Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން-އެމެރިކާ

އެމެރިކާއިން އުޅެނީ އީރާނުގެ ސަރުކާރު ވައްޓާލަން: ޚޮޝްރޫ

އެމެރިކާގެ ސިޔާސަތަކީ އީރާނުގެ ސަރުކާރު ބަދަލުކުރުން: ޓިލަރސަން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 29 ޖޫން 2017 | ބުރާސްފަތި 01:32
އީރާނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ގޮލާމާލީ ޚޮޝްރޫ

އީރާނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ގޮލާމާލީ ޚޮޝްރޫ

އީރާނުގައި އުފެދިފައިވާ ޤާނޫނީ ސަރުކާރު ވައްޓާލުމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް، ރެކްސް ޓިލަރސަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އީރާނުން ތުހުމަތުކޮށްފިއެވެ.

އީރާނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ގޮލާމާލީ ޚޮޝްރޫ، އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓްރޭޒްއަށް ފޮނުއްވެވި ސިޓީފުޅެއްގައި ވިދާޅުވީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި، އދ. ގެ ޗާޓަރާއި ޚިލާފަށް އެމެރިކާއިން އީރާނުގެ ޤާނޫނީ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސިޓީފުޅުގައި ޚޮޝްރޫ އިތުރަށް ވިދާޅުވީ، އެމެރިކާއިން މިހާރު ހިންގަމުންދަނީ 1981 ވަނަ އަހަރު އީރާނާއި އެމެރިކާ އާއި ދެމެދު ވެވުނު އެލްގިއަރޒް އެކޯޑާ ވެސް ޚިލާފު ކަންތައްތަކެއް ކަމަށެވެ.

އެލްގިއަރޒް އެކޯޑްގައި އެމެރިކާއިން އެއްބަސްވެފައި ވަނީ، "ސިދާކޮށް، ނުވަތަ ނުސީދާކޮށް ވިޔަސް، ސިޔާސީ ގޮތުން އަދި އަސްކަރީ ގޮތުން ވިޔަސް، އީރާނުގެ އެތެރޭގެ ކަންކަމާ ނުބެހުމަށެވެ."

އިރާނުން މިފަދައިން މައްސަލައެއް ފެންމަތިކޮށްފައި މި ވަނީ، ޖޫން 14 ވަނަ ދުވަހު، އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގައި ޓިލަރސަން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން، ޓިލަރސަން ވިދާޅުވީ، އެމެރިކާގެ ސިޔާސަތަކީ، އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވައި، އީރާނުގައި ތިބި، ސުލްހަވެރިކަމާ އެކު އެޤައުމުގެ ސަރުކާރު ބަދަލުކުރެވޭނެ ފަރާތްތަކާ އެކު މަސައްކަތް ކުރުން ކަމަށެވެ.

ސަފީރު ޚުޝްރޫ ވަނީ އެމެރިކާގެ މިފަދަ އަމަލުތައް ކުށްވެރިކުރުމަށް ހުރިހާ ޤައުމުތަކަށް ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
09 ފެބުރުއަރީ 2017

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު