Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ޔުކްރެއިން ގުޅުން

ޔުކްރެއިން އާއި އެމެރިކާއާ ދެމެދު މައުދަނީ ވިޔަފާރީގެ މަޝްވަރާތައް ކުރިއަށް 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެމެރިކާ އިން ޔުކްރެއިން އާއެކު މައުދަނީ، އަދި ގުދުރަތީ ވަސީލަތްތަކުގެ އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށް ބުރާސްފަތި ދުވަހު ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 މާރިޗު 2025 | ހޮނިހިރު 07:29
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ. އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި މީގެ ކުރިން ބޭއްވި ބައްދަލުވުމުގެ ތެރެއިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ. އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި މީގެ ކުރިން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ޔުކްރެއިން އާއި އެމެރިކާއާ ދެމެދު މައުދަނީ ވިޔަފާރިއާ ގުޅުން ހުރި މަޝްވަރާތައް އަދިވެސް ކުރިއަށް ގެންދަމުން އަންނަ ކަމަށް، ޔުކްރެެއިންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ހެއޯހީ ޓިކީ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ، އެކަމާ ގުޅޭ ގޮތުން ހުކުރު ދުވަހު ވާހަކަ ދައްކަމުންނެވެ. 

މި ހަފުތާގެ ކުރީ ކޮޅު، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނެފައި ވަނީ، އިޤުތިސާދީ މައުދަނީ ވިޔަފާރީގެ އޮނިގަނޑުގެ މަޝްވަރާ ކުރިއަށް ގޮސްފައިވާ ކަމަށާއި، މިހާރު އަމާޒު ހިފާފައި ވަނީ ޔުކްރެއިން އާއި ރަޝިޔާއާ ދެމެދު ސުލްހަ ގާއިމު ކުރުމަށް ކުރާ މަސައްކަތަށް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެމެރިކާ އިން ޔުކްރެއިންއާ ދެމެދު މައުދަނީ، އަދި ގުދުރަތީ ވަސީލަތްތަކުގެ އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށް ބުރާސްފަތި ދުވަހު ވިދާޅުވެފައެ އެވެ.

ޔުކްރެއިންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޓިކީ ވިދާޅުވީ، ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުރިއަށް ގެންދާ އެ މަޝްވަރާ ތަކުގައި، އެއްބަސްވުމުގައި ސޮއި ކުރުމަށް ޔުކްރެއިން އޮތީ ތައްޔާރަށް ކަމަށެވެ. މިއީ މިިދިޔަ ހަފުތާގެ ތެރޭގައި ސައުދީ އަރަބިއްޔާގައި ބޭއްވުނު މަޝްވަރާތަކާ ގުޅޭ ގޮތުން އޭނާ ދެއްކެވި ވާހަކަ އެކެވެ.

އެމެރިކާގެ ޓީމުން އިތުރު މަޝްވަރާ ތަކަށް، ވޮޝިންގްޓަން ގައި ބައްދަލު ކުރަން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ 2022 ވަނަ އަހަރުން ފެށިގެން ޔުކްރެއިން އަށް ދީފައިވާ އެހީތެރިކަމަށް ބަދަލު ހޯދުމުގެ ގޮތުން ޓްރަމްޕް ކުރިއަށް ގެންދަވާ މަސައްކަތެކެވެ.

މި މަޝްވަރާތައް "ކުރިއަށްދާ" ކަމަށް ޓިކީ ވިދާޅުވި ނަމަވެސް، އެމެރިކާ އިން މި އެއްބަސްވުމުގެ އޮނިގަނޑަށް ބަދަލު ގެންނަން އުޅޭ ކަމަށް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ވާހަކަތަކާ ބެހޭ ގޮތުން އިތުރު ޚިޔާލެއް ފާޅުކުރަަން އޭނާ ބޭނުންފުޅެއް ނުވި އެވެ.

ވައިޓް ހައުސް އިން ވަނީ ޔުކްރެއިންގެ ނިއުކްލިއަރ ޕަވަރ ޕްލާންޓްތައް ހިންގުމުގައި އެހީތެރި ވެދިނުމަށް ހުށަހަޅާފައި އެވެ. ނަމަވެސް ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވަނީ ޓްރަމްޕް އާއެކު މިފަދަ މަޝްވަރާއެއް ކުރެވިފައިވާ ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި

22 ފެބުރުއަރީ 2017
ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު