Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޭންގުތައް

ގޭންގުތައް ނެތް ކަމަށް ރައިސް ވިދާޅުވި ނަމަވެސް ގޭންގުތައް އުޅޭތޯ ބަލަން 576 ތަނެއް ބަލައި 108 މީހަކާއި ސުވާލު ކޮށްފި

ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 576 ސަރަހައްދެއް ބަލައިފާސްކޮށް 108 މީހަކާއި ސުވާލުކޮށް 30 އުޅަނދެއް ޗެކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2025 | ހޯމަ 03:23
ގޭންގް ސަޕްރެޝަން ޑިޕާޓްމަންޓުގެ ފުލުހުން ހަރަކާތްތެރިވަނީ

ގޭންގް ސަޕްރެޝަން ޑިޕާޓްމަންޓުގެ ފުލުހުން ހަރަކާތްތެރިވަނީ

ގޭންގުތައް ނެތް ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ގޭންގުތައް އުޅޭތޯ ބަލަން 576 ތަނެއް ބަލައި 108 މީހަކާއި ސުވާލު ކޮށްފި އެވެ.

ފުލުހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ 24 ގަޑި އިރު ތެރޭގައި މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 576 ސަރަހައްދެއް ބަލައިފާސްކޮށް، 108 މީހަކާއި ސުވާލުކޮށްފައިވެ އެވެ. އަދި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 30 އުޅަނދެއް ޗެކޮށްކޮފައިވާއިރު 6 އުޅަނދެއް ޓޯވކޮށްފައިވެ އެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ފުޓްޕެޓްރޯލްކޮށް ބަލަހައްޓާފައިވެ އެވެ. އެގޮތުން ޖުމްލަ 912 މިނިޓް ފުޓްޕެޓްރޯލް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

Advertisement - newsAdvertisement

ސަރުކާރަށް 2 އަހަރު ފުރުމައި ގުޅިގެން ބޭއްވި ހަފުލާއެއްގައި ރައީސް ވިދާޅުވެފައިވަނީ މި ފަހުން އަމަލުކުރަން ފެށި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޝަރީއަތަށް ގޮސް މިހާތަނަށް ގޭންގެއް ކަނޑައަޅަން ނުޖެހުނު ކަމަށާއި ރާއްޖޭގައި އެ ވަރުގެ ގޭންގެއް މިހާރު ނެތް ކަމަށެވެ.

މީގެ އިތުރުން މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ހެންވޭރު، ގަލޮޅު އަދި މާފަންނު ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ފާއިތުވި 2 ދުވަހު ކޮށްފައިވާ މަސައްކަތުގެ ތަފާސް ހިސާބު ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

އެގޮތުން މާފަންނު ފުލުހުން 21 އަދި 22 ވަަނަ ދުވަހު ވަނީ 4 މީހަކު ހައްޔަރުކޮށް، 154 މީހަކު މަޑުކޮށް ސުވާލުކޮށްފަ އެވެ. މީގެ އިތުރުން މި ދެ ދުވަހު އެކަނި ވަގަށް ނުވަތަ ފޭރުނު ކަމަށް ރިޕޯޓް ކުރި 210،310 ރުފިޔާ ގެ ތެރެއިން 113،240 ރުފިޔާ އަނބުރާ ހޯދައިދީފަ އެވެ. މާފަންނު ފުލުހުން 744 ތަނެއް ބަލާފައިވެ އެވެ.

ހެންވޭރު ފުލުހުން މި ދެ ދުވަހު ވަނީ އެކަކު ހައްޔަރު ކޮށް 247 މީހަކު ހުއްޓުވާ ސުވާލުކޮށްފަ އެވެ. އަދި 1062 ތަން ބަލާފައިވާ އިރު، ވަގަށް ނުވަތަ ފޭރުނު ކަމަށް ރިޕޯޓް ކުރި 157،444 ރުފިޔާ ގެ ތެރެއި 13،000 ރުފިޔާ އަނބުރާ ހޯދާފަ އެވެ.

ގަލޮޅު ޕޮލިހުން ވަނީ 8 މީހަކު ހައްޔަރުކޮށް، 655 ތަނެއް ބަލާފަ އެވެ. އަދި އެ ދުވަހު 89،930 ރުފިޔާ ވަގަށް ނުވަތަ ފޭރުނު ކަމަށް ރިޕޯޓް ކުރުމުން ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކުރިން ހުށަހެޅުނު އެފަދަ މައްސަލަތަކުގައި ހިމެނޭ ފައިސާ ހިމެނޭ ގޮތަށް 260،000 ރުފިޔާ އަނބުރާ ހޯދާފަ އެވެ.

ގޭންގު ކުށްތައްޕޮލިސްމާލެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު