Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް

ބީއެމްއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފި

އެވޯޑް ދީފައިވަނީ 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 7 ނޮވެމްބަރު 2017 | އަންގާރަ 04:04
ބީއެމްއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

ބީއެމްއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ.

އެގޮތުން ހޯމަ ދުވަހުގެ ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި މި ޚާއްސަ ހަފްލާގައި ބޭންކަށް 15، 20، 25، 30 އަދި 35 އަހަރު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއެވެ.

އަދި 35 އަހަރު ބޭންކަށް ޚިދުމަތްކޮށްދީފައިވާ ތިން މުވައްޒަފުން ކަމަށްވާ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން، އިސްލާމިކް ބޭންކިންގ ޑިރެކްޓަރ ފާތިމަތު މަނިކެ އަދި ސީނިއަރ ފެސިލިޓީސް އޮފިސަރ މޫސާ މުޙައްމަދު އަށް ޚާއްސަ އެވޯޑެއް ވަނީ ދީފައެވެ. މި ހަފްލާގައި ޖުމްލަ 24 މުވައްޒަފަކަށް ވަނީ އެވޯޑް ދީފައެވެ.

އެވޯޑް ލިބުނު ފަރާތްތަކާ މުޚާތަބްކޮށް ވާހަކަދައްކަވަމުން އެންޑްރޫ ވިދާޅުވީ އެތައް އަހަރެއްވަންދެން އެބޭފުޅުން ބޭންކަށް ކޮށްދެއްވާފައިވާ މަސައްކަތާއި، ހީވާގި ކަމަށާއި ފަރުވާތެރިކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ.

ދިގު މުއްދަތަކަށް ބޭންކަށް ޚިދުމަތްކޮށްދެއްވައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެކަން ފާހަގަ ކުރުމަށް ފުރަތަމަ އެވޯޑް ދީފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ.

އެހަފްލާގައި ކޮންމެ އަހަރަކު އެއްފަހަރު މިފަދަ ހަފްލާއެއް ބާއްވައި، ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންނަށް އެވޯޑް ދިނުމަށް ބޭންކުންވަނީ ނިންމާފައެވެ.

ބީއެމްއެލްއިން ގެންގުޅެމުންދާ ކުރިއަރާފައިވާ އިންސާނީ ވަސީލަތްތަކުގެ ސިޔާސަތުތައް އަގުވަޒަންކުރުމުގެ ގޮތުން މި އަހަރު އެ ބޭންކަށް ވަނީ " އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ލިބިފައެވެ.

އިތުރަށް ކިޔާލަން

02 އޯގަސްޓު 2017

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް އިތުރު ދެ ރަށެއްގައި ގާއިމްކޮށްފި

02 އޯގަސްޓު 2017
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް އިތުރު ދެ ރަށެއްގައި ގާއިމްކޮށްފި
01 އޯގަސްޓު 2017

"އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބީއެމްއެލްއަށް

01 އޯގަސްޓު 2017
 "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބީއެމްއެލްއަށް
24 ޖުލައި 2017

ބީއެމްއެލްއަށް 592 މިލިއަން ރުފިޔާ ފާއިދާގެ ގޮތުގައި ލިބިއްޖެ

24 ޖުލައި 2017
ބީއެމްއެލްއަށް 592 މިލިއަން ރުފިޔާ ފާއިދާގެ ގޮތުގައި ލިބިއްޖެ
23 މެއި 2017

ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި
12 މެއި 2017

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި

12 މެއި 2017
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު