Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ަމަގޭ ރިޕޯޓް

ކޮންމެ ދިމާލަކުންވެސް ފެންނަނީ ފެއިލްވެފައިވާ މަންޒަރު!

ދިރިއުޅުމުގެ ކަންކަން އެންމެ ނާޒުކު ހާލަތުގައި ތިބި ލޭ އަޅާ މީހުންގެ ލޭތައް އުކާލަންޖެހޭ މައްސަލަ ބޮޑުވެ، އިހުތިޖާޖުކުރަން ފައްޓައިފި އެވެ.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 23 މާރިޗު 2025 | އާދީއްތަ 08:17
ލޭ އަޅާ މީހުންގެ ލޭތައް އުކާލަންޖެހޭ މައްސަލަ ބޮޑުވެ، އިހުތިޖާޖުކުުރުން 23-03-2025

ލޭ އަޅާ މީހުންގެ ލޭތައް އުކާލަންޖެހޭ މައްސަލަ ބޮޑުވެ، އިހުތިޖާޖުކުުރުން 23-03-2025

"އިސްތިއުފާ, ނާޤާބިލް ވެރިން އިސްތިއުފާ" މިއީ މިއަދު މިރާއްޖޭގެ ހުރިހާ ދިމާލަކުން އިވޭ އެއް އަޑެއެވެ. ވެރިކަމަށް ރައީސަކު އިންތިޚާބު ކުރަނީ ބަދަލަކަށް އެދިގެންނެއެވެ. ރާއްޖޭގެ ތާރީޚުގައި އަބަދުވެސް ކަން ހިނގަމުންދާ އުސޫލަކީ މިއީ އެވެ. ކޮންމެ ފަސް އަހަރަކުން އައު ރައީސަކު އިންތިޚާބު ކުރަންޖެހެއެވެ. މިއީވެސް ކުރީގެ ތިބި ވެރިންނަށް ވުރެ ކަންކަން ރަނގަޅަށް ގެންދިއުމުގެ ބޭނުމުގައެވެ.

ވާނީވެސް އެހެންތާ އެވެ. އެތައް އަހުދަކާއި ވައުދެއް ރައްޔިތުންނަށް ވެއެވެ. ހަމަ އެރައްޔިތު މީހާވެސް މިވާހަކަތައް އަޑު އަހައި ޤަބޫލުކުރެއެވެ. އެއީ ވެރިކަމުގައި ހުންނަވާ ބޭފުޅާއަށްވުރެ ބޮޑަށް، އަލަށް ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ރަނގަޅު ވެދާނެ ކަމަށް ހީކޮށްގެންނެ އެވެ. ރައްޔިތުންގެ އުއްމީދުތައް ވިއްސިވިހާލިވާ ހިސާބަކީ ރައްޔިތުންނަށް ވާ ވައުދުތައް ނުފުއްދުމެއެވެ. އެހިސާބުން ކެތްކޮށްލައެވެ. ނަމަވެސް ކަންކަން ރަނގަޅު ނުވެ ދުވަސްތައް ދިގުލައިދާ ހިސާބަކީ ރައްޔިތުން މަގުމައްޗަށް ނިކުންނަ ހިސާބެވެ. ވަލިއްޔުލްއަމްރަށް އަޑު އިއްވުމަށެވެ. ސަރުކާރުން އެކަށީގެންވާ ޖަވާބެއް ލިބުމުގެ އިންތިޒާރުގައެވެ. އެވަރުންވެސް އަޑު ނީވުމުން ދެން ގޮވަން ޖެހެނީ ވެރިންގެ އިސްތިއުފާއަށެވެ. އެހިސާބުން ކަންތައް ގޯސްވެއެވެ. އިސްތިއުފާއަށް ގޮވާ މީހާ ކުށްވެރިއަކަށް ބަދަލުވެއެވެ. ތުހުމަތުތަކެއްކޮށް ދެއިރު ދެދަޅަށް ފުލުސް އޮފީހަށް ހާޒިރުކުރަން ފައްޓައެވެ.

އަނެއްކާވެސް ރައްޔިތުން ރުޅިގަދަ ކުރެއެވެ. މިއަދުގެ ހާލަތަކީ މިއީއެވެ. އެއްވެސް ކަމެއް ރަނގަޅަކަށް ނުދެއެވެ. ރައްޔިތުންނަށް ދޭން ވައުދުވި ބޯހިޔާވަހިކަން ފޭރިގަތީއެވެ. އާސަންދައިން ބޭސް ނުލިބިގެން ބޭސް ސިޓީއަށް ސަލާން ޖަހަން ފެއްޓީއެވެ. ސަރުކާރުގެ މަތި ފަޑީގައި ކޮރަޕްޝަނުގެ ވަބާ އިންތިހާއަށް ބޮޑުވީއެވެ. ރާއްޖޭގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތެއް ފެންނާކަށް ނެތެއެވެ. ދަރަނި ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ވާހަކަ އަޑު އިވެނީއެވެ. މިއިން ކޮންމެ ކަމަކުންވެސް ރައްޔިތުން ވެއްޓެނީ ހާސްކަމެއްގެ ތެރެއަށެވެ. މުޅި ދައުލަތް އޮތީ ވަކި ބޭފުޅެއްގެ އަތްޕުޅުގައެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެއެވެ. ރައްޔިތަކަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެއެވެ.

މިހާހިސާބަށް ކަންކަން ގޮސްފައި އޮއްވާ އަނެއްކާ ދެން އަޑު އިވިގެން މިދިޔައީ ދިރިއުޅުމުގެ ކަންކަން އެންމެ ނާޒުކު ހާލަތުގައި ތިބި ލޭ އަޅާ މީހުންގެ ލޭތައް އުކާލަންޖެހޭ މައްސަލަ ބޮޑުވެ، އިހުތިޖާޖުކުރަން ފެއްޓި ވާހަކައެވެ. އަބަދުވެސް ދަތިތަކާއި އެކު ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުން އަންނަ މިފަރާތްތަކަށް، މިއަދު ލޭ ފޮދުވެސް ނުލިބި އުކާލަންޖެހޭ ހިސާބަށް ކަންތައްދިއީއެވެ. ދެރަވަރުގެ ކަންކަމެވެ. މުޒާހަރާކުރި މީހުންގެ ތެރޭގައި ހުރި މީހަކު ބުނާތީ އަޑު އިވުނެއެވެ. ކޮނޑިކޮޅަށް ހޫނު ކުރަން ތިބެނީއެވެ. ސިޔާސީ ގޮތުން އަންނަ މީހާ ވިސްނަނީ އޭނާގެ މަންފާއަށެވެ. މިކަން ތަހައްމަލު ކުރަމުންދާ މީހުންގެ އެއްވެސް ކަމެއް އިހްސާސެއް ނުވެއެވެ. ނާޤާބިލް މީހުން އިސްތިއުފާ ދޭން ވީނޫންތޯ އެވެ. މިއަދު މި ރާއްޖޭގައި ވެރިމީހާއަށް އިސްތިއުފާ ގޮވާއި، ނޯޓްކޮޅުގައި ލިޔެގެން ތިބި އެތައް ހާސް ރައްޔިތުންނެއް އެބަތިއްބެވި އެވެ.

ލޭ އަޅައި ޕޭޝަންޓުންނަށް ވެރިން ދިނީ ބީރު ކަންފަތެކެވެ. މާލޭގެ ކަންކަން މިހާލަތުގައި ހުރި އިރު، ރާއްޖޭގެ އެހެން ރަށްރަށުގައި އަދި މާ ހާލު ދެރައެވެ. މިޕޭޝަންޓުން ތަހައްމަލު ކުރަމުންދާ ވޭން އިސްސާސްވެސް ނުކުރެވޭނެ އެވެ. ބޭސް ލިބުމުގެ ދަތިކަމާއި ކުރިމަތިލާން ނުޖެހޭ ދުވަހެއް ނުދެއެވެ. ކޮންމެ ރެއަކު 4 ނޫނީ 5 ލޭ ޕެކެޓު އުކާލަން ޖެހޭ ދުވަސް ގިނައެވެ. ތެލަސީމިއާ ސްޕެޝަލިސްޓެއް މިއަދާއި ހަމައަށް ވެސް ގެނެވިފައެއް ނުވެއެވެ. 40 އަހަރުން މަތީގެ ތެލަސީމިއާ މީހުންނަށް ވެސް ފަރުވާ ކުރަން ހުރީ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެކެވެ. މިކަންކަމަށް ޖަވާބުދާރީ ވާނީ ކާކުތޯ އެވެ. މި ފަރާތަތްކުން މިވާހަކަ އަޑު އިއްވަން ދާނީ ކޮންވެރިއެއްގެ ކައިރިއަށްތޯއެވެ. މުޒާހަރާކުރި ތަނަށް ވަޑައިގެންނެވި ބޭފުޅުންވެސް ތަން ދޫކުރައްވާ ވަޑައިގެންނެވީއެވެ.

މިއަދު ރައްޔިތުންގެ ހާލަތު ކޮންމެ ދިމާލަކުން ބެލިކަމުގައިވީ ނަމަވެސް ވަރަށް ދެރަވަރުއެވެ. ރައްޔިތުންނަށް ކެތް ނުވެގެން ބުނަން އޮތީ ހަމަ އެއްޗެކެވެ. އިސްތިއުފާއެވެ. ދެއްކުންތެރިކަމެއް ބޭނުމެއް ނޫނެއެވެ. ނާޤާބިލް ވެރިން އިސްތިއުފާ ދޭންވީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަދަކަމުން ހޯދާ "ތާއީދު"ގެ ބޮޑު މަންޒަރު

ގަދަކަމުން ހޯދާ "ތާއީދު"ގެ ބޮޑު މަންޒަރު

24 އޮކްޓޯބަރު 2017
އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.

އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.

11 އޮކްޓޯބަރު 2017
މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ

މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ

04 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

21 އޯގަސްޓު 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު