Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޑިއުކޭޝަން މިނިސްޓްރީ

ފޮތްތައް ދޫކުރުމުގައި ލަހެއް ނުވޭ، މުވައްޒަފުންނަށް މަސައްކަތް ބުރައެއް ނުވާނެ: މިނިސްޓަރު ޝަފީއު

21 މާރިޗު 2025 | ހުކުރު 12:57

މުވައްޒަފުންނަށް ދަތިނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް އަންގާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 މާރިޗު 2025 | ހުކުރު 12:57
މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރު އިތުރު ކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން

މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރު އިތުރު ކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން

ސްކޫލުގެ ދަރިވަރުންނަށް ފޮތް ދޫކުރުމުގައި ލަސްތަކެއް ކުރިމަތިވެ، އިދާރީ މުވައްޒަފުންނަށް މަސައްކަތްތައް ބުރަވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ދޮގުކުރައްވައިފި އެވެ.

މިކަން މިނިސްޓަރު ޝަފީއު ދޮގުކުރެއްވީ ސްކޫލުގެ ދަރިވަރުންނަށް ފޮތް ދޫކުރުމުގައި ލަސްތަކެއް ކުރިމަތިވެ، އިދާރީ މުވައްޒަފުންނަށް މަސައްކަތްތައް ބުރަވެފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލެއް މައުލޫމާތު ދިނުމާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް ނަން ނުޖެހުމަށް ޝަރުތުކޮށް އޮފިޝަލް ވިދާޅުވީ ފޮތްތައް ދޫކުރުމުގައި އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތް ކަމަށާއި، ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށެވެ. އަދި ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދުކުރި ނަމަވެސް ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނާއި، އެޑިޔުކޭޝަންގެ ބައެއް މުވައްޒަފުންގެ މަސައްކަތަށް ވަރަށް ބާރު ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހެން ދިމާވީ އެޑިޔުކޭޝަން މިނިސްޓްރީގެ އިހުމާލުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ސްކޫލުތައް ޗުއްޓީއަށް ދިޔައިރު ފޮތްތައް ދޫކުރުމުގެ މަސައްކަތް ކުރެވިފައިނުވާ ކަމަށެވެ. އަދި ބައެއް މާއްދާތަކުގެ ކަރިކިއުލަމް ބަދަލުވާތީ ފޮތް ޗާޕު ކުރަންޖެހޭ ކަމަށާއި، އެ މަސައްކަތް ވެސް ކުރަން ފަށާފައިވަނީ ސަރުކާރު ބަންދުވުމުން ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އިދާރީ މުވައްޒަފުންނަށް ގިނަ ވަގުތު މަސައްކަތުގައި އުޅެންޖެހިފައިވާތީ، ގިނަ މުވައްޒަފުންގެ ޝަކުވާ ވަރަށް ބޮޑު ވެފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށާއި، ވަރަށް ރޭވުންތެރިކަމާއެކު މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ކުރިން ވެސް އޮންނަ އުސޫލުގެ ތެރެއިން މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މުވައްޒަފުންނަށް ދަތިނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް އަންގާފައިވާ ކަަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވީ ޗާޕު ކުރަންޖެހޭ ފޮތްތައް ޗާޕުކޮށް ނިމިފައިވާ ކަމަށާއި، ރާއްޖެއިން ބޭރުން ގެންނަ ބައެއް ފޮތްތައް އަންނަ ހަފްތާ ތެރޭގައި ލިބޭނެ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި މެސެޖުގައި ބުނީ 2025 މާރިޗު 20 އިން ފެށިގެން ސަރުކާރު ބަންދުވުމާ ގުޅިގެން، ދިރާސީ އަހަރު ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވުމަށާއި މިކަމާ ގުޅިގެން ބެލެނިވެރިންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ދިނުމަށްޓަކައި، މިނިސްޓްރީއާއި ސްކޫލްތަކުގެ ކައުންޓަރުގެ ޚިދުމަތް މާރިޗު މަހުގެ 27ގެ ނިޔަލަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މި މަސައްކަތާ ގުޅޭ މުވައްޒަފުން ބޭނުން ކޮށްގެން 2025 މާރިޗު 20 އިން ފެށިގެން 27ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 10:00ން 12:00ށް ސްކޫލްތަކުގެ ކައުންޓަރުގެ ޚިދުމަތް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސަންޖެހޭ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިގޮތަށް ހަމަޖެއްސުމުގައި މުވައްޒަފުންނަށް ދަތިނުވާނެގޮތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.

ރަމާޟާން މަހާ ދިމާކޮށް ދިރާސީ އަހަރުގެ ކިޔެވުން ނިންމައި, ރާއްޖޭގެ ހުރިހާ ސުކޫލެއްގެ ދަރިވަރުންގެ ޗުއްޓީ ފަށާފައިވަނީ 27 ފެބްރުއަރީ 2025 ގައެވެ. ޗުއްޓީ ނިންމައި ސްކޫލުތަކުގެ ކިޔެވުން ފެށޭނީ އޭޕްރީލު މަހުގެ ހަތްވަނަ ދުވަހެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2017

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ
20 ފެބުރުއަރީ 2017

ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ

20 ފެބުރުއަރީ 2017
ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ
15 ފެބުރުއަރީ 2017

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް