Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ މުޒާހަރާ

"މިހާ ވަރަށް ވެރިއަކު ދޮގު ހެދުމުން، ދެން މަގުމައްޗަށް ނުކުމެ ވެރިމީހާ ހަމަ މަގަށް އެޅުވުމަކީ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް"

އޭނާ ވިދާޅުވީ ޚާއްސަކޮށް ރޯދަ މަސް ފަދަ މަހެއްގައި ހައްގުތައް ހޯދަން ނުކުންނަން ޖެހޭ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 13 މާރިޗު 2025 | ބުރާސްފަތި 18:09
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އެމްޑީޕީން 13 މާރޗް 2025ގައި ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަނީ

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އެމްޑީޕީން 13 މާރޗް 2025ގައި ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އާއްމުންނަށް އޮޅުވާލައްވަމުން ކަމަށާއި، ގައުމެއްގެ ވެރިކަމަށް އަންނަ މީހަކު މިހާ ވަރަށް ދޮގު ހެދުމުން، ރައްޔިތުން ނުކުމެ ވެރި މީހާ ހަމަ މަގަށް އެޅުވުމަކީ އާއްމުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭގެ އެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ޚާއްސަކޮށް ރޯދަ މަސް ފަދަ މަހެއްގައި ހައްގުތައް ހޯދަން ނުކުންނަން ޖެހޭ ކަމަށެވެ. އީމާންކަން އިތުރުވާ ވަރަކަށް އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވާ މިންވަރު އިތުރުވާނެ ކަމަށް އޭނާ ސިފަކުރެއްވިއެވެ. މިއަދު ރައްޔިތުންގެ ހައްގުގައި ބަސް ބުނާނެ އެންމެ މުއައްސަސާ އެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ސުޕްރީމް ކޯޓުގައި ތަޅު އަޅުވާ މުޅި މަޖިލިސް ރައީސް މުއިއްޒުގެ އަމިއްލަ މަޖިލީހަކަށް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ހާލަކީ ވެސް އެއީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައީ ވެސް ވަރަށް ގިނަ ދޮގުތައް ހަދައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިންނެއް ތިބި ކަމަށް ފާހަގަކޮށް ރައީސް މުއިއްޒު އައީ ވަރަށް ބޮޑަށް އިތުރުފުޅުހައްދަވަމުން ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކަނޑު ވިއްކާލާފައިވާ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވެރިކަމަށް އައީ ފްލެޓް ދޭން ކަމަށް ބުނެ. 60،000 ފްލެޓް އަޅާ ދޭނެ ކަމަށް ބުނެ. ޑޮލަރުން މަސްވެރިންނަށް ފައިސާ ދޭނެ ކަމަށް ބުނެ. ކޮންމެ ރަށެއްގާ ހިނގި ހުރިހާ ޕްރޮޖެކްޓެއް ކުރިއަށް ގެންގޮސް ނިންމާނެ ކަމަށް ބުނެ. ވެރިކަމަށް އައީ ދޮގާ މަކަރާއި އޮޅުވާލުމުގެ ތެރެއިން. މިއަދު މަގުމައްޗަށް އެމްޑީޕީ އަށް މަޖުބޫރުވީ އެހެންވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ރައްޔިތުން މުއިއްޒު ވެރިކަމަށް ގެނައީ ވަރަށް ފޮނި އުންމީދުތަކާއި އެކުގައި ކަމަށާއި އެ އުންމީދުތައް ހާސިލް ނުވި ކަމަށް ވެސް މައުރޫފް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ކުރިމަތިލީ ދިވެހިންނަށް ފާގަތި ދުވަސްތަކެއް ހޯދައިދޭނެ ކަމުގެ ވައުދާއި އެކުގައި ކަމަށާއި މިއަދު އެ ވައުދު އޮޔާލާ ގޮސްފި ކަމަށް އޭނާ ވިދާޅުވިއެވެ. އަސާސީ ހައްގުތައް ނިގުޅައިގަނެ ރައްޔިތުން ބިކަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު