Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުޅި ސަރުކާރު ވޭޕެއްގެ ދިފާއުގައި

ވޭޕް މަނާކުރުމުގެ ފޮރުވިފައިވާ ސިއްރަކީ ރައީސްގެ ދަރިކަލަކު ސްކޫލުގައި ވޭޕް ކުރައްވާތީ އެކަން ހުއްޓުވަން ކަމަށްވެސް ބަޔަކު ކިޔާއުޅުނެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 20 މާރިޗު 2025 | ބުރާސްފަތި 11:36
ރައީސްގެ ދެކަނބަލުން

ރައީސްގެ ދެކަނބަލުން

ދުންފަތާއި ސިނގިރޭޓް އަގުބޮޑުކޮށް ވޭޕް ކުރުމާއި ވޭޕް އެތެރެކުރުން ސަރުކާރުން މަނާކުރުމާއެކު ލައްކަ ވާހަކަ ދެކެވެން ފެށިއެވެ. މަގުމަތީގައެވެ. ހޮޅުއަށިތަކުގައެވެ. މަސްއޮޑި އަތިރީގައެވެ. ގޭގޭގެ ހަތަރުފާރު އެތެރޭގައެވެ. ކާކުކަން އެނގިހުރެއާއި ނޭނގިތިބެ ސޯޝަލް މީޑިއާގައެވެ.

އެވާހަކަތަކުގެ ތެރޭގައި އެއްބަޔަކު ބުނަމުންދިޔައީ ސަރުކާރުގެ ބޭނުމަކީ އާމްދަނީ އިތުރު ކުރާނެ މޮޅު ގޮތެއް ހޯދުން ކަމަށެވެ. އަނެއް ބަޔަކު ބުނަމުން ދިޔައީ ސްކޫލުތަކުގެ ދަރިވަރުން ވޭޕް ބޭނުން ކުރާތީ އެކަން ނުހުއްޓުވިގެން ކަމަށެވެ. ސަރުކާރުން ދެއްކި ވާހަކައަކީ ސިއްހަތައް ގެއްލުންވުން ކުޑަކުރުން ކަމަށެވެ. މިއީ ދެކެވުނު ވާހަކަތަކެވެ. ހަމައެބީދައިން ވޭޕް މަނާކުރުމުގެ ފޮރުވިފައިވާ ސިއްރަކީ ރައީސްގެ ދަރިކަލަކު ސްކޫލުގައި ވޭޕް ކުރައްވާތީ އެކަން ހުއްޓުވަން ކަމަށްވެސް ބަޔަކު ކިޔާއުޅުނެވެ. ފަހަރެއްގައިވެސް އަނެއްކާ އެބޭފުޅާ ވޭޕް ކުރެއްވިއެކޭ އަޅުގަނޑު ނުބުނަމެވެ. ކުއްލިއަކަށް ވޭޕް ފިހާރަތައް ބަންދުކޮށް ހަރުކަށި ގާނޫނެއް ހަދައިގެން ވޭޕް ކުރުން މަނާކުރުމުން ފެތުރުނު ވާހަކަ ތަކުގެ ތެރޭގައި އެވާހަކަވެސް ހިމެނުނީތީ ބުނެލީއެވެ.

ވޭޕް މަނާކުރުމުގެ ބޮޑު ސިއްރަކީ އެއީކަމަށް އާއްމުންގެ ތެރޭގައި އަދި ބައެއް ސިޔާސީ ޖަގަހަތަކުގައި ދެކެވި ނިމި ދިޔަތާވެސް ހެޔޮވަރު ދުވަސްކޮޅެއްވެއްޖެއެވެ. ވޭޕް މަނާވެ ދުންފަތާއި ސިނގިރޭޓް އަގުބޮޑުވީމާ ޒުވާނުން ހޯދި ބިޑިއޮޅުންވެސް ކަންކަން މަތީގައާއި އާއްމު ތަންތާވެސް ކުރިއަށް ދަނީއެވެ. ސިއްރުން ވޭޕް ކުރަނިކޮށް ފަޅާއެރި ބައެއް މީހުން ހައްޔަރުކޮށް، ވަގަށް އެތަކެތި ވިއްކި ބައެއް މީހުންވެސް ގެންގޮސް ބޮޑެތި ޖޫރިމަނާތައް ކުރީއެވެ. އޭރުވެސް ސިއްރު ސިއްރުން އެކަމަކު އާއްމުންގެ ތެރޭގައި އެއްކަލަ ވާހަކަ ހަމަ އެގޮތައް ދެކެވެމުންދެއެވެ.

ކުއްލިއަކަށް ވޭޕުގެ ވާހަކަ ބޮޑުވީ އެމްޑީޕީ މުޒާހަރާގައި އަންހެނަކު އެވާހަކަތައް ގޮވާލުމުންނެވެ. އޭނާވެސް އެވާހަކައެއް ބުނީ ހަމަ އެހެންމީހުން އެކިޔާގޮތައް ވަރަށް ވައިކޮށެވެ. ކުރާ ތުހުމަތެއްގެ ގޮތުގައެވެ. އެބުނާ ތުއްތު ބޭފުޅާއެއްގެ ނަމެއް އުމުރެއްވެސް ނަންނުގަނެއެވެ. ހަމަ މީހުން އެކިޔާހެން ޒުވާނުން ބިޑިއޮޅަން ޖެހުނީ އެކުއްޖަކު އެވޭޕެއް ބޯތީ ހުއްޓުވަން މަނާކުރުމުން ނޯލައޭ ބުނެއެވެ. އެހެންމީހުން ބުނެއުޅޭ ވާހަކައަކަށް އިޝާރާތް ކޮށެވެ. އަނެއްކާވެސް ފާހަގަ ކޮށްލާނަމެވެ. އެމްޑީޕީ މުޒާހަރާގައި އެހެންބުނި މީހާގެ އެބުނުން ދިފާއު ކުރާކަށް ނެތީމެވެ. އެއީ ރަނގަޅު އެއްޗެކޭވެސް ނުބުނަމެވެ. އަދި އެފަދަ ވާހަކަތައް ދެއްކުން ކުށްވެރިވެސް ކުރަމެވެ.

ދެނެކާ ދެނެއް ނެތެވެ. މުޅި ގައުމުގެ ބޮޑު މައްސަލައަށް އެކަން ވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެއާއިލާއާއި ދަރިކަލުންގެ ދިފާއުގައި ނުކުންނެވީއެވެ. މުޅި ސަރުކާރުގެ ބޮޑުންވެސް އެވާހަކައިގާ ޖެހުނީއެވެ. އެއް މުއައްސަސާއަކަށްވުރެ އަވަހަށް އަނެއް ތަނަކުން އެކަން ކުށްވެރިކޮށް ބަސްވިދާޅުވާން ފެށީއެވެ. ކުންފުނިތަކުގެ ވެރިންވެސް އެހާލުގައެވެ. މަޖިލިސް މެންބަރުން އަދި މާ ފޯރިގަދައެވެ. ސަރުކާރުން ފައިސާދީގެން ގެންގުޅޭ ކުދިންކޮޅު ދެންހުރި ހުރިހާ ކަމެއް ދޫކޮށްލާފައި އެކަމުގެ ޑިފެންސަށް ފޭބީއެވެ. އެވާހަކަ އެހެންބުނި އަންހެން މީހާ ދެއިރު ދެދަޅައަށް ރަމަޟާން ރޯދަމަހު ފުލުސް އޮފީހަށްވެސް ދަމަންފެށީއެވެ. މުޅި ދައުލަތުގެ މީޑިއާއާއި ސަރުކާރުން ސްޕޮންސަރ ދީގެން ހިންގާ މީޑިއާތަކުންވެސް އެނޫން އެއްޗެއް ނުކިޔައެވެ. ބްރޯޑްކޮމްއިންވެސް އެވާހަކަ ނުދެއްކުމަށް މީޑިއާތަކަށް އިންޒާރުވެސް ދިނީއެވެ. ހަމަ އެވޭޕުގެ ދިފާއުގައެވެ.

މިހުރިހާ ކަމަކާއެކު ފުރަތަމަ ފަހަރަށް ފަސްޓްލޭޑީއަކު އާއްމު މީހަކު ގޮވައިގެން ކޯޓަށްވެސް ދާން ނިންމީއެވެ. ހަމައެހެންމެ މީހުން ދޫދޫމަތިން ދައްކަމުން އައި ވާހަކަތަކަށް މައުލޫމާތު އިތުރުކޮށް އަމިއްލަ ބޭފުޅުންގެ ވަނަވަރުވެސް ހާމަކުރެއްވީއެވެ. އިސާހިތަކު ކުޑަކުއްޖެއްގެ ކަރާމާތް ގެއްލޭފަދަ ކަމަކަށްވީއެވެ. ގިނަބަޔަކަށް ނޭނގިއޮތް ދަރިކަލުންގެ ނަންވެސް އާއްމުވީއެވެ. ރައީސް މީހާވެސް ކޯފާވިލެއް ބޮޑުކަމުން ނޫސްވެރިއަކަށް ގުޅުއްވާ އިންޒާރުވެސް ދެއްވީއެވެ. ހަމައެންމެ ކަމެއްގައެވެ. ވޭޕެއްގެ މައްސަލައިގައެވެ. ވޭޕް މަނާކުރުމުގެ ސިއްރުގެ ތެރޭގައި ރައީސްގެ ދަރިކަލަކު ވޭޕްކުރެއްވުން ހިމެނޭކަމަށް ދެކެވެޔޭ ބުނީތީއެވެ.

ކޮންމެއަކަސް މިއީކީ ރައީސަކަށް ހުރި މީހާއާއި އޭނާގެ އާއިލާއާ ދަރިންނަށް ނިސްބަތްކޮށް މީހުން ތަފާތު އެއްޗެހިކީ ފުރަތަމަ ފަހަރެއް ނޫނެވެ. ކުރިން ވެރިކަންކުރެއްވި ބޭބޭފުޅުންނާ ގުޅޭ ގޮތުންނާއި އެބޭފުޅުންގެ ދަރިންނާ ގުޅޭގޮތުން އެވެރިކަންތަކުގެ ދުވަސްވަރުވެސް ލައްކަ އެއްޗެހި ގޮވާ ނެގިއެވެ. އާދަ ފުރައްސާރަކޮށް ހެދިއެވެ. ކާޓޫނުތަކާއި އެޑިޓްކުރި ފޮޓޯތައްވެސް ދައުރުކޮށް ހެދީކީ މަދެއްކޮށެއް ނޫނެވެ. އެކިއެކި ބޯބޮލާއި ރާޖާތަކާއި ވަގާއި ޗޯރަށްވެސް ގޮވީއެވެ. ބޮޑެތި ޚާއިނުންގެ ގޮތުގައި ދަރިދަރިކަލުންވެސް ސިފަކުރިއެވެ. އެކަމަކު މިހާވަރެއް ނުވެއެވެ. މިކަމަކާ ހުރެ މުޅި ސަރުކާރު މިވަނީ ޑިފެންސަށް ފައިބާފައެވެ. ދައުވާކުރަން ހުށަހަޅާފައިވާއިރު ނަގަނަގައިގެން އެވާހަކަ ދައްކަމުންދަނީއެވެ. ސަރުކާރުގެ މޫނުމަތި ރީތިކުރަން ގެންގުޅޭ ކުދިން ލައްވައިވެސް މިނޫންކަމެއް ނެތެވެ. ނިންމާލަމުންވެސް ބުނަމެވެ. ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން އެދެއްކި ވާހަކަ ކުށްވެރިކުރަމެވެ. އެއީ ދައްކައިގެން ވާނެ ވާހަކައެއް ނޫނެވެ. ކޮންމެ މީހަކަށްވެސް އެމީހާގެ ދަރި ވަރަށް މުހިއްމުވާނެއެވެ. އެހާމެ ލޯބިވެސް ވާނެއެވެ. ދަރި ދޮންފުތުވެސް ވަނީ އެހެންވެގެންނެވެ.

ވޭޕްސަރުކާރުރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންސިއްރު

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

07 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟

ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟

04 ޑިސެމްބަރު 2025
ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު