Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ރަޝިޔާ އާއި ޔޫކްރެއިނުން ކަނޑުމަތީގައި ހަނގުރާމަކުރުމަށާއި ހަކަތައިގެ ހަމަލާތައް ދިނުން މަނާކުރަން އެއްބަސްވެއްޖެ

26 މާރިޗު 2025 | ބުދަ 07:44

ސަޢޫދީ ޢަރަބިއްޔާގައި ވެފައިވާ މި އެއްބަސްވުންތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފައްޓަވާފައިވާ މަޝްވަރާތަކަކަށްފަހު، ހަނގުރާމަ އަވަހަށް ނިމުމަކަށް ގެނައުމަށް ވައުދުވެ، އެމެރިކާގެ ސިޔާސަތު ޔޫކްރެއިން އިން ތާއީދުކުރުމުގެ ބަދަލުގައި ރަޝިއާ މެދު ހަމްދަރުދީބޮޑު ސްޓޭންޑަކަށް ބަދަލުކުރައްވާފައިވާ ދަނޑިވަޅެކެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 މާރިޗު 2025 | ބުދަ 07:44
ރަޝިއާ ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަޝްވަރާތައް ކާމިޔާބުކަމަށް އެމެރިކާއިން ވަނީ ބުނެފައި

ރަޝިއާ ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަޝްވަރާތައް ކާމިޔާބުކަމަށް އެމެރިކާއިން ވަނީ ބުނެފައި

ރަޝިޔާ އާއި ޔޫކްރެއިނުން ކަނޑުމަތީގައި ހަނގުރާމަކުރުމަށާއި ހަކަތައިގެ ހަމަލާތައް ދިނުން މަނާކުރަން އެއްބަސްވެއްޖެއެވެ.

ކަޅު ކަނޑުގައި ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި ދެ ގައުމުން އެކަކު އަނެކަކުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދިނުން މަނާކުރުމަށް އެމެރިކާއިން ވަނީ ޔޫކްރެއިން އާއި ރަޝިއާއާ އެކު ވަކިވަކިން އެއްބަސްވުންތަކެއް ހަދާފައެވެ.

މި އެއްބަސްވުންތަކަށް ޢަމަލުކުރެވިއްޖެނަމަ، ރަޝިޔާއިން ޔޫކްރެއިންގައި 3 އަހަރުވަންދެން ހިނގަމުން ދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސުލްހައިގެ މަޝްވަރާތަކަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި އެމެރިކާއިން ދެކޭ އިރު، މިއީ ހަނގުރާމަ ހުއްޓާލުމަށް މިހާތަނަށް ލިބުނު އެންމެ ސާފު ކުރިއެރުން ރަމްޒުކޮށްދޭ ކަންތައް ކަމަށް އެމެރިކާއިން ބުނެއެވެ.

އަދި އެ އެއްބަސްވުންތައް ތަންފީޒު ކުރުމަށް ވޮޝިންޓަނަށް ބަރޯސާވާނެ ކަމަށް ދެ ގައުމުން ވެސް ވަނީ ބުނެފަ އެވެ.

"ރަޝިޔާއިން މިކަމާ ހިލާފުވާނަމަ ރައީސް ޓްރަމްޕަށް ސީދާ ސުވާލެއް އެބައޮތް. އެ މީހުން ހިލާފުވެއްޖެ ނަމަ، މިއޮތީ ހެކި - ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެދޭ، ހަތިޔާރަށް އެދޭ ފަދަ ކަންކަން،" ކިއޭވްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ވިދާޅުވީ ސާފު ގެރެންޓީތަކެއް ބޭނުންވާނެ ކަމަށެވެ. އަދި ހަމައެކަނި ޔޫކްރެއިން އާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ހިތާމަވެރި ތަޖުރިބާއަށް ބަލާއިރު، އެ ގެރެންޓީތަކަކީ އެމެރިކާއިން ޒެލެންސްކީ އަށާއި އޭނާގެ ޓީމަށް އެއް ކަމެއް ކުރުމަށް އެންގި އަމުރެއްގެ ނަތީޖާއަކަށް ވެވިދާނެ ކަމަށާއި އަނެއް ކަމެއް ނޫން ކަމަށް ލަވްރޯފް ވިދާޅުވެފައިވެއެވެ.

ސަޢޫދީ ޢަރަބިއްޔާގައި ވެފައިވާ މި އެއްބަސްވުންތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފައްޓަވާފައިވާ މަޝްވަރާތަކަކަށްފަހު، ހަނގުރާމަ އަވަހަށް ނިމުމަކަށް ގެނައުމަށް ވައުދުވެ، އެމެރިކާގެ ސިޔާސަތު ޔޫކްރެއިން އިން ތާއީދުކުރުމުގެ ބަދަލުގައި ރަޝިއާ މެދު ހަމްދަރުދީބޮޑު ސްޓޭންޑަކަށް ބަދަލުކުރައްވާފައިވާ ދަނޑިވަޅެކެވެ.

މޮސްކޯއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ރަޝިޔާއަށް ދަނޑުވެރިކަމާއި ފާޓިލައިޒަރ އެކްސްޕޯޓްކުރުމަށް ބޭނުންވާ ބާޒާރުތަކަށް އަލުން ވަނުމަށް އެހީތެރިވެދޭނެކަމަށް ވޮޝިންޓަނުން ވަނީ ވައުދުވެފައެވެ. ރަޝިއާ އިން ބުނީ އެކަމަށް ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލަން ޖެހޭނެ ކަމަށެވެ.

ޓްރަމްޕާއި ދެ ރައީސުން ކަމަށްވާ ޒެލެންސްކީ އާއި ވްލަޑިމިއާ ޕޫޓިންއާ ދެމެދު މިދިޔަ ހަފުތާގައި ވަކިވަކިން ފޯނުން ގުޅުއްވި ފަހުން އެ މަޝްވަރާތައް ކުރިއަށް ދިޔަ އެވެ. ޔޫކްރެއިން އިން މީގެ ކުރިން ތާއީދުކުރި 30 ދުވަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުން ޕުޓިން ވަނީ ދޮގުކުރައްވާފައެވެ.

ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރު ރުސްޓެމް އުމެރޯވް ވިދާޅުވީ ކަޅު ކަނޑުގެ އިރުމަތީ ސަރަހައްދުން ބޭރުގައި ރަޝިޔާގެ އަސްކަރީ އުޅަނދުތައް އެއްވެސް ހަރަކާތެއް ހިންގުމަކީ ހިލާފު އަދި ނުރައްކަލެއްގެ ގޮތުގައި ޔޫކްރެއިން އިން ދެކެވަޑައިގަންނަވާނެ ކަމަށާއި އެ ހާލަތުގައި އަމިއްލަ ދިފާއުގައި ޔޫކްރެއިންއަށް ފުރިހަމަ ހައްގެއް އޮންނާނެ ކަމަށެވެ.

ރަޝިޔާއިން ވަނީ މުޅި ހަނގުރާމައިގެ ތެރޭގައި ޔޫކްރެއިންގެ ޕަވާ ގްރިޑަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީ، މަދަނީ ހަކަތައިގެ އިންފްރާސްޓްރަކްޗާއަކީ ސައްހަ އަމާޒެއް ކަމަށް ބުނެ، އެއީ ޔޫކްރެއިންގެ ހަނގުރާމައިގެ ގާބިލުކަމަށް އެހީތެރިވެދޭ ކަމެއް ކަމަށް ބުނެފަ އެވެ.

ދާދި ފަހުން ޔޫކްރެއިންއިން ވަނީ ރަޝިއާގެ ތެލާއި ގޭހުގެ އަމާޒުތަކަށް ދުރު ރާސްތާގެ ހަމަލާތައް ދެމުން ނެވެ.

ހަނގުރާމައިގެ ކުރީކޮޅު ރަޝިޔާއިން ދުނިޔޭގެ އެންމެ ބޮޑު އެއް ކާނާ އެކްސްޕޯޓްކުރާ ޔޫކްރެއިންއަށް ޑި ފެކްޓޯ ނޭވަލް ބްލޮކްޑައުންއެއް އަޅައި، ދުނިޔޭގެ ކާބޯތަކެތީގެ ދަތިކަން އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ނަމަވެސް 2023 ވަނަ އަހަރު ޔޫކްރެއިންގެ ކާމިޔާބު ގިނަ ހަމަލާތަކަކަށްފަހު ރަޝިޔާއިން އިރުމަތީ ކަޅު ކަނޑުން ކަނޑުގެ ސިފައިން އަނބުރާ ގެންދިއުމަކީ ހަނގުރާމައިގެ ވަރަށް ކުޑަ ބައެކެވެ. އދ ގެ މެދުވެރިކަމާއެކު ކުރިން ހެދި ކަޅު ކަނޑުގެ ޝިޕިން އެއްބަސްވުން ރޫޅުނު ނަމަވެސް ޔޫކްރެއިން އިން ވަނީ އެގައުމުގެ ބަނދަރުތައް އަލުން ހުޅުވައި، ހަނގުރާމައިގެ ކުރިން އެކްސްޕޯޓު ކުރަން ފަށައިފަ އެވެ.

ޓްރަމްޕް ގެންދަވަނީ ހަނގުރާމަ އަވަސް ނިމުމަކަށް ގެނައުމަށް ދެ ފަރާތަށް ވެސް ބާރު އަޅުއްވަމުންނެވެ. ހަމައެއާއެކު، އެމެރިކާއާއި ރަޝީޔާ އިން ބުނަމުންދާ ރަޝިޔާއާ އެކު ހަލުވި ގުޅުމެއް އުފައްދައި، ވިޔަފާރީގެ ފައިދާހުރި ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް އޭނާ ގެންދަވަނީ ވިދާޅުވަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
20 ފެބުރުއަރީ 2017

ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަވާހަރާވެއްޖެ

20 ފެބުރުއަރީ 2017
ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަވާހަރާވެއްޖެ
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް