Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުންފުނިތަކުގެ ހިންގުން

ރަނގަޅަށް ހިނގާ އެއްވެސް ކުންފުންޏެއް ނެތް، ރިޓަޔާޑް ސިފައިން އައްޔަންކޮށްގެން ކުންފުނިތަކެއް ނުހިންގޭނެ: އާޒިމް

އިގްތިސާދު އެއްކޮށް ފުނޑުފުނޑުވެ ދަނީ ހަލާކުވަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 މާރިޗު 2025 | އާދީއްތަ 08:11
ފަލަސުރުހީ ޕްރޮގްރާމްގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ

މި ސަރުކާރުގައި ރަނގަޅު ނިޒާމެއްގެ ތެރެއިން ހިނގާ ރަނގަޅު އެއްވެސް ކުންފުންޏެއް ނެތް ކަމަށާއި، ރިޔާޑް ސިފައިން ކުންފުނިތަކަށް އައްޔަންކޮށްގެން ކުންފުނިތައް ނުހިންގޭނެ ކަމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ، މިހާރުގެ މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މިއަދު ރަނގަޅު ނިޒާމެއްގެ ތެރެއިން ހިނގާ ރަނގަޅު ކުންފުންޏެއް ނެތް ކަމަށާއި، ރައްޔިތުންގެ ހިއްސާ އޮތް ކުންފުނިތައް ހަލާކު ކުރަމުންދާކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ ހިނގަމުން ދަނީ މަޖާ ކަންކަން ނޫން ކަމަށާއި، އިގްތިސާދު އެއްކޮށް ފުޑުފުޑުވެ ހަލާކުވަމުންދާ ކަމަށެވެ. މިއަދު މި ގައުމުގައި ކުރިއެރުން ލިބެމުންދާ އެއްވެސް ދާއިރާއެއް ނެތް ކަމަށާއި، ކުރި އަރާ ކުންފުންޏެއް ނުފެންނަ ކަމަށެވެ. މި ސަރުކާރުގެ ބޭފުޅުންނަށް އެނގެނީ ހަރަދުކުރަން އެކަނިކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ދައުލަތަށް ލިބޭ އެއްޗަކަށް ނުބަލާ ކަމަށާއި، ފައިސާ ނުލިބުމުން ނަގަނީ ލޯނު ކަމަށެވެ. އަދި ލޯނު ނުލިބުމުން ފައިސާ ޗާޕު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީއަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ އެމްޑީޕީގެ ސަރުޚާރުގައި އެމްޓީސީސީއާ ހަވާލުވިއިރު އެއީ ގެއްލުމުގައި ހިންގަމުންދިޔަ ކުންފުންޏެއް ކަމަށާއި، އެތަނުން ނުކުތީ ފައިދާވާ ބޮޑު ރަނގަޅު ކުންފުންޏަކަށް ބަދަލު ކުރުމަށްފަހު ކަމަށެވެ. އެއީ ރަނގަޅަށް ހިންގަންޖެހޭ ކުންފުންޏެއް ކަމަށާއި، ރަނގަޅަށް މަސައްކަތް ކޮށްފިނަމަ ކެޕޭސިޓީ ބޮޑު ހަރުދަނާ ވަރުގަދަ ކުންފުންޏަކަށް އެމްޓީސީސީވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. ނަމަވެސް މިސަރުކާރުގެ ފުރަތަމަ އަހަރު އެ ކުންފުންޏަށް އެއްވެސް ފައިދާއެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން ސަރުކާރު ނިމިގެން އައިރުގައި އެބޭފުޅުން ވަރަށް ބޮޑަށް ބުނަމުންދިޔަ މިސާލަކަށް އެމްޓީސީސީގައި މިހާރު ދަރަނި އެބައޮތޭ. އެކަމަކު މިހާތަނަށް އެންމެ ގިނަ ޕްރޮޖެކްޓް ހަވާލުކުރި ކުންފުންޏަކީ އެމްޓީސީސީ. އެއީ ކީއްވެ. އެމްޓީސީސީއަކީ ވަރަށް ކެޕޭސިޓީ ބޮޑު ވަރަށް ވަރުގަދަ ކުންފުންޏަކަށް އަޅުގަނޑުމެން ހަދާފައި އޮންނާނެ. އަޅުގަނޑު ހަވާލުވިއިރުގައި ދެ ބިލިއަން ރުފިޔާގެ އެސެޓް ހުންނާނެ. އަޅުގަނޑު ނުކުތް އިރުގައި 5 ބިލިއަން ރުފިޔާ ތިން އަހަރުގެ ތެރޭގައި އެސެޓް ހުންނާނެ އެތަނުގައި. އެހެންވީމަ އެވަރުގެ ކެޕޭސިޓީ ހުރި ކުންފުންޏެއް. ދުވާލަކު އެވަރެޖްކޮށް 11 ޕްރޮޖެކްޓް ނިންމަމުން އަޅުގަނޑުމެން ދިޔައިން. ހަމަ ފައިދާގެ ގޮތުގައި އަޅުގަނޑު ހަވާލުވިއިރު ގެއްލުންވި ކުންފުންޏެއް އަޅުގަނޑު ނުކުތް އިރު އެވްރެޖްކޮށް ކޮންމެ އަހަރަކު 200 މިލިއަން ފައިދާ ވެސް އަޅުގަނޑުމެން ހޯދާދީފައި އޮންނާނެ. މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ 100 މިލިއަން ވެސް ފައިދާ ނުވެ އަހަރު ނިންމާލިތަން ފެނިގެން މިދިޔައީ. މިހާ ވަރުގަދަކޮށް ހަދާފައި ހުރި ތަންތަން ނިކަމެތިކޮށް ހަލާކު ކުރަމުންދަނީ.
އެމްޓީސީސީގެ ކުރީގެ ސީއީއޯ، މިހާރުގެ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ މި ސަރުކާރުގެ ބޭފުޅުންނަށް ކަންކަން ކުރަން ނޭނގޭ ކަމަށާއި، ފަރުވާ ކުޑަވުމުގެ އިތުރުން ވަރިހަމަކަން ބޮޑު ކަމަށެވެ. ރައްޔިތުންނަށް ޚިދުމަތެއް ދިނުމަށް މަސައްކަތް ނުކުރާ ކަމަށާއި، ރައްޔިތު މީހާއަށް ލިބޭ ގެއްލުމަށް ނުބަލާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މަސައްކަތް ކުރަނީ އަމިއްލަ ލިބޭ އެއްޗެއް ހޯދުމަށް ކަމަށް އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ކުންފުނިތަކާ ހަވާލުވާންޖެހޭނީ ކޮންމެވެސް ވަރަކަށް ފައިނޭންޝަލް ބެކްގްރައުންޑް ހުރި ތަޖުރިބާ ހުރި މީހުން ކަމަށެވެ. އަދި ކުންފުނިތަކުގެ ހިންގުން ރިޓަޔާޑް ސިފައިންނާއި ހަވާލު ކުރުމުން އެކަން ނުވާނެ ކަމަށާއި، ކުންފުނިތައް ނުހިންގޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މިހާރު ކުންފުނިތަކާ ހަވާލުވާންޖެހޭނީ ކޮންވެސްވަރަކަށް ފައިނޭންޝަލް ބެކްގްރައުންޑް ހުރި މީހުން. ތަޖުރިބާ ހުރި މީހުން. ހަރުދަނާ މީހުން. ކަންތައްތަކުގައި މުރާލިކަމާއެކު އުޅެން ކުރެވޭ މީހުން މީހުންނާ ގުޅޭ މީހުން. މިކަހަލަ މީހުންލައިގެން މިކަން ކުރެވޭނީ. މިހާރު މިތަންތަނަށް މިލަނީ ރިޓަޔަރޑް ސިފައިން. ރިޓަޔަރޑް ސިފައިންނަކީ ކުންފުނި ހިންގަން ކަމުދާ ބައެއް ނޫން. މިމީހުން ލައިގެން މިކަން ނުކުރެވޭނެ. މި މީހުންގެ ނުހުންނާނެ ކޯޕްރޭޓިވް ބެކްގްރައުންޑެއް
އެމްޓީސީސީގެ ކުރީގެ ސީއީއޯ، މިހާރުގެ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ މިސަރުކާރުގެ ސަބަބުން ބޮލުގައި އެޅެމުންދަނީ ވަރަށް ބޮޑު ދަރަންޏެއް ކަމަށާއި، ދަރިންގެ މުސްތަގުބަލު ބަނަވާނެ ކަމަށެވެ. ގައުމުގެ ދަތުރު ކުރަމުން މިދަނީ ވަރަށް ނިކަމެތި ދިމާލަކަށް ކަމަށާއި، ރައްޔިތުންނަށް ގޭގައި ތިބެވެން މިއަދު ނެތް ކަމަށެވެ. އަދި ރައްޔިތުން ނުކުމެ ގައުމު ހަމަ މަގަމަށް އެޅުމަށް މަސައްކަތް ކުރުމަށް އާޒިމް ގޮވާލެއްވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު