Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މަރިޔަމް ވިސާމް

މަރިޔަމް ވިސާމް، ފަސްޓް ނޭޝަނަލްގެ ޗީފް ކޮމާޝަލް އޮފިސަރުކަމަށް އައްޔަންކޮށްފި

ފަސްޓް ނޭޝަނަލްއަކީ ރާއްޖޭގެ މާލީ ޚިދުމަތްތައް ކުރިއެރުވުމަށް މަސައްކަތްކުރާ ކުންފުންޏެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 18 މާރިޗު 2025 | އަންގާރަ 19:11
މަރިޔަމް ވިސާމް، ފަސްޓް ނޭޝަނަލްގެ ޗީފް ކޮމާޝަލް އޮފިސަރު

މަރިޔަމް ވިސާމް، ފަސްޓް ނޭޝަނަލްގެ ޗީފް ކޮމާޝަލް އޮފިސަރު

ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަޤާމަށް މަރިޔަމް ވިސާމް އައްޔަން ކުރައްވައިފި އެވެ. ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑް އޮފް ޑިރެކްޓަރުން ވަނީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަޤާމަށް މަރިޔަމް ވިސާމް އައްޔަންކުރައްވާފަ އެވެ. އޭނާ މި މަޤާމާއި ހަވާލުވެވަޑައިގެންނެވީ 16 މާރޗް 2025 ގައެވެ.ޗީފް ކޮމާޝަލް އޮފިސަރުގެ ހައިސިއްޔަތުން މަރިޔަމް ވިސާމްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފަސްޓް ނޭޝަނަލްގެ ވިޔަފާރީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެމަތިން ވިޔަފާރީގެ ސްޓްރެޓެޖީތައް އެކުލަވާލައި ތަންފީޒުކުރުމާއި، ޕްރޮޑަކްޓް ޑިވެލޮޕްމަންޓް ބެލެހެއްޓުމާއި، ސޭލްސް އަދި މާކެޓިންގ ޓީމްތައް މެނޭޖްކުރުމާއި، އަދި ސްޓްރެޓެޖިކް ޕާޓްނަރޝިޕްތައް ޤާއިމުކުރުން ހިމެނެއެވެ.މަރިޔަމް ވިސާމަކީ ކޯޕަރޭޓް ގަވަރނަންސް، ވިޔަފާރި އަދި މާލީ ގަވާއިދުތައް، އަދި ލީޑަރޝިޕްގެ ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ރެޖިސްޓްރަރ އޮފް ކޮމްޕެނީޒްގެ މަޤާމު ފުރުއްވުމުގެ އިތުރުން، 2014 އިން 2025 އަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ބޯޑު މެންބަރެއްގެ ގޮތުގައި ޚިދުމަތްކުރައްވާ، އެ އޮތޯރިޓީގެ ޓެކްނިކަލް ކޮމިޓީގެ ޗެއަރޕާސަންގެ މަޤާމުވެސް ފުރުއްވާފައިވެ އެވެ.މިހާރު އޭނާ ހުންނެވީ ރޯޓަރީ ކްލަބް އޮފް މާލޭގެ ރައީސާގެ މަޤާމުގައެވެ. އަދި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (މިފްސާ) ގެ ގަވަރނިންގ ބޯޑު މެންބަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވައެވެ.މަރިޔަމް ވިސާމް ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑްއިން ބިޒްނަސް އިކޮނޮމިކްސްގެ މާސްޓަރސް ޑިގްރީއާއި، ޔޫކޭގެ ނޯތަމްބްރިއާ ޔުނިވަރސިޓީއިން މާކެޓިންގ މެނޭޖްމަންޓްގެ ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފަ އެވެ.ފަސްޓް ނޭޝަނަލްއަކީ އިންވެސްޓްމަންޓް އެޑްވައިޒަރީ، ވެލްތް މެނޭޖްމަންޓް، އަދި ސެކިއުރިޓީޒް ޓްރޭޑިންގގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ތެރެއިން ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ބާރުވެރިކަން ހޯދައިދިނުމަށް މަސައްކަތްކުރާ، ރާއްޖޭގެ މާލީ ޚިދުމަތްތައް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ކުންފުންޏެކެވެ.

މަރިޔަމް ވިސާމްފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންޗީފް ކޮމާޝަލް އޮފިސަރމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

07 ޑިސެމްބަރު 2025
ސެލޫނެއް ތެރޭ މާރާމާރީ ހިންގި މައްސަލައެއް
ގައި ފުލުހަކު ހައްޔަރު ކޮށްފި

ސެލޫނެއް ތެރޭ މާރާމާރީ ހިންގި މައްސަލައެއް ގައި ފުލުހަކު ހައްޔަރު ކޮށްފި

07 ޑިސެމްބަރު 2025
ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

05 ޑިސެމްބަރު 2025
ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު