީއޯއޭ އިން ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ހުރަސް އެޅުމުގެ ބަދަލުގައި އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދީފަ އެވެ. އެމެރިކާ ހިމެނޭ ގޮތަށް ހުޅަނގުގެ ގައުމުތަކުން އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދަން އުޅޭ ކަމަށް ގިނަ ދުވަސްތަކެއް ވަންދެން ތުހުމަތު ކުރެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް

މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް

15 މެއި 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު