Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ކުއްލި އެއްވުން

ގައުމުގެ ކަންކަން ހަލާކުވެ ހިނގައްޖެ، މިކަންކަން ރަނގަޅު ކުރެވޭނީ ރައްޔިތުން އެންމެން ނުކުމެ އަޑުއުފުލައިގެން: ބިގޭ

20 މާރިޗު 2025 | ބުރާސްފަތި 05:33

ގައުމުގައި ބޮއްސުންލާފައި ވާ ކަންކަން ހައްލުކުރަން މިތިބީ މަގުމައްޗަށް ނުކުމެ ކަމަށް ވިދާޅުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 20 މާރިޗު 2025 | ބުރާސްފަތި 05:33
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެމްޑީޕީގެ މުޒާހަރާގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެމްޑީޕީގެ މުޒާހަރާގައި ވާހަކަދައްކަވަނީ

މި ގައުމުގައި މިހާރު ރަނގަޅަށް ދާ އެއްވެސް ކަމެއް ނެތް ކަމަށާއި މުޅި ގައުމު ހަލާކުވެ ހިނގައްޖެ ކަމަށާއި މިކަންކަން ރަނގަޅު ކުރެވޭނީ ހުރިހާ ރައްޔިތުން މަގުތަކަށް ނުކުމެ އަޑު އުފުލައިގެން ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ބުދަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުންނެވެ.

ބިގޭ ވިދާޅުވީ ގައުމުގައި ބޮއްސުންލާފައި ވާ ކަންކަން ހައްލުކުރަން މިތިބީ ނުކުމެ ކަމަށާއި މި އިސްލާހީ ހަރަކާތުން އެމްޑީޕީއާއި އެ ޕާޓީގެ ބައިވެރިން ފަހަތައް ޖެއްސޭނޭ އެއްވެސް ބަޔަކު ނެތް ކަމަށެވެ.

ބިގޭ ވިދާޅުވީ އެންމެ ހާ ބާރުތަކެއް ފެށިގެން އަންނަނީ ދިވެހި ރައްޔިތުންގެ ކިބައިން ކަމަށާއި އެގޮތުން ދިވެހި ރައްޔިތުން ބޭނުންވެއްޖެ ކޮންމެކަމެއް ކުރާނޭ ކަމަށާއި ދިވެހި ރައްޔިތުންގެ ހައްޤު ހޯދަން އެ ރައްޔިތުން މަސައްކަތް ކުރާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ އެމްޑީޕީން މިހާރު ކުރަމުން މިގެންދާ މަސައްކަތަކީ ދިވެހި ރައްޔިތުންގެ ހައްޤުތައް ހޯދުމުގެ މަސައްކަތް ކަމަށާއި މި މަސައްކަތުގައި ކުޑަވެސް ފަސްޖެހުމެއް ނެތް ކަމަށެވެ.

ބިގޭ ވިދާޅުވީ ރާއްޖޭގައި ދުލާއި ގަލަމުގެ މިނިވަންކަން ހޯދާ، ބާރުތައް ވަކިވެފައިވާ ނިޒާމެއް ޤާއިމް ކުރީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށާއި އެތައް ދުވަހެއްގެ މަސައްކަތުން އާއްމުން ހާސިލްކުރި ހައްގުތައް މިހާރު ނިގުޅައިގަންނަމުންދާ ކަމަށް ބިގޭ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ޚިޔާލުފާޅުކުރުމުންނާއި ސަރުކާރާއި ދެކޮޅަށް ބަސްބުނުމުން އާއްމުން އަނދަގޮނޑި ޖަހައި ޖަލުގެ ކުޑަގޮޅިއަށް ލާ އެތަކެއް އަނިޔާތަކެއް ދިން ކަމަށެވެ. އަދި އެ އުސޫލު އަލުން އިއާދަވާން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރާއްޖޭގައި ރަނގަޅަށް އޮތީ ކޮންކަމެއްތޯ؟ ތިބޭފުޅުން ވިދާޅުވެބައްލަވާ.. މި ރާއްޖޭގައި ހަމަ އެއްވެސް ކަމެއް ރަނގަޅަކަށް ނެތް. އެހެން ކަމުން އަޅުގަނޑުމެން މިތިބީ މި ބީރުކަންފަތް ތަކަށް އަޑުއިއްވަން ނުކުމެ. އެ ސަބަބައްޓަކައި އަަޅުގަނޑުމެން މިތިބީ މަގުމައްޗަށް ނުކުމެ.
މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

މީގެ އިތުރުން ބިގޭ ވިދާޅުވީ އެމްޑީޕީން މަގުމައްޗަށް އެއްވެ މުޒާހަރާ ކުރަމުން ދަނީ ރާއްޖޭގައި އޮތް މިނިވަންކަން އެގޮތުގައި ދަމަހައްޓަން ކަަމަށާއި އަދި ޤައުމު އޮޔާ ދާތަން ބަލަން އެމްޑީޕީ އިން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިގޭ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިނާއަތެއް މިއަދު ފުނޑާލާ، މުޅި ގައުމުގެ ހުރިހާ މުއައްސަސާއަކަށް ރައީސްގެ ނުފޫޒު ފޯރުވާފައިވާ ކަމަށާއި މަގުމައްޗަށް ނުކުމެ އަޑު މިއުފުލަނީ އެކަމުގެ ސަބަބުން އާންމުން އެ އަނިޔާއިން ސަލާމަތްކުރައްވަން ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު ރަޝީދު ހުސައިންދިވެހި ރައްޔިތުންދުލާއި ގަލަމުގެ މިނިވަންކަންމޯލްޑިވްސް ޕޮލިސް ސަރވިސްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެއްޑީޕީ ކުއްލި އެއްވުންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް