Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިވަންކަމުގެ ހައްގު

ބޭނުންހާ އެއްޗެއް ކިޔުމަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމެއް ނޫން، ހައްގުތަކާ އެކު ހުދޫދެއް އޮވޭ: ރައީސް މުއިއްޒު

ކޮންމެ މީހެއްގެވެސް ކަންކަން ކުރަންވީގޮތް ދަސްކުރާ ފޮތަކަށް ގުރުއާން ހަދަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 މާރިޗު 2025 | ބުރާސްފަތި 06:30
ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ތިމާ ބޭނުންހާ އެއްޗެއް އަނެކާއާ ދިމާލަށް ކިޔުމަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމެއް ނޫން ކަމަށާއި، ހައްގުތަކާ އެކު ހުދޫދެއް އޮންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ބުދަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ ކޮންމެ މީހެއްގެވެސް "ގައިޑުބުކް" ނުވަތަ އަމަލީ ގޮތުން ކަންކަން ކުރަންވީގޮތް ބަލައި، ކަންކަން ކުރަންވީގޮތް ދަސްކުރާ ފޮތަކަށް ކީރިތި ގުރްއާން ހަދަންޖެހޭ ކަމަށާއި، ގުރްއާނަކީ ހަމަ އެކަނި ޖަލްސާތަކުގައި ކިޔަވާލަން އޮންނަ ފޮތަކަށް ނުހަދައި، އަމަލީ ފޮތެއް ކަމަށް ހަދަންޖެހޭ ކަމަށެވެ.

ހަމަ އެއާއެކު މި މުޖުތަމައުގައި ގެއްލެމުންދާ އިންސާނީ ކަރާމާތް، އަނބުރާ ގެނެވޭނީވެސް ގުރްއާނަކީ ކޮންމެ ދުވަހެއްގެވެސް އަމަލުތައް ބައްޓަންކުރާ ފޮތްކަމުގައި ހަދައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކޮންމެ މީހަކަށް ވެސް ކަރާމާތް ލިބިގެންވާ ކަަމަށް ގުރުއާނުގައި ބަޔާން ކުރައްވާފައިވާ ކަމާއި، އޭގެ މަފުހޫމަކީ ކޮންމެ މީހަކީ އަނެއް މީހާއަށް އިހުތިރާމު އަދާ ކުރަން ޖެހޭ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. ނަމަވެސް މި މުޖުތަމައުގައި ސިޔާސީ ހިޔާލު ތަފާތުވުމާއެކު، މީހުންގެ އަބުރަށް އަރައިގަނެ، އިންސާނީ ކަރާމާތަށް އަރައިގަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ގުރްއާނުގައި މަނާކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމަށް ވެސް ބާރުއަޅުއްވާފައެވެ. އެގޮތުން އަބުރަށް އަރައިގަތުމުންނާއި، ދެބައޮޑުވުމާއި، ދޮގުވާހަކަ ފެތުރުމުން ދުރުހެލިވުމަށް، އެމަނިކުފާނު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

ތިމަންނަ މަތިވެފައި، އަނެއް މީހާ ދަށްކޮށްލާފައި، ތިމަންނަ ބޭނުންވާހާ އެއްޗެއް އަނެއް މީހާއާ ދިމާއަށް ބުނުމުގެ ހައްގަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޫން. ހައްގުތަކާ އެކީގައި އޭގެ ހުދޫދުތައް ވެސް އޮވޭ، ރައިޓްސްއާ އެކީ ލިމިޓޭޝަންސް އޮވޭ، އެހެންނޫނީ އިންސާނީ މުޖުތަމައެއް ހެޔޮ ގޮތުގައި ކުރިއަށް ނުދާނެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވަނީ މުޅި މުޖުތަމައުގެ ކުރިއެރުމަށް އެއް މުސްލިމަކު އަނެއް މުސްލިމަކަށް އިހްތިރާމް ކުރުމަށް ބާރުއަޅުއްވައިފައެވެ. އަދި ފުރިހަމަ މުސްލިމަކީ އޭނާގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ ސުވާލު އަމިއްލަ ނަފުސާމެދު ހެޔޮނިޔަތުގައި ކޮށްފިނަމަ މުޅި މުޖުތަމައު ރަނގަޅުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މުޖުތަމައު ރަނގަޅު ވާނީ އަނެކާއަކީވެސް ތިމާ ފަދައިން ކަރާމާތެއް އޮތް މީހެއްކަމުގައި ގަބޫލުކުރުމުން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވެސް އެމަނިކުފާނު ވަނީ، ކިތަންމެ ގިނަ ބިނާރުތަކެއްގެ މަސައްކަތްކުރެވުނު ނަމަވެސް، ހަގީގީ ތަރައްގީ ހާސިލްވާނީ ގުރްއާނާ އެއްގޮތަށް އަމަލުތައް ބައްޓަން ކުރެވިގެންކަން ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
13 މާރިޗު 2017

ފާރިސްއަށް ބިރުދައްކަމުން ދަނީ ފާޅުގައި ލަދެއް ނެތި: ރައީސް ނަޝީދު

13 މާރިޗު 2017
ފާރިސްއަށް ބިރުދައްކަމުން ދަނީ ފާޅުގައި ލަދެއް ނެތި: ރައީސް ނަޝީދު
12 މާރިޗު 2017

ރިޒަރވްއާ ގުޅިގެން ރައީސް ނަޝީދު ކުރި ޓްވީޓްގައި ހުރި މައުލޫމާތާއި މެދު އެއްޗެއް ބުނަން ބޭނުމެއް ނޫން: އެމްއެމްއޭ

12 މާރިޗު 2017
ރިޒަރވްއާ ގުޅިގެން ރައީސް ނަޝީދު ކުރި ޓްވީޓްގައި ހުރި މައުލޫމާތާއި މެދު އެއްޗެއް ބުނަން ބޭނުމެއް ނޫން: އެމްއެމްއޭ
10 މާރިޗު 2017

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން
07 މާރިޗު 2017

"ފ އަތޮޅު ވިއްކުމާ ދެކޮޅު ޝުޢޫރުފާޅުކުރާތީ އެމްޑީޕީގެ މެމްބަރުންނަށް ދަނީ އިންޒާރު ދެމުން"

07 މާރިޗު 2017
 "ފ އަތޮޅު ވިއްކުމާ ދެކޮޅު ޝުޢޫރުފާޅުކުރާތީ އެމްޑީޕީގެ މެމްބަރުންނަށް ދަނީ އިންޒާރު ދެމުން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު