Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާޒް ސަލީމް ފުލުހަށް ހާޒިރުކުރުން

ރާއްޖޭގައި މިހާރު މިއޮތީ ގާނޫނީ ސަރުކާރެއް ނޫން: މާޒް ސަލީމް

14 މާރިޗު 2025 | ހުކުރު 13:07

ފުލުހަށް ހާޒިރުކުރަނީ ބިރު ދެއްކުމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 14 މާރިޗު 2025 | ހުކުރު 13:07
ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ

ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ

ދިވެހިރާއްޖޭގައި މިހާރު މިއޮތީ ގާނޫނީ ސަރުކާރެއް ނޫން ކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ 4:00 ށް އޭނާ ވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައެވެ. ސަލީމް ފުލުހަށް ހާޒިރު ކުރުމަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ މާރޗް 12 ވީ ބުދަ ދުވަހުގެ ރޭ މާލޭގައި ސަލީމާއި އިތުރު ބަޔަކު ބައިވެރިވެގެން، ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ޚިލާފަށް މާލޭ ސިޓީގެ އެކި މަގުތަކަށް އެއްވެ، އަޑުގަދަކޮށް އާއްމު ދަތުރުފަތުރަށް ހުރަސް އަޅާ އާއްމު މަސްލަހަތު ނަގާލަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. ސަލީމް ފުލުހަށް ހާޒިރުކުރަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އޭނާ އާއި ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ވެސް އެ ޗިޓުގައި ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

މި މައްސަލާގައި ފުލުހަށް ބަޔާން ދިނުމުގެ ކުރިން ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުގައި ސަލީމް ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ހޯދުމަށް މިހާރު ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާއި ގުޅިގެން ފުލުހަށް ހާޒިރުކުރަނީ ބިރު ދެއްކުމަށް ކަމަށާއި، މިގޮތަށް އަޑު އުފުލުމަކީ ވެސް ސަރުކާރުން ބިރު ގަންނަ ކަމެއް ކަމަށެވެ.

ސަލީމް ވިދާޅުވީ މިސަރުކާރަކީ ގާނޫނީ ސަރުކާރެއް ނޫން ކަމަށާއި، ވެރިކަން ހިންގަމުންދަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އަދި ބާރުތައް އެއްކޮށް، ރައްޔިތުންގެ ހައްގުތައް ނިގުޅައި ގަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ބިރު ދައްކައިގެން ރައްޔިތުން ފަހަތަކަށް ނުޖެހޭނެ އެނގޭތޯ. ސިޔާސީ ގޮތުން އެބިރު ގަންނަވަނީ. ސަރުކާރަކީ ފެއިލްވެފައިވާ ސަރުކާރެއް. ގާނޫނީ ސަރުކާރެއް ނޫން މިތާގައި މިއޮތީއެއް. މުޅި ގާނޫނު އެއްކޮށް ފުނޑާލާފައި މިއޮތީ މުޅި ސިސްޓަމް އެއްކޮށް މިއޮތީ އަތަށް ނަގާފައި. އެކެއްގެ އަތް މައްޗަށް ނަގާފައި. ބާރުވެރިކަން މިވެރި މީހާގެ އަތްމައްޗަށް ނަގައިގެން ބޭނުންހާ ގޮތަކަށް ކަން ކުރަމުން މިދަނީ. ރައްޔިތުންނަށް އެބަ އެނގޭ މީނަ މިގެންދަނީ ކޮން ދިމާލަކަށްކަން ކޮން މިސްރާބަކަށްކަން ދިވެހިރާއްޖެ މިގެންދަނީ. ރައްޔިތުން ބިރެއް ނުގަނޭ މިއަދު. ރައްޔިތުން ފަހަތަށް ނުޖެހޭނެ. އެއްގޮތަކަށް ވެސް ސަރުކާރުން އެހެން ހީފުޅުވާ ކަމަށް ވަންޏާ އެއީ ވަރަށް ބޮޑު ކުންހީއެއް އެނގޭތޯ. ނުވަތަ ބިރު ދައްކައިގެން ފަހަތަށް ޖެއްސޭނެ ކަމަށް
ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް

ސަލީމް ވިދާޅުވީ މުޒާހަރާތަކާއި ގުޅިގެން ފުލަހަށް ހާޒިރު ނުކުރެވޭނެ ކަމަށާއި، މިއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އަޑު އުފުލަމުންދަނީ ގާނޫނުން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް