Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އެއްކޮށް ނައްތާލަން މަސައްކަތް ކުރާ ކަމަށް އެމެރިކާ އިން ބުނެފި 

ވޯލްޓްޒް ވިދާޅުވީ، މުޅި ދުނިޔެ އަށް ފެންނަ ގޮތަށް އީރާން އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ދޫކޮށްލަން ޖެހޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 މާރިޗު 2025 | ހޯމަ 05:52
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޤައުމީ ސަލާމަތާ ބެހޭ އެޑްވައިޒަރު މައިކް ވޯލްޓްޒް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޤައުމީ ސަލާމަތާ ބެހޭ އެޑްވައިޒަރު މައިކް ވޯލްޓްޒް

އީރާންގެ ނިއުކްލިއަރ ޕްރޮގްރާމް މުޅިން ނައްތާލުމަށް، އެމެރިކާ އިން މަސައްކަތް ކުރަމުން ދާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޤައުމީ ސަލާމަތާ ބެހޭ އެޑްވައިޒަރު މައިކް ވޯލްޓްޒް ވިދާޅުވެއްޖެ އެވެ.

ސީބީއެސް ނިއުސް އަށް ދެއްވި އިންޓަވިއުއެއް ގައި ވޯލްޓްޒް ވިދާޅުވީ، މުޅި ދުނިޔެ އަށް ފެންނަ ގޮތަށް އީރާން އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ދޫކޮށްލަން ޖެހޭ ކަމަށެވެ.

މި މައްސަލަ އަވަހަށް ނިންމަން ޖެހޭ ކަމަށާއި، ހުރިހާ އޮޕަޝަންތަކެއް ވެސް މޭޒު މަތީގައި އޮތް ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވީ، އީރާންގެ ރޫޙާނީ ލީޑަރު، އަލީ ޚާމަނާއީއާ ވާހަކަ ދެއްކުމަށް ރައީސް ޓްރަމްޕް ކުރައްވާ މަސައްކަތަކީ، ހަނގުރާމައިގެ ހައްލަކަށް ދިއުމާއި، ހަނގުރާމަ ހުއްޓުވުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ.

އެހެން ނަމަވެސް، ޚާމަނާއީ ވަނީ އެމެރިކާގެ މަޝްވަރާގެ ހުށަހެޅުމަށް ދެކޮޅު ހައްދަވާފައި އެވެ. އޭނާ ވިދާޅުވީ އެއީ މަކަރެއް ކަމަށާއި، ޓްރަމްޕްގެ ސަރުކާރާ މަޝްވަރާ ކުރުމުން ދިމާވާނީ އިތުރު ދަތިތަކާއި ފިއްތުން ތަކެއް ކަމަށެވެ.

އީރާންގެ ނިއުކްލިއަރ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރި ބޭނުން ތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށް އެ ޤައުމުން ބުނަމުން އަންނަ ނަމަވެސް، ރަފައެލް ގްރޮސީ ވިދާޅުވެފައި ވަނީ އެ ޤައުމުން ޔުރޭނިއަމް އެންރިޗްކުރުން އަވަސް ކުރަމުންދާ ކަމަށާއި، މައްސަލަ ހައްލު ކުރުމަށް ވަގުތު ކުޑަތަން ވަމުންދާ ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ، އީރާނާ ދެކޮޅަށް "މެކްސިމަމް ޕްރެޝަރ" ކެމްޕޭން އަލުން ފަށައި، އެ ޤައުމުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވުމަށް މަސައްކަތް ކުރައްވަން ފައްޓަވާފައި އެވެ.

މިގޮތުން ޖެނުއަރީ 20 އިން ފެށިގެން އީރާންގެ ތެލުގެ ވިޔަފާރިއާ ގުޅޭ ގޮތުން ހަތަރު ފަހަރެއްގެ މަތިން ދަތި ކުރުމުގެ ފިޔަވަޅުތައް ވަނީ އަޅުއްވާފައި އެވެ. 

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް:ވަރުގަދަ އަސްކަރީ ރައްދެއްގެ އިންޒާރު އެމެރިކާއިން ދީފި

04 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް:ވަރުގަދަ އަސްކަރީ ރައްދެއްގެ އިންޒާރު އެމެރިކާއިން ދީފި
03 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ ބިންހެލުމަކީ ނިއުކްލިއަރ ޓެސްޓެއްކަމަށް ބުނަން ފަށައިފި

03 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ ބިންހެލުމަކީ ނިއުކްލިއަރ ޓެސްޓެއްކަމަށް ބުނަން ފަށައިފި
02 ސެޕްޓެމްބަރު 2017

މިޔަންމާގެ ރެފިއުޖީންނަށް އދން ހިންގާ ކާނާގެ ޕްރޮގްރާމް ހުއްޓާލައިފި

02 ސެޕްޓެމްބަރު 2017
މިޔަންމާގެ ރެފިއުޖީންނަށް އދން ހިންގާ ކާނާގެ ޕްރޮގްރާމް ހުއްޓާލައިފި
30 އޯގަސްޓު 2017

އުތުރު ކޮރެއާ އިން މިސައިލް ހަމަލާ ދިނުން ހުއްޓާލާ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލަން ޖެހޭ: އދ ގެ ސެކިޔުރިޓީ ކައުންސިލް

30 އޯގަސްޓު 2017
އުތުރު ކޮރެއާ އިން މިސައިލް ހަމަލާ ދިނުން ހުއްޓާލާ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލަން ޖެހޭ: އދ ގެ ސެކިޔުރިޓީ ކައުންސިލް
29 ޖޫން 2017

އެމެރިކާއިން އުޅެނީ އީރާނުގެ ސަރުކާރު ވައްޓާލަން: ޚޮޝްރޫ

29 ޖޫން 2017
އެމެރިކާއިން އުޅެނީ އީރާނުގެ ސަރުކާރު ވައްޓާލަން: ޚޮޝްރޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު