Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ރަޝިޔާއާ ދެކޮޅަށް އިގްތިސާދީ އިތުރު ފިޔަވަޅުތައް އެޅުމަށް އިނގިރޭސި ބޮޑު ވަޒީރު ގޮވާލައްވައިފި 

ބޮޑު ވަޒީރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ ހުށަހެޅުއްވުމަށް ރަޝިޔާގެ ފަރާތުން ދެއްވި އިޖާބައިން ދައްކުވައި ދެނީ، އަސްލު ސުލްޙަ އަށް ޝައުޤުވެރިވާން ޕުޓިން ބޭނުންފުޅު ނުވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 މާރިޗު 2025 | އާދީއްތަ 05:47
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، އިނގިރޭސިވިލާތުގެ ލަންޑަންގެ 10 ޑައުންނިން ސްޓްރީޓްގައި ހުންނަ ރޯޒް ގާޑަންގައި ދެއްވި ތަގުރީރާއި ނޫސްވެރިންގެ ބައްދަލުވުމެއްގައި  ވާހަކަ ދައްކަވަނީ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، އިނގިރޭސިވިލާތުގެ ލަންޑަންގެ 10 ޑައުންނިން ސްޓްރީޓްގައި ހުންނަ ރޯޒް ގާޑަންގައި ދެއްވި ތަގުރީރާއި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޔުކްރެއިންގެ ހަނގުރާމަ އަށް ހުއްޓުމެއް ގެނައުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ފަސްޖެހޭ ނަމަ، އެގައުމާ ދެކޮޅަށް އިތުރު އިގްތިސާދީ ފިޔަވަޅުތައް އެޅުމަށް ބާރު އަޅަން ޖެހޭ ކަމަށް އިނގިރޭސި ބޮޑު ވަޒީރު ކިއަ ސްޓާމާ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމާ މެދު މަޝްވަރާ ކުރަން ބޭނުންފުޅުވާ ކަމަށް ޕުޓިން ވިދާޅުވި ނަމަވެސް، މައްސަލައިގެ އަސްލު ސަބަބުތައް ހައްލު ނުކޮށް އެ ހުށަހެޅުމަށް ތާއީދު ކުރައްވަން ފެނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ހުކުރު ދުވަހު އިނގިރޭސި ބޮޑު ވަޒީރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ ހުށަހެޅުއްވުމަށް ރަޝިޔާގެ ފަރާތުން ދެއްވި އިޖާބައިން ދައްކުވައި ދެނީ، އަސްލު ސުލްޙަ އަށް ޝައުޤުވެރިވާން ޕުޓިން ބޭނުންފުޅު ނުވާ ކަމަށެވެ. 

ސްޓާމާ މި ވާހަަކަތައް ދައްކަވާފައި މި ވަނީ، 25 ގައުމެއްގެ ލީޑަރުންނާ އެކު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ އޮންލައިން ބައްދަލުވުމެއްގެ ކުރިންނެވެ.

އެ ބައްދަލުވުމުގައި ޔުކްރެއިން އަށް އިތުރު އެހީތެރިކަން ފޯރު ކޮށްދިނުމާއި، އެގައުމު ގައި ސުލްހަ ގާއިމު ކުރުމަށްޓަކައި، ސުލްހަ ބެލެހެއްޓުމުގެ މިޝަނެއް ގާއިމު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ އެވެ.

މި ބައްދަލުވުމަކީ މި މަހުގެ ކުރީކޮޅު ފްރާންސްގެ ރައީސް އިމަނުއެލް މެކްރޯން އާއެކު ބޭއްވި ސަމިޓެއްގެ ފޮލޯއަޕް ބައްދަލުވުމެކެވެ. އެ ސަމިޓް ބޭއްވުނީ އެމެރިކާ އިން ޕުޓިން އާއެކު ސީދާ މަޝްވަރާތައް ފެށުމުން ޔޫރަޕުގެ ބައެއް ގައުމުތަކުން ކަންބޮޑުވުން އުފައްދާފައިވާ ދަނޑިވަޅެއްގަ އެވެ.

ރަޝިޔާ އިން ބުނެފައި ވަނީ ހަނގުރާމަ ނިމުމަށްފަހު، ޔުކްރެއިން ގައި ނޭޓޯގެ މެންބަރު ގައުމުތަކުގެ ސިފައިން ބޭތިއްބުމާ ދެކޮޅު ކަމަށެވެ. އަދި ޔުކްރެއިން އިން ސަރަހައްދުތަކެއް ދޫކޮށްލުމަށާއި، ވަކި ފަރާތަކަށް ނުޖެހި ތިބުމަށާއި، ހަތިޔާރު ނުގެންގުޅުމަށް އެދިފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު