Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ބްލަޑް ސަރވިސް

ފިލްޓަރތަކުގެ މައްސަލައެއް ދިމާވެ، ލޭ އަޅާ މީހުންގެ ލޭތައް އުކާލަންޖެހޭ މައްސަލަ ބޮޑުވެއްޖެ

22 މާރިޗު 2025 | ހޮނިހިރު 07:35

މި މައްސަލަ ދިމާވާތާ ދުވަސްކޮޅެއް ވަނީ ވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 22 މާރިޗު 2025 | ހޮނިހިރު 07:35
ލޭ އަޅަމުން ދަނިކޮށް ފިލްޓަރއަށް މައްސަލަ ޖެހުމުގެ ސަބަބުން ލޭ ޕެކް ނައްޓާލާފައި

ލޭ އަޅަމުން ދަނިކޮށް ފިލްޓަރއަށް މައްސަލަ ޖެހުމުގެ ސަބަބުން ލޭ ޕެކް ނައްޓާލާފައި

މޯލްޑިވްސް ބްލަޑް ސަރވިސްއަށް ލިބިފައިހުރި ފިލްޓަރތަކުގެ މައްސަލައެއް ދިމާވެ، ލޭ އަޅާ މީހުންގެ ލޭތައް އުކާލަން ޖެހޭ މައްސަލަ ބޮޑުވެއްޖެއެވެ.

މިމައްސަލަ ބޮޑުވުމާއި ގުޅިގެން ލޭއަޅާ ބައެއް މީހުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.

Advertisement - newsAdvertisement

މި މައްސަލަ ދިމާވަމުންދާތާ ދުވަސްކޮޅެއް ވެފައިވާކަން ފާހަގަކޮށް ބައެއް ޕޭޝަންޓުން ބުނެފައިވަނީ ލޭގެ ޕެކުގައި ގިނަ އަދަދަކަށް ލޭ ބާކީ ވެފައި ހުންނަ ކަމަށާއި، ބައެއް ޕެކްތައް ގޯސްވުމުގެ ސަބަބުން އެހެން ފިލްޓަރެއް ބަދަލުކުރަން ޖެހި އިސްރާފު ބޮޑުވާ ކަމަށެވެ. އަދި ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށާއި، މި މައްސަލައަށް އަވަސް ދާއިމީ ހައްލެއް ހޯދައިދިނުމަށް ލޭ އަޅާ ޕޭޝަންޓުން ގޮވާލާފައިވެ އެވެ.

މި މައްސަލަ ދިމާވި ޕޭޝަންޓެއް ބުނެފައިވަނީ ދެހަފްތާ މަސައްކަތް ކޮށްގެން ހޯދާ ލޭ އުކާލަން ޖެހިފައިވާ ކަމަށާއި، ބްލަޑް ސަރވިސްއަށް ލިބިފައި ހުރި ފިލްޓަރތަކުގައި މައްސަލަ އުޅޭ ކަމަށެވެ. އަދި މައްސަލަ އުޅޭކަން އެނގޭއިރު ވެސް މެނޭޖްމަންޓުން ތިބީ ބީރު ކަންފަތެއް ދީގެން ކަމަށެވެ. އެނގިގެން އެއްރޭ 5 ޕޭޝަންޓެއްގެ ފިލްޓަރ މައްސަލަ ޖެހުނު ކަމަށް ބުނެފައިވެ އެވެ.

ކަންބޮޑުވުންފާޅު ކުރި އިތުރު ލޭ އަޅާ ޕޭޝަންޓެއް ބުނީ އެވްރެޖްކޮށް ރޯދަމަހު ކޮންމެ ރެއަކު 4 އާއި 5 އާއި ދެމެދުގެ އަދަދަކަށް ލޭ ޕެކް، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި، އުކާލާފައި ވަނީ ފެންވަރު ދަށް ފިލްޓަރުތަކެއް ހުރުމުން ކަމަށެވެ. މިކަމުގެ ސަބަބުން ޚިދުމަތުގެ ފެންވަރަށް އަސަރުކުރުމުގެ އިތުރުން މި މުއްދަތުގައި ލޭ ހަދިޔާކުރާ މީހުން ހޯދުމުގެ ގޮންޖެހުން އިތުރުވެގެންދާ ކަމަށެވެ.

ބަލިމީހުންނަށް އިތުރު ޑޯނަރުން ހޯދައި ގިނައިން ޓްރާންސްފިއުޝަން ދޭން ޖެހިފައިވާއިރު، ހީމޯގްލޯބިންގެ މިންވަރު އިތުރުވެ، އޭގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ކަމަށް ވެސް ބައެއް ޕޭޝަންޓުން ބުނެފައިވެ އެވެ.

މީގެ އިތުރުން ލޭ ލިބެނީ ވަރަށް މަސައްކަތުން ކަމަށާއި، އިހުމާލުން ދިމާވާ މައްސަލައަކާ ގުޅިގެން ލޭ އުކާލަން ޖެހުމަކީ ވަރަށް ބޮޑު ދެރަ ކަމެއް ކަމަށް ޕޭޝަންޓުން ބުނެފައިވެއެވެ. އަދި ނަރުހުންނަށް ވެސް އަބަދު ފިލްޓަރ ބަދަލުކޮށް ނުވަތަ ފިލްޓަރއަށް މައްސަލަ ދިމާވެތޯ ބަލަން ނުތިބެވޭނެ ކަމަށް އެމީހުން ބުނެފައިވެ އެވެ.

ލޭ އުކާލަންޖެހޭ މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ހެލްތް މިނިސްޓްރީއަށް ވަނީ އަމާޒުވެފަ އެވެ. އަދި ސިއްހީ ނިޒާމު އެއްކޮށް ފެއިލް ކޮށްލާފައިވާ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ހެލްތް މިނިސްޓްރީގެ އަދި ބްލަޑް ސަރވިސްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް