Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ-ޔުކްރެއިން ހަނގުރާމަ

ޕުޓިން ދެއްވީ އުންމީދީ ބަޔާނެއް، އެކަމަކު އެއީ އެންމެ ފުރިހަމަ ބަޔާނެއް ނޫން: ޓްރަމްޕް

ޕުޓިންއާ ބައްދަލު ކުރައްވަން ނުވަތަ ވާހަކަފުޅު ދައްކަވަން ބޭނުންފުޅުވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ވީ އެންމެ އަވަހަކަށް ހަނގުރާމަ ހުއްޓާލުމުގެ ކަންކަން ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 މާރިޗު 2025 | ހުކުރު 06:12
މީގެ ކުރިން ވައިޓް ހައުސްގައި ހުންނަވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވަނީ

މީގެ ކުރިން ވައިޓް ހައުސްގައި ހުންނަވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވަނީ

ރަޝިއާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ މެދު ކަނޑާލަށް އެމެރިކާ އިން ހުށަހެޅި ހުށަހެޅުމާ ގުޅޭ ގޮތުން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ދެއްވީ "ވަރަށް އުންމީދީ" ބަޔާނެއް ކަމަށާއި. ނަމަވެސް އެއީ "އެންމެ ފުރިހަމަ" ބަޔާނެއް ނޫން ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާ އިން ހުށަހަޅާފައި ވަނީ 30 ދުވަހުގެ މުއްދަތަކަށް ރަޝިއާ-ޔުކްރެއިން ހަނގުރާމަ މެދު ކަނޑާލުމަށެވެ. އެކަމަށް ޔުކްރެއިން އިން ވަނީ އެންމެ ފުރަތަަމަ ވެސް އެއްބަސްވެފަ އެވެ. ރަޝިއާ އިން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި ތިއްބައި، ބުރާސްފަތި ދުވަހު ޕުޓިން ވަނީ އެ ހުށަހެޅުން ރަޝިއާ އިން ވެސް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، މި މައްސަލައިގެ އަސްލު ސަބަބުތަކަށް ހައްލެއް ގެންނަން ޖެހޭނެ ކަމަށާއި، އަދި އިތުރު ގިނަ ކަންތައްތަކާ މެދު މަޝްވަރާ ކުރަން ޖެހޭ ކަމަށް ވެސް ޕުޓިން ވިދާޅުވެފައިވެ އެވެ.

ވައިޓް ހައުސް ގައި ނޭޓޯގެ އިސްވެރިޔާ މާކް ރުޓެއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ޕުޓިންގެ ބަޔާނާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ޕުޓިން ދެއްވީ ވަރަށް އުންމީދީ ބަޔާނެއް ކަމަށާއި، ނަމަވެސް އެއީ އެންމެ ފުރިހަމަ ބަޔާނެއް ނޫން ކަމަށެވެ.

މީގެ އިތުރުން  ޕުޓިންއާ ބައްދަލު ކުރައްވަން ނުވަތަ ވާހަކަފުޅު ދައްކަވަން ބޭނުން ފުޅުވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ވީ އެންމެ އަވަހަކަށް ހަނގުރާމަ ހުއްޓާލުމުގެ ކަންކަން ފުރިހަމަ ކުރަން ޖެހޭ ކަމަށެެވެ.

"އޭނާ (ޕުޓިން) ދެއްވީ ވަރަށް އުންމީީދީ ބަޔާނެއް، އެކަަމަކު އެއީ އެންމެ ފުރިހަމަ ބަޔާނެއް ނޫން." ޓްރަމްޕް ވިދާޅުވި އެވެ. 

އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ރަޝިއާގެ މޮސްކޯ އަށް ވަޑައިގެންފައިވާ އިރު، ޓްރަމްޕް ވިދާޅުވީ ރަޝިއާ އިން ސުލްހައިގެ ޕްލޭން ބަލައި ނުގެންފި ނަމަ އެއީ، "ދުނިޔެ އަށް ވަރަށް ބޮޑު ހިތާމަ އަކަށް" ވާނެ ކަމަށެވެ.

ދިގު މުއްދަތުގެ ސުލްހައެއް ގާއިމު ކުރުމަށް ކުރެވޭ މަޝްވަރާތަކު ގައި، ޔުކްރެއިން އިން ރަޝިއާ އަށް ދޫކޮށްލަން ޖެހޭ ސަރަހައްދުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވެމުންދާ ކަމަށް ޓްރަމްޕް ހާމަކުރެއްވި އެވެ.

އަދި ޒަޕޮރިޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓްގެ ވެރިކަން ލިބޭނީ ކޮން ފަރާތަކަށްތޯ ވެސް މަޝްވަރާ ކުރެވެމުންދާކަން ފާހަގަކުރެއްވި އެވެ.

ފާއިތުވި ހަފްތާގައި ސައުދީ އަރަބިއްޔާ ގައި ބޭއްވުނު މަޝްވަރާތަކު ގައި ޔުކްރެއިން އިން ވަނީ ހަނގުރާމަ 30 ދުވަހުގެ މުއްދަތަކަަށް ހުއްޓުމަށް އެއްބަސްވެފަ އެވެ.

މިއީ މިދިޔަ ފެބްރުއަރީ 28 ގައި ޓްރަމްޕާއި، ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާ ދެމެދު އޮވަލް އޮފީހު ގައި ބޭއްވުނު ބައްދަލުވުން ހޫނުވެ، ބަހުގެ ހަމަލާތަކެއް ބަދަލު ކުރި ފަހުން އައި ކުރިއެރުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއިން އުޅެނީ ރަޝިޔާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން: ޕުޓިން

އެމެރިކާއިން އުޅެނީ ރަޝިޔާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން: ޕުޓިން

29 ޖެނުއަރީ 2018
ހަރީރީ އިސްތިއުފާދެއްވީ ސައުދީން މަޖުބޫރުކޮށްގެން: ނިއުޔޯކް ޓައިމްސް

ހަރީރީ އިސްތިއުފާދެއްވީ ސައުދީން މަޖުބޫރުކޮށްގެން: ނިއުޔޯކް ޓައިމްސް

25 ޑިސެމްބަރު 2017
މުގާބޭ އިސްތިއުފާ ދެއްވީ 10 މިލިއަން ޑޮލަރަށް

މުގާބޭ އިސްތިއުފާ ދެއްވީ 10 މިލިއަން ޑޮލަރަށް

26 ނޮވެމްބަރު 2017
ހަރީރީ މަގާމުން އިސްތިއުފާ ދެއްވީ ސައުދީން ބުނިބުނުމެއްގެ މައްޗަށް: ހިޒްބުﷲ ޖަމާއަތުގެ ލީޑަރު

ހަރީރީ މަގާމުން އިސްތިއުފާ ދެއްވީ ސައުދީން ބުނިބުނުމެއްގެ މައްޗަށް: ހިޒްބުﷲ ޖަމާއަތުގެ ލީޑަރު

06 ނޮވެމްބަރު 2017
ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި

ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި

18 މެއި 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު