Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ކުއްލި އެއްވުން

"މުޒާހަރާކުރުމުން ފުލުހަށް ހާޒިރުކުރުމަކީ މީގެ 19 ވަރަކަށް އަހަރު ކުރިން ބޭނުންކޮށް ފެއިލްވެފައިވާ ސިޔާސަތެއް"

17 މާރިޗު 2025 | ހޯމަ 12:12

މަންދީ ފުލުހަށް ހާޒިރު ކުރީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަދައްކާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 މާރިޗު 2025 | ހޯމަ 12:12
އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ފާތިމަތު ޝިއުނާ ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުން - 17.03.2025

އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ފާތިމަތު ޝިއުނާ ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުން - 17.03.2025

މުޒާހަރާކުރުމުން ފުލުހަށް ހާޒިރުކުރުމަކީ މީގެ 19 ވަރަކަށް އަހަރު ކުރިން ބޭނުންކޮށް ފެއިލްވެފައިވާ ސިޔާސަތެއް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ފާތިމަތު ޝިއުނާ ވިދާޅުވެއްޖެއެވެ.

މިހާރު އެމްޑީޕީން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މަރިޔަމް ޒުބައިރު (މަންދީ) އަދި ފާތިމަތު ޝިއުނާ ފުލުހަށް ހާޒިރުކުރީ ހޯމަ ދުވަހުއެވެ. އެ ދެ މީހުން ވެސް ފުލުހަށް ހާޒިރުކޮށްފައި ވަނީ ހޯމަ ދުވަހު މެންދުރު ފަހު 13:30 އަށެވެ.

Advertisement - newsAdvertisement

ފުލުހަށް ހާޒިރުކުރުމާއި މެދު ވާހަކަދައްކަވަމުން ޝިއުނާ ވިދާޅުވީ މުޒާހަރާކުރުމަކީ މި ގައުމުގައި އަލަށް ހިނގާ ކަމެއް ނޫން ކަމަށެވެ. މީގެ ކުރިން މިއަށް ވުރެ ވަރުގަދަ މުޒާހަރާތައް ކުރި އިރު ވެސް ފުލުހަށް ހާޒިރުކޮށް ބިރުދައްކާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީން ނުކުންނަނީ ސަރުކާރުން އާއްމުންގެ ހައްގުތައް ހޯދައިދިނުމަށް ކަމަށާއި އެއީ ކުށެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ޝިއުނާ ވިދާޅުވީ މިހެން ބިރު ދައްކައިގެން އެމްޑީޕީ ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.

ފުލުހަށް ހާޒިރުވުމަށް އަންގާ ޝިއުނާ އަށް އަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ، 2025 މާރިޗް 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގު މަތީގައި އެއްވެ، އަޑު ގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރު ކުރުމަށާއި، އާންމު ވިޔަފާރީތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރުއަދާ ކުރުމަށްހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މަންދީ އަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ ވަނީ އޭނާ ފުލުހަށް ހާޒިރު ކުރަނީ ޗިލްޑްރަންސް އޮމްބޮޑްސްޕަރސަންގެ އޮފީހުން ހުށަހަޅާފައިވާ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަދައްކާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އެ ޗިޓުގައި ހިމަނާފަ އެއް ނުވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 މާރިޗު 2017

ފާރިސް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

23 މާރިޗު 2017
ފާރިސް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި
23 މާރިޗު 2017

އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

23 މާރިޗު 2017
އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!
23 މާރިޗު 2017

ރީޓްވީޓެއް ކޮށްގެން ނާޘިމް ސައްތާރު ފުލުހަށް!

23 މާރިޗު 2017
ރީޓްވީޓެއް ކޮށްގެން ނާޘިމް ސައްތާރު ފުލުހަށް!
09 މާރިޗު 2017

ލޫކަސް ޖަލީލް ފުލުހަށް ހާޒިރުކުރަނީ

09 މާރިޗު 2017
ލޫކަސް ޖަލީލް ފުލުހަށް ހާޒިރުކުރަނީ
06 މާރިޗު 2017

ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކު ފުލުހަށް ހާޒިރު ވުމަށް ޗިޓް ފޮނުވައިފި

06 މާރިޗު 2017
ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކު ފުލުހަށް ހާޒިރު ވުމަށް ޗިޓް ފޮނުވައިފި
19 ފެބުރުއަރީ 2017

އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިހުރި ތަނަށް ސައިކަލު އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި

19 ފެބުރުއަރީ 2017
އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިހުރި ތަނަށް ސައިކަލު އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް