Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ޗައިނާގެ ކަނޑުގެ ދިރާސާކުރާ އުޅަނދުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މައުލޫމާތު ހޯދުމުގެ ހުއްދަ ދެނީ!

17 މާރިޗު 2025 | ހޯމަ 14:22

އިންޑިއާ ކަނޑުގައި މަސް އެގްރިގޭޓިން ޑިވައިސް (އެފްއޭޑީ) ގައި މަސް ހަރަކާތްތައް ޓްރެކްކޮށް ކަނޑުގެ މައުލޫމާތު އެއްކުރުމަށް ޑިވައިސްތައް ހަރުކުރުމަށް ރާއްޖެ އިން ޗައިނާއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މޯލްޑިވްސް ސަރުކާރު އިންޑިއާ ކަނޑުގައި ޑިވައިސްތައް ބެހެއްޓުމަށް ޗައިނާއާ އެކު މަޝްވަރާ ކުރަމުން އަންނަ ނަމަވެސް މި މަޝްރޫއުގެ ބާވަތް ސަރުކާރުން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ

މަޚްތޫމް
މަޚްތޫމް | 17 މާރިޗު 2025 | ހޯމަ 14:22
ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ފޮރިން މިނިސްޓަރާއެކު - ރާއްޖޭގެ ކަނޑުގެ މައުލޫމާތު ޗައިނާއަށް ހޯދޭނެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ފޮރިން މިނިސްޓަރާއެކު - ރާއްޖޭގެ ކަނޑުގެ މައުލޫމާތު ޗައިނާއަށް ހޯދޭނެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި | ރާއްޖެއެމްވީ

އިންޑިއާ ކަނޑުގައި މަސް އެގްރިގޭޓިން ޑިވައިސް (އެފްއޭޑީ) ގައި ޑިވައިސްތައް ބެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޗައިނާއާ އެކު މަޝްވަރާ ކުރަމުންދާއިރު، މިފަދަ ދިރާސާތަކުގެ ސްޓްރެޓެޖިކް އިމްޕްލިކޭޝަންތަކާ މެދު ކަންބޮޑުވުން ފާޅުކުރެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ޑިވައިސްތަކުން ކަނޑުގެ ކެމިކަލް އަދި ފިޒިކަލް ޑޭޓާ އެއްކުރުމުގެ އިތުރުން މަހުގެ ހަރަކާތްތައް ވެސް ޓްރެކް ކުރާނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޗައިނާއާއެކު މި މަޝްވަރާތައްކޮށްފައިވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. މިބައްދަލުވުމާ ގުޅިގެން ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީން ވަނީ ވަކި ތަފްސީލެއް ހާމަކޮށްފައި ނުވިނަމަވެސް މަޝްވަރާތައް ބޮޑަށް އަލިއަޅުވާލާފައިވަނީ އެއްބާރުލުން ހަރުދަނާކުރުމަށް ކަމަށް ބުނެފައެވެ.

ޗައިނާގެ އިންސްޓިޓިއުޓްގެ އޮފިޝަލުން ވަނީ ރާއްޖޭގެ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ އިތުރުން މޫސުމާ ބެހޭ އިދާރާގެ މަންދޫބުންނާ ވެސް ބައްދަލުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޗައިނާއިން މިހާރު މި ޑިވައިސްތައް އިންސްޓޯލް ކުރުމުގެ ހުއްދަ ހޯދުމަށް މީޓިއޮރޮލޮޖީ ޑިޕާޓްމަންޓާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މި މަޝްރޫއުގެ ބާވަތާއި، ކުރަން އުޅޭކަމެއް އަދި ހާސިލްކުރަން ބޭނުންވާ މަގުސަދެއް ސަރުކާރުން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ގުޅުން އިތުރުވުމާ ގުޅިގެން ކުރިއަށްދާ ކަމެއް ކަމަށާއި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ 2024 ވަނަ އަހަރުގެ ކުރީކޮޅު ޗައިނާގެ ރިސާޗް ވެސެލް ޝިއަންގް ޔަންގް ހޮންގް 03 ގެ ރާއްޖެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވުމެވެ. ޗައިނާގެ ފްލީޓުގައި ހިމެނޭ އެންމެ ކުރިއަރާފައިވާ އެއް ރިސާޗް ވެސެލްގެ ގޮތުގައި ސިފަކުރާ މި ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަހެއްހާ ދުވަސް ހޭދަކުރުމުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވެއެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ނުތަނަވަސްކަން އުފެދިފައި އޮއްވާއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބޯޓު ރީސަޕްލައި އާއި ކްރޫ ރޮޓޭޝަން އަށް ބަނދަރު ކުރަމުންދާ ކަމަށް ބުނި ނަމަވެސް، އިންޑިއާގެ ތަހުލީލު ކުރާ ފަރާތްތަކުން ވަނީ އަސްކަރީ ހަރަކާތާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންޑިއާ ކަނޑުގެ މައުލޫމާތު ޗައިނާއިން ނަގާކަމުގެ އެތައް ތުހުމަތެއް ކުރެވި ދެގައުމުގެ ގުޅުން ގޯސްވެފައި އޮއްވާ، މި ކަންބޮޑުންތަކަށް އިތުރު ނުތަނަވަސްކަމެއް ގެނެސް، ފެބްރުއަރީ 19 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮގްރަފީއާ ދެމެދު އިތުރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ސައިންޓިފިކް ދިރާސާތަކުގެ ނިވާކޮށްގެން ޖާސޫސީ އާލާތްތައް އިންސްޓޯލް ކުރެވިދާނެ ކަމުގެ ބިރު އޮތް އިރު، ރާއްޖޭގައި ޗައިނާއިން ހިންގާ ދިރާސާ ހަރަކާތްތައް ހަމައެކަނި ތިމާވެށީގެ ބޭނުމުގައި ނުވެދާނެ ކަމަށް ޝައްކުތައް ވަނީ އުފެދިފައެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ވެށި ދިރާސާކުރުމާއި މައުލޫމާތު ނަގައި ޗައިނާއިން ބޭނުންކުރެވޭ ގޮތަށް ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ގުއަންޑޮންގް ޕްރޮވިންސްގެ ގުއަންޒޯގައި ހުންނަ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީ، ޗައިނީސް އެކަޑަމީ އޮފް ސައިންސަސް (އެސްސީއެސްއައިއޯ) އަކީ ޗައިނާގެ އެންމެ ބޮޑު އެއް މެރިން ރިސާޗް އިންސްޓިޓިއުޓެވެ. މިވަގުތު އެ އިންސްޓިޓިއުޓުގައި 600 އަށް ވުރެ ގިނަ މުވައްޒަފުން ތިބިއިރު، އޭގެ ތެރޭގައި ގާތްގަނޑަކަށް 100 ސީނިއާ ސައިންސްވެރިންނާއި 100 އަށް ވުރެ ގިނަ ކްރޫއިންނާއި 400 ދަރިވަރުންނާއި ޕޯސްޓްޑޮކްޓަރުން ހިމެނެއެވެ.

އެސްސީއެސްއައިއޯގެ މިޝަނަކީ ސަރަހައްދީ އަދި ދުނިޔޭގެ ކަނޑުތަކާ ބެހޭ ގޮތުން ފުން ދިރާސާތަކެއް ކުރުމާއި، ޚާއްސަކޮށް ދެކުނު ޗައިނާ ކަނޑާއި، އިންޑިއާ ކަނޑާއި، ހުޅަނގު ޕެސިފިކް ކަނޑުތަކާ ބެހޭ ގޮތުން ފުން ދިރާސާތަކެއް ކުރުމެވެ.

މި ސަރުކާރު ވެރިކަމަށް އައިތަނާވެސް ރާއްޖޭގައި ޗައިނާގެ ކަނޑުގެ ދިރާސާތައް ކުރާ އުޅަނދެއް ހަރަކާތްތެރިވެފައިވެއެވެ.

ރާއްޖެއިން ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ތިމާވެށި ރައްކާތެރިކުރުމާއި ކަނޑުގެ ދިރާސާތަކުގައި ޓެކްނޮލޮޖީގެ ރޮނގުން އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާ ކަމަށް ބެލެވެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން މި ކަމާ ގުޅޭ ގޮތުންބުނީ މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމުގައެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ވެށި ދިރާސާކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އީޕީއޭއިން ބުނެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ހިންގާނެ ޚާއްސަ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެ-އިންޑިއާ ޖިއޮގްރަފިކަލް ގޮތުން ކައިރިވުމުން، އެގައުމުގެ ސްޓްރެޓެޖިކް ނިންމުންތައް ވަކިން ހާއްސަކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި މުހިންމުވެގެންދެއެވެ. އިންޑިއާގެ ލަކްޝަދީޕް އައިލެންޑްސް އާއި އެންމެ 70 ނޯޓިކަލް މޭލު ދުރުގައި އޮންނަ ރާއްޖެއަކީ ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގުތަކުގައި އޮންނަ ގައުމެއް ކަމުން މިއީ ޖިއޮޕޮލިޓިކަލް ޝައުގުވެރި ސަރަހައްދެކެވެ. އިންޑިއާއިން މީގެ ކުރިން ވަނީ ޗައިނާގެ ރިސާޗް އުޅަނދުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ، އެ އުޅަނދުތަކުގެ ހަރަކާތްތައް ގާތުން ބަލަމުންދާތީ ނުތަނަވަސްކަން ފާޅުކޮށްފައެވެ.

ދިވެހީންނަށް ކަނޑުގެ މުއްސަނދިކަން ހޯދުމުގެ ހައްގު ލިބިގެންވާ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު ދެއްވި ނަމަވެސް، މި އެއްބަސްވުންތަކުގެ ހަމަކަން ކުޑަވުމާއެކު މިކަމުގައި ދެވަނަ ނަޒަރަކުން ވިސްނަން ވަނީ ޖެހިފައެވެ. ހާމަކަން ބޮޑުކަމަށް ވައުދުވެ އައި ސަރުކާރުން ޗައިނާގެ ރިސާޗް ހަރަކާތްތަކުގެ ދާއިރާއާ ބެހޭ ފުރިހަމަ ތަފްސީލެއް މިހާތަނަށް ދީފައިނުވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 އޯގަސްޓު 2017

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟
26 ޖުލައި 2017

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި
16 ޖުލައި 2017

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟
07 ޖުލައި 2017

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
11 އެޕްރީލު 2017

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017
ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
03 މާރިޗު 2017

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް
23 ފެބުރުއަރީ 2017

ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟

23 ފެބުރުއަރީ 2017
ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟
20 ޖެނުއަރީ 2017

ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

20 ޖެނުއަރީ 2017
ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް