Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިއާ

މާރާމާރި ހިންގި މީހުންނަށް، އެއްވެސް ލުޔެއް ނުދީ ފިޔަވަޅު އަޅާނަން: ޝަރާއު

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނާ ގޮތުގައި، ލަޒިކިއާ އަދި ޓާޓަސް ޕްރޮވިންސްތަކު ގައި ސެކިއުރިޓީ ބާރުތަކުން ނުވަތަ ސަރުކާރަށް ތާއީދުކުރާ ހަނގުރާމަވެރިން 830  އާންމުން މަރާލާފައިވެއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 މާރިޗު 2025 | ހޯމަ 06:14
ސީރިޔާގެ ރައީސް އަހުމަދު އަލްޝަރާއު މީގެ ކުރިން ދެއްވި ޓީވީ ޚިތާބެއްގެ ތެރެއިން

ސީރިޔާގެ ރައީސް އަހުމަދު އަލްޝަރާއު މީގެ ކުރިން ދެއްވި ޓީވީ ޚިތާބެއްގެ ތެރެއިން

މެޑިޓަރޭނިއަން ސަރަޙައްދުގައި އާންމު ރައްޔިތުންތަކެއް މަރާލި މައްސަލަ ބަލާނެ ކަމަށް ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާއު ވިދާޅުއްޖެ އެވެ.

ސީރިއާގެ ރައީސް އަހްމަދް އަލް-ޝަރާއު އާދީއްތަ ދުވަހު ވިދާޅުވީ، މެޑިޓަރޭނިއަން ސަރަޙައްދުގައި ހިނގި މާރާމާރީގައި އާންމު ރައްޔިތުންނަށް ގެއްލުން ދިން ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ސަރުކާރުގެ ނޫސް އެޖެންސީ ސާނާގައި ޝާއިޢުކުރި ވީޑިއޯއެއްގައި ރައީސް ވިދާޅުވީ، އާންމުންގެ ލޭ އޮހޮރުވުމުގައި ބައިވެރިވި ނުވަތަ ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރި ކޮންމެ މީހަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށާއި، އެކަމުގައި އެއްވެސް ލުޔެއް ދިނުމެއް ނޯންނާނެ ކަމަށެވެ. 

އަދި މަދަނީ އަމާންކަން ރައްކާތެރި ކުރުމަށް ކޮމިޓީއެއް އުފައްދަވާނެ ކަމަށް ވެސް ޝަރާއު ވިދާޅުވި އެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނާ ގޮތުގައި، ލަޒިކިއާ އަދި ޓާޓަސް ޕްރޮވިންސްތަކު ގައި ސެކިއުރިޓީ ބާރުތަކުން ނުވަތަ ސަރުކާރަށް ތާއީދުކުރާ ހަނގުރާމަވެރިން 830  އާންމުން މަރާލާފައިވާ ކަމަށެވެ.

އެ ސަރަޙައްދަކީ މީގެ ދުވަސް ކޮޅެއް ކުރިން ވެރިކަމުން ވައްޓާލެވުނު ކުރީގެ ރައީސް، ބައްޝާރު އަލް-އައްސަދުގެ މައިނޯރިޓީ ކޮމިއުނިޓީގެ މައި ސަރަހައްދެއްގެ ގޮތުގައި ސިފަ ކުރެވޭ ސަރަހައްދެކެވެ.

މި މާރާމާރީތަކާ ގުޅިގެން ޔޫއެން، އެމެރިކާ، ބްރިޓެން އަދި އެހެނިހެން ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ޔޫއެންގެ އިންސާނީ ޙައްޤުތަކުގެ ވެރިޔާ ވޯކަރ ޓަރކް ވިދާޅުވީ މި މަރުތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ. 

ބުރާސްފަތި ދުވަހު ހިނގި މި ހަމަލާތަކުގައި ސެކިއުރިޓީ ބާރުތަކުގެ 231 މީހުންނާއި، ކުރީގެ ސަރުކާރަށް ތާއީދުކުރާ 250 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް އޮބްޒަވޭޓަރީން ބުނެ އެވެ.

މިހާތަނަށް ޖުމްލަ 1,311 މީހުން މަރުވެފައިވާ ކަމަށް އެކި އެކި މަސްދަރުތަކުން ވަނީ ހާމަކޮށްފަ އެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަރުން އެއްވެސް ޓެރަރިސްޓް ގްރޫޕަކަށް މިހާތަނަށް ވާގިވެރިވެފައި ނުވާނެ: ފޮރިން މިިނިސްޓަރު

ގަތަރުން އެއްވެސް ޓެރަރިސްޓް ގްރޫޕަކަށް މިހާތަނަށް ވާގިވެރިވެފައި ނުވާނެ: ފޮރިން މިިނިސްޓަރު

23 ޖޫން 2017
ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް

ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް

16 ޖޫން 2017
ގަތަރާ ދެކޮޅަށް އެޅި އަދި އަޅަމުންދާ ފިޔަވަޅުތަކުގައި "އަސްކަރީ އެއްވެސް ބަައެއް" ނުހިމެނޭ ކަމަށް ޔޫއޭއީން ބުނެފި

ގަތަރާ ދެކޮޅަށް އެޅި އަދި އަޅަމުންދާ ފިޔަވަޅުތަކުގައި "އަސްކަރީ އެއްވެސް ބަައެއް" ނުހިމެނޭ ކަމަށް ޔޫއޭއީން ބުނެފި

14 ޖޫން 2017
އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ

އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ

12 ޖޫން 2017
އެމެރިކާގެ އައިސީއީން ހިންގި ބޮޑު ގޭންގް އޮޕަރޭޝަނެއްގައި 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

އެމެރިކާގެ އައިސީއީން ހިންގި ބޮޑު ގޭންގް އޮޕަރޭޝަނެއްގައި 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

12 މެއި 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު