Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ ޚިދުމަތް

މި ސަރުކާރާއެކު ފުލުހުންގެ ޚިދުމަތް ދަނީ ފަހަތަށް: ވަހީދު

12 މާރިޗު 2025 | ބުދަ 12:54

މި ސަރުކާރުން މަސައްކަތް ކުރަނީ ފުލުހުންގެ މުއައްސަސާ ބޭނުން ކޮށްގެން ބިރު ދެއްކުމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 12 މާރިޗު 2025 | ބުދަ 12:54
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ

މި ސަރުކާރާއެކު ފުލުހުންގެ ޚިދުމަތް ފަހަތަށް ގޮސްފައިވާ ކަމަށާއި، ފެންނަމުންދަނީ އެމަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ މެންދުރު 1:00ގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވަނީ ޕޮލިހަށް ހާޒިރުކޮށްފައެވެ. ރާއީ ޕޮލިހަށް ހާޒިރުކުރި ވަގުތު އެމްޑީޕީގެ އިސް ބައެއް ފަރާތްތަކާއި، އާއްމުން ވަނީ އެސަރަހައްދަށް އެއްވަފައެވެ.

އެތަނުގައި ހުންނަވައި ވަހީދު ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަނީ ފުލުހުންގެ މުއައްސަސާ ބޭނުން ކޮށްގެން ބިރު ދެއްކުމަށް ކަމަށާއި، އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި ސުލްހަވެރި މުޒާހަރާތަކާއި ގުޅިގެން އާއްމު ރައްޔިތުން ފުލުހަށް ހާޒިރުކުރުމުން މިކަމުން ފެނިގެން ދަނީ ފުލުހުން އަނބުރާ ފަހަތަށްދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ޕޮލިސް އަނބުރާ ފަހަތަށް ދާތަން. ރައްޔިތުންނަށް ބިރު ދެއްކުމަށްޓަކައި، ޕޮލިސް ކޮމިޝަނަރުގެ އޯޑަރު ޣައިރު ގާނޫނީ އޯޑަރަށް ކުރަމުންދާ މަސައްކަތެއް ގޮތުގައި. އަޅުގަނޑު އެބޭފުޅާއަށް ދަންނަވަން އޮތީ އެމްޑީޕީގެ މެންބަރުނެއް ފަހަތަކަށް ނުޖެހޭނެ. އަދި ބިރެއް ވެސް ނުދެއްކޭނެ. އެހެންނަމަވެސް އަޅުގަނޑުމެންގެ އެމްޑީޕީ ސަރުކާރުން ޕޮލިހަށް ގެންނަން ބޭނުންވި ހެޔޮ ބަދަލުތައް ގެނެވި އެކަން ދެމެހެއްޓުމުގެ ޒިންމާ މިއަދު އެބޭފުޅާއަށް ލިބިފައި އޮއްވާ އަޅުގަނޑުމެންނަށް މިފެންނަނީ އެހުރިހާ ކަމެއް ހަލާކުކޮށްލާފައި އަލުުން އެ މުއައްސަސާ ހަލާކު ކުރަމުންދާތަން.
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު

ވަހީދު ވިދާޅުވީ ގާނޫނު އަސާސީން އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިފައިވާ ކަމަށާއި، އެފުރުސަތު ބޭނުން ރައްޔިތުން ހިފާނެ ކަމަށެވެ. ގާނޫނު އާސާސީން ރައްޔިތުންނަށް ލިބިފައިވާ ބާރުގެ ތެރެއިން ނުކުންނައިރު، ސުލްހަވެރިކަމާއެކު ކުރަމުންދާ މުޒާހަރާތަކަށް ފުލުހުން ވެސް ޖާގަ ތަނަވަސް ކޮށްދޭންޖެހޭ ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި ބިރު ދައްކައި، ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް