Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެމްޑީޕީ ކުއްލި އެއްވުން

ކުއްލި އެއްވުންތަކާއެކު މުޅި ސަރުކާރު ގުޑަނީ

އެމްޑީޕީން ބާއްވާ ކުއްލި އެއްވުންތަކާއެކު މުޅި ސަރުކާރު ގުޑަންފަށާފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެއީ ސަބަބު ތަކެއް ވެސް ނެތިއެއް ނޫނެއެވެ. އެއްވުންތައް ބާއްވާއި، ސަރުކާރާ ދެކޮޅަށް އަޑު އުފަލަން ފެށިފަހުން ހަފްތާއެއްގެ ތެރޭގައި ބައެއް އާއްމުންނާއި، އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް ބިރު ދެއްކުމުގެ ގޮތުން ފުލަހަށް ވަނީ ހާޒިރު ކުރަން ފަށާފައެވެ.

އަމްނާ އިމާދު
އަމްނާ އިމާދު | 17 މާރިޗު 2025 | ހޯމަ 07:47
އެމްޑީޕީ ކުއްލި އެއްވުން - ފުލުހުން މުޒާހަރާގެ އަންހެން ބައިވެރިންނަށް އަނިޔާކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން އާއްމުން ދަނީ ފާޅުކުރަމުން

އެމްޑީޕީ ކުއްލި އެއްވުން - ފުލުހުން މުޒާހަރާގެ އަންހެން ބައިވެރިންނަށް އަނިޔާކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން އާއްމުން ދަނީ ފާޅުކުރަމުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ގިނަ ރައްޔިތުން ވޯޓުލައިގެން ވެރިކަން ހަވާލު ކުރެއްވީ ވަރަށް ގިނަ އުންމީދުތަކާއެކު އެވެ. ގައުމުގައި ހުރި ގިނަ ކަންކަމަށް ހައްލު ލިބޭނެ ކަމަށް އުންމީދު ކޮށްގެންނެވެ. ދިރިއުޅުމަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމަށް އަހަރަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދިޔައީ ދަށެވެ. އާއްމު ކާބޯތަކެތީގެ އަގުތައް އުފުލި، ލިބޭ އާމްދަނީ ދަށްވެ، ހައްގުތަކުންވީ މަހުރޫމެވެ.

ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ބަދަލުގައި މިސަރުކާރުން ވަނީ ކުރީ ސަރުކާރުން ދީފައިވާ ގޯއްޗާއި، ފްލެޓުތަކަށް ވެސް ހިޔާނަތްތެރިވެ، ލިސްޓު ގަޑުބަޑު ކޮށްފައެވެ. ނަތީޖާއެއް ގޮތުން ގިނަ ރައްޔިތުން ސަރުކާރާ ދެކޮޅަށް ނުކުމެ، ހައްގުތައް ހޯދުމަށް މަސައްކަތް ކުރަން ބޭނުންވި އެވެ. ގިނަ ރައްޔިތުންގެ އެދުމުގެ މަތީން އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން ރައްޔިތުންގެ ހައްގުތައް ހޯދުމަށް މަގުމައްޗަށް މިވަނީ ނުކުމެފައެވެ.

އެމްޑީޕީން ބާއްވާ ކުއްލި އެއްވުންތަކާއެކު މުޅި ސަރުކާރު ގުޑަންފަށާފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެއީ ސަބަބު ތަކެއް ވެސް ނެތިއެއް ނޫނެއެވެ. އެއްވުންތައް ބާއްވާއި، ސަރުކާރާ ދެކޮޅަށް އަޑު އުފަލަން ފެށިފަހުން ހަފްތާއެއްގެ ތެރޭގައި ބައެއް އާއްމުންނާއި، އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް ބިރު ދެއްކުމުގެ ގޮތުން ފުލަހަށް ވަނީ ހާޒިރު ކުރަން ފަށާފައެވެ.

އެގޮތުން މިހާތަނަށް މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރާއީ، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ސަލީމް (މާޒް ސަލީމް)، އަދި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކާއި އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މުޙައްމަދު ޝާމިން އަދި މަރިޔަމް ޒުބައިރު (މަންދީ) ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އަދިވެސް ބައެއް އާއްމުންނާއި، ޕާޓީގެ މެންބަރުން ފުލުހަށް ހާޒިރުވާން އަންގައި ވަނީ ޗިޓްތައް ފޮނުވާފައެވެ.

މީގެ އިތުރުން މިއެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކަށް މަގުމަތިން ފުރައްސާރަ ކުރުމާއި، ބިރު ދެއްކުމުގެ ކަންކަން ދަނީ ހިންގަމުންނެވެ. އެގޮތުން މިމަހުގެ 16 ވީ އާދިއްތަ ދުވަހުގެ ރޭ، މަންދީ ގަޔަށް ބަޔަކު ވަނީ ކަޅު ތެޔޮ ޖަހާފައެވެ. މާލޭގެ ވުޑްބެރީ ރެސްޓޯރަންޓް ހިމެނޭ ސަރަހައްދުގައި މިހާދިސާ ހިނގިއިރު، މަންދީގެ ގަޔަށް ކަޅު ތެޔޮ ޖަހާފައިވަނީ ހެލްމެޓް އަޅައިގެން މާސްކް އަޅައިގެން ސައިކަލުގައި ދިޔަ ބައެކެވެ.

އެއްވެ އުޅުމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާއިރު، ސަރުކާރާއި ދެކޮޅަށް ބާއްވާ އެއްވުންތަކާއި، މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތަތަކަށް މިފަދަ ގޮތަކަށް ފުރައްސާރަކޮށް، ޖެއްސުން ކުރުމުން މިސަރުކާރުގެ އަނިޔާވެރިކަން ހާމަވެއެވެ. މަގުމަތީގެ އަމާންކަމާއި، ރައްކާތެރިކަން ނެތްކަން އެނގިގެން ދެއެވެ. މިފަދަ އަމަލުތަކުން ގާނޫނު ތަންފީޒު ކުރަން ތިބި އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލި، ކުރިއަށް އޮތްތަނުގައި ގިނަ ބަޔަކު މި ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

އެއީ މާޒީއަށް ބަލާއިރު، އެމްޑީޕީއަކީ މުޒާހަރާއަށް ފަރިތަ ޕާޓީއެކެވެ. ފުލުހަށް ހާޒިރު ކުރުމާއި، ކަޅުތެޔޮ ޖެހުމާއި، ޖަލަށް ލުމާއި، ފުރައްސާރައިން އެ ޕާޓީގެ މެންބަރުން ފަހަތަށް ނުޖެއްސޭނެކަން އޭއީ ފެންނަން އޮތް ހަގީގަތެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟
11 އެޕްރީލު 2017

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!
23 މާރިޗު 2017

ސަރުކާރު މަރަށް ތެޅެނީތަ؟

23 މާރިޗު 2017
ސަރުކާރު މަރަށް ތެޅެނީތަ؟
23 ފެބުރުއަރީ 2017

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟
16 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

16 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު