Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ކުއްލި އެއްވުން

މުޒާހަރާތަކާ ގުޅިގެން ޝާމިން ވެސް ޕޮލިހަށް ޙާޟިރު ކުރަނީ

13 މާރިޗު 2025 | ބުރާސްފަތި 10:18

ޝާމިން ފުލުހަށް ހާޒިރު ކުރަނީ މުޒާހަރާ އާއި ގުޅިން އޭނާއާ ސުވާލުކޮށް ބަޔާން ނެގުމަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 13 މާރިޗު 2025 | ބުރާސްފަތި 10:18
އެމްޑީޕީން ކޮންމެ ރެއަކު ވެސް ކުރިއަށް ގެންދާ ކުއްލި އެއްވުމުގެ ތެރެއިން ކުރަމުން އަންނަ އިހުތިޖާޖާއި ގުޅިގެން ފުލުހަށް ހާޒިރު ވުމަށް ޗިޓް ފޮނުވި މުޙައްމަދު ޝާމިން

އެމްޑީޕީން ކޮންމެ ރެއަކު ވެސް ކުރިއަށް ގެންދާ ކުއްލި އެއްވުމުގެ ތެރެއިން ކުރަމުން އަންނަ އިހުތިޖާޖާއި ގުޅިގެން ފުލުހަށް ހާޒިރު ވުމަށް ޗިޓް ފޮނުވި މުޙައްމަދު ޝާމިން

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދާ މުޒާހަރާ ތަކާ ގުޅިގެން ފުލުހަށް ޙާޟިރު ވުމަށް، އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މުޙައްމަދު ޝާމިނަށް ޗިޓު ފޮނުވައިފިއެވެ.

ބުރާސްފަތި ދުވަހު ފުލުހުން ޝާމިން އަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 14:00 އަށް، ސާޖަންޓް އާދަމް ޚަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ޙާޟިރު ވުމަށެވެ.

ޝާމިން އަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ، 2025 މާރިޗް 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގު މަތީގައި އެއްވެ،އަޑު ގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރު ކުރުމަށާއި، އާންމު ވިޔަފާރީތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރުއަދާ ކުރުމަށްހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެ ތުހުމަތުގައި ޝާމިން ޙާޟިރު ކުރަނީ އޭޭނާއާ ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ބުނެފައިވެއެވެ. ބަޔާން ނެގުމަށް ދެ ގަޑިއިރު ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ ޗިޓުގައި ވަނީ ބުނެފަ އެވެ.

މުޒާހަރާއާ ގުޅިގެން ފުލުހުންނަށް ޙާޟިރުވާން ޝާމިން އަށް އަަންގާފައިވާއިރު، މީގެ ކުރިން މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރާއީ ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އަދި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު ވެސް ފުލުހަށް ހާޒިރު ވުމަށް ވަނީ ޗިޓު ފޮނުވާފައެވެ. މި ހުރިހާ ފަރާތްތަށް ވެސް ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓުގައި ކޮށްފައި ވަނީ އެއް ތުހުމަތެކެވެ.

އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖާ ގުޅިގެން، ފުލުހުން އަންނަނީ ކޮންމެ ރެޔަކު އިހުތިޖާޖުގެ ބައިވެރިންނަށް ހުރަސްއަޅައި، ބުހައްޤު ބާރޔު ބާރުގެ ބޭނުންކޮށް، އެތަކެއް އަނިޔާތަކެއް ދެމުން ކަމަށް އިހުތިތާޖުގެ ބައިވެރިން ތުހުމަތު ކުރެއެވެ.

ސުލްހަވެރިކަމާއެކު ކުރިއަށްދާ އިހްތިޖާޖުތަކުގައި ގޮވާލަމުން ގެންދަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަމުން ވައުދުވީ ގޮތަށް ފްލެޓާ ގޯތި ލިބިފައިވާ މީހުންނަށް އެތަންތަން ހަވާލު ކުުރުމަށެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް