އިދިކޮޅު އެމްޑީޕީގެ ކަނބަލުން ނަކީ ދައްކާ ބިރަކަށް ކުޑަކޮށްވެސް ބިރުގަނެ، ފަހަތައް ޖެހޭނޭ ބައެއް ނޫން ކަމަށާއި އެ ކަނބަލުން ސިޔާސީ ހަރަކާތްތައް ފިސާރި ކެރިގެން ބާރަށް ކުރިއަށް ގެންދާނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ އިހުތިޖާޖުތަކުގެ ތެރެއިން ހޯމަ ދުވަހުގެ ރޭ ކުރިއަށް ގެންދިއަ އިހުތިޖާޖުގައި ވާހަކަދައްކަވަމުން އަބްދުﷲ ވަޙިދު ވިދާޅުވީ އެމްޑީޕީގެ ކަނބަލުން ދެއިރު ދެ ދަޅައަށް ފުލުސް އޮފީހަށް ހާޒިރު ކުރިނަމަވެސް އެ ކަނަބަލުންގެ އަޒުމަކަށް، ހިތްވަރަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ދައްކާ ބިރަކަށް އެމްޑީޕީގެ ކަނބަލުން ފަހަތަށް ނުޖެއްސޭނޭ ކަމަށާއި އެކަނބަލުންގެ ހަރަކާތްތައް ރެއަކަށް ފަހު ރެއެއް ދާނީ ފޯރިއާއި އެކު ކުރިއަށް ކަމަށް ވަޙީދު ވިދާޅުވިއެވެ.
ވަޙީދު ވިދާޅުވީ އެމްޑީޕީ އަކީ ދިވެހި ރައްޔިތުންގެ ހައްޤުގައި އަބަދުވެސް ވަކާލާތުކޮށް އެ ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުގެންދާ ޕާޓީއެއް ކަމަށާއި އެގޮތުން މިހާރުވެސް މަސައްކަތް މި ކުރައްވަނީ ރައްޔިތުންގެ ހައްޤުގައި ކަމަށެވެ.
ވަޙީދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭނުންފުޅު ވާހާ ގޮތަކަށް މި ގައުމު ކުރިއަށް ގެންދިއަ ނުދެއްވާނޭ ކަމަށާއި އެގޮތުން އެމްޑީޕީން މިއަދު މަގުމަތީގައި އިހުިތިޖާޖު ކުރަމުން މި ގެންދަނީ ރައީސް މުއިއްޒުގެ މި ނުބައި ރޭވުން ތަކުން ދިވެހި ރައްޔިތުން ސަލާމަތްކޮށް ގައުމު އަމާން ބަނދަރަކަށް ގެއްދިއުމަށް ކަމަށެވެ.
ވަޙީދު ވިދާޅުވީ ރައީސް މުއިއްޒު އެ ގެންދަވަނީ ފުލުހުންނަށް އެ ބައިމީހުންގެ ޤާނޫނުތަކާއި މުޅިން ޚިލާފަށް ޙައިރު ޤާނޫނީ އަމަލުކުރުމަށް އަމުރު ނެރެމުން ކަމަށާއި އެފަދަ އަމުރުތަކަށް ފުލުހުން ކިޔަމަން ވާން ނުޖެހޭނޭ ކަމަށެވެ. އަދި މިއަދު އެމްޑީޕީގެ މެމްބަރުން ފުލުސް އޮފީހަށް އެ ހާޒިރު ކުރަނީ ވެސް ސީދާ ޣައިރު ޤާނޫނީ އަމުރުތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތިބޭފުޅުންނަށް އަމުރު އެ ކުރައްވަނީ ސީދާ ފުލުހުންގެ ޤާނޫނާއި ޚިލާފަށް. އެފަދަ އަމުރު ތަކަށް ފުލުހުން ކިޔަމަން ވާން ނުޖެހޭނެ. އަޅުގަނޑުމެން އިހުތިޖާޖު މި ކުރަނީ ޤާނޫނު އަސާސީގެ 32 ވަނަ މާއްދާއާއި 27 ވަނަ މާއްދާއިން ލިބިގެންވާ ހައްޤުގެ ބޭނުން ހިފައިގެން. އާދެ، ދިވެހިރާއްޖޭގައި ބައިނަލްއަޤުވާމީ ގޮތުން ހެދިފައި ހުރި މުއާހަދާތަކާއި ވެސް މުޅިން ޚިލާފަށް ތިބޭފުޅުން ލައްވާ ޣައިރު ޤާނޫނީ އަމަލު ކޮމިޝަނަރު އެ ކުރައްވަނީ.
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު![]()
ވަޙީދު ވިދާޅުވީ މިހާރު ފުލުހުންގެ ވެރިއަކަށް ހުންނެވި ކޮމިޝަނަރ އަލީ ޝުޖާއު އަކީ ވަރަށް ނާޤާބިލް ވެރިއެއް ކަމަށާއި އެ ބޭފުޅާ ވަގުތުން ވަގުތައް އެ މަޤާމުން ދުރުކުރަން ޖެހޭ ކަމަށެވެ. އަދި ޣައިރު ޤާނޫނީ އަމުރުތައް ފުލުހުންގެ މައްޗަށް ހިންގައިގެން ކުރަން އުޅުއްވާ މަސައްކަތް ކާމިޔާބު ނުވާނޭ ކަމަށް ވެސް ވަޙީދު ވިދާޅުވިއެވެ.
ވަޙީދު ވިދާޅުވީ އެމްޑީޕީން މި ކުރަމުން ގެންދާ އިސްލާހީ މަސައްކަތް ހުއްޓުމަށް ނާންނާނޭ ކަމަށާއި އެ ހަރަކާތް ސިލްސިލާކޮށް ކުރިއަށް ދާނޭ ކަމަށެވެ.