Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް

މި ސަރުކާރުގެ ޑިވެލޮޕްމަންޓް ބޭންކުން ހިދުމަތް ނުދެވި އުޅެނިކޮށް ބޭންކުގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

23 މާރިޗު 2025 | އާދީއްތަ 14:29

16 މެއި 2024 ގައި އުފެއްދި ބޭންކު ރަސްމީކޮށް ހުޅުވިނަމަވެސް އެ ބޭންކުގެ ސީއީއޯ އިސްތިއުފާ ދެއްވި އިރު ވެސް އެ ބޭންކުން އެއްވެސް ހިދުމަތެއް ދީފައި ނުވޭ.

ސީއީއޯ އިސްތިއުފާ ދެއްވިކަން ޕީސީބީ އިން ވަނީ ހާމަކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 މާރިޗު 2025 | އާދީއްތަ 14:29
ޑިވަލަޕްމަންޓް ބޭންކުގެ ސީއީއޯ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް (މ) ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އާއި ސަލާމް ކުރައްވަނީ - 26 އޮގަސްޓް 2024

ޑިވަލަޕްމަންޓް ބޭންކުގެ ސީއީއޯ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް (މ) ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އާއި ސަލާމް ކުރައްވަނީ - 26 އޮގަސްޓް 2024

މި ސަރުކާރުން އުފައްދާ ހުޅުވި ޑިވެލޮޕްމަންޓް ބޭންކުން ހިދުމަތް ނުދެވި އުޅެނިކޮށް ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އިސްތިއުފާ ދެއްވައިފިއެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ގަބޫލުކޮށް އެ މަޤާމުން ވަކިކޮށްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާދީއްތަ ދުވަހު ވަނީ ބުނެފައެވެ.

"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް އުފައްދާފައިވަނީ 16 މެއި 2024 ގައެވެ. މި ކުންފުނި އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.

އަދި އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ނޮއެލް ގްރެގަރ އައްޔަން ކުރެއްވީ އޮގަސްޓް 2024 ގައެވެ.

މީގެ އިތުރުން އެ ބޭންކު ރަސްމީކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވީ 16 ނޮވެމްބަރު 2024 ގައެވެ. ނަމަވެސް މިހާތަނަށް އައި އިރު މި ބޭންކުގެ ހިދުމަތެއް އެއްވެސް ގޮތަކަށް ދީފައި ނުވެއެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2018

ފޯން ކޯލަކުން ސައިކަލް އިންޝުއަރެންސް ކޮށްދިނުމުގެ ހިދުމަތް ފަށައިފި

18 ޖެނުއަރީ 2018
ފޯން ކޯލަކުން ސައިކަލް އިންޝުއަރެންސް ކޮށްދިނުމުގެ ހިދުމަތް ފަށައިފި
11 ޖެނުއަރީ 2018

އެސްޓީއޯ ސުޕަރމާޓުން އަނެއްކާ ވެސް ހުކުރު ދުވަހު ހިދުމަތް ދޭން ފަށަނީ

11 ޖެނުއަރީ 2018
އެސްޓީއޯ ސުޕަރމާޓުން އަނެއްކާ ވެސް ހުކުރު ދުވަހު ހިދުމަތް ދޭން ފަށަނީ
29 ނޮވެމްބަރު 2017

އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ހދ. ކުޅުދުއްފުއްޓަށް !

29 ނޮވެމްބަރު 2017
އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ހދ. ކުޅުދުއްފުއްޓަށް !
04 ސެޕްޓެމްބަރު 2017

"ސްމައިލްޓު ޕޭ" ހިދުމަތް ކޭއެފްސީން ތައާރަފުކޮށްފި

04 ސެޕްޓެމްބަރު 2017
"ސްމައިލްޓު ޕޭ" ހިދުމަތް ކޭއެފްސީން ތައާރަފުކޮށްފި
17 ޖުލައި 2017

އޮންބޯޑް.އެމްވީން ޗާޓަރ ހިދުމަތް ފަށައިފި

17 ޖުލައި 2017
އޮންބޯޑް.އެމްވީން ޗާޓަރ ހިދުމަތް ފަށައިފި
23 މެއި 2017

ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި
23 މެއި 2017

އަޔާދީ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފުކޮށްފި

23 މެއި 2017
އަޔާދީ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފުކޮށްފި
06 އެޕްރީލު 2017

އެލައިޑް އިންޝުއަރަންސްގެ މޮޓޯ އިންޝުއަރަންސް ހިދުމަތް އިލެކްޓްރޯނިކް ކޮށްފި

06 އެޕްރީލު 2017
އެލައިޑް އިންޝުއަރަންސްގެ މޮޓޯ އިންޝުއަރަންސް ހިދުމަތް އިލެކްޓްރޯނިކް ކޮށްފި
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް