Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓިވެޓް-ސެންޓަރަކާއި ދަނާލެއް ގާއިމްކުރުން

ކުޅުދުއްފުށި އަދި ދުވާފަރުގައި ޓިވެޓް-ސެންޓަރަކާއި ދަނާލެއް ގާއިމް ކުރުމަށް ނިންމައިފި

12 މާރިޗު 2025 | ބުދަ 07:48

މި ދެތަން އިމާރާތް ކުރުމަށް 15،000 އަކަފޫޓްގެ ބިމެއް ވަނީ ހަމަޖެހިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 12 މާރިޗު 2025 | ބުދަ 07:48
ކުޅުދުއްފުށި އަދި ދުވާފަރުގައި ޓިވެޓް-ސެންޓަރަކާއި ދަނާލެއް ގާއިމް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

ކުޅުދުއްފުށި އަދި ދުވާފަރުގައި ޓިވެޓް-ސެންޓަރަކާއި ދަނާލެއް ގާއިމް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

ކުޅުދުއްފުށި އަދި ދުވާފަރުގައި ޓިވެޓް-ސެންޓަރަކާއި ދަނާލެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ އެކި ސަރަހައްދު ތަކަށް އަމާޒުކޮށް މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި ޓެކްނިކަލް ވޮކޭޝަނަލް (ޓިވެޓް) ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް އިމާރާތް ކުރުމަށް ހަމަޖެހިފައިވާއިރު، ރ. ދުވާފަރުގައި ވެސް ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓްރީން ބުނީ ކުޅުދުއްފުށީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ މި ޓިވެޓް ސެންޓަރުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފަިއވާ ކަމަށެވެ. އަދި ރ. ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ގާއިމުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިމަސައްކަތް ކުރުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން އެ އެއްބަަސްވުމުގައި ސޮއިކުރެއްވީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ރިޓަޔަރޑް އަލީ ޒުހައިރެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ދެތަން އިމާރާތް ކުރުމަށް 15،000 އަކަފޫޓްގެ ބިމެއް ހަމަޖެހިފައިވާ ކަމަށާއި، ކައިރި މުސްތަގުބަލެއްގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ދަނާލުގެ ޚިދުމަތާއެކު ތަރައްގީ ކުރެވޭ މިފަދަ އިންސްޓިޓިއުޓަކުން ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އަތޮޅުތެރޭގައި ތިބެގެން ފަސޭހަކަމާއެކު، ފެންވަރު ރަގަޅު ޓެކްނިކަލް ޓްރެއިނިންގ އަދި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

01 މެއި 2017

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

01 މެއި 2017
ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ
28 އެޕްރީލު 2017

އިލެކްޝަންސް ކަމިޝަނުން ކޮމްޕްލައިންޓްސް ބިއުރޯތަށް ގާއިމް ކޮށްފި

28 އެޕްރީލު 2017
އިލެކްޝަންސް ކަމިޝަނުން ކޮމްޕްލައިންޓްސް ބިއުރޯތަށް ގާއިމް ކޮށްފި
08 އެޕްރީލު 2017

ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!

08 އެޕްރީލު 2017
ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!
06 މާރިޗު 2017

ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

06 މާރިޗު 2017
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު
24 ފެބުރުއަރީ 2017

ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

24 ފެބުރުއަރީ 2017
ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް