Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ކުއްލި އެއްވުން

"ޤާނޫނީ އިމުން ބޭރުން ކުރަމުންދާ ޚުދުމުހުތާރު ވެރިކަމާއި ދެކޮޅަށް ނުކުތުމަކީ ޤައުމީ ވާޖިބެއް"

9 މާރިޗު 2025 | އާދީއްތަ 08:28

ރާއްޖޭގެ އާއްމުންގެ މިނިވަންކަން ނިގުޅައިގަތުމަކީ ބައި ގަރުނު ފަހަތަށް ރާއްޖެ ސޮއްސާލުން ކަމަށް ވެސް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 މާރިޗު 2025 | އާދީއްތަ 08:28
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެމްޑީޕީގެ މުޒާހަރާގައި ވާހަކަދައްކަވަނީ - 08.03.2025

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެމްޑީޕީގެ މުޒާހަރާގައި ވާހަކަދައްކަވަނީ - 08.03.2025

ޤާނޫނީ އިމުން ބޭރުން ކުރަމުންދާ ޚުދުމުހުތާރު ވެރިކަމާއި ދެކޮޅަށް ނުކުތުމަކީ ޤައުމީ ވާޖިބެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީ އިހުތިޖާޖުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

10:00 ހާއިރު އާއްމުން ވަނީ ސަރުކާރާއި މެދު ހުރި ކަންބޮޑުވުންތައް ފާޅުކޮށް ހިނގާލުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެމްޑީޕީ ހަރުގެއިން ފެށިގެން ޗާންދަނީ މަގުން ޖުމްހޫރީ މައިދާނާއި ވީ ކޮޅަށް ހިނގައިގަތުމާއި އެކު ފުލުހުން ވަނީ އެ ބްލޮކް ނިމޭ ހިސާބުގައި ބެރިކޭޑް ޖަހާ އެ ސަރަހައްދު ބަންދުކޮށްފައެވެ. އަދި އެމްޑީޕީ ޖަގަހަ ކައިރިން ޔޫރޯ ސްޓޯ ކައިރީގައި ފުލުހުންގެ ސަފުތައް އަތުރާލާ، އެ ސަރަހައްދުން ވެސް ފުލުހުން ވަނީ މަގު ބަންދުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ޕީޖީ ލީޑަރުކަން ވެސް ކުރައްވާފައިވާ މުހައްމަދު ރަޝީދު އެކަމާއި ގުޅޭގޮތުން ވިދާޅުވީ ފުލުހުންނަކީ އާއްމުންގެ ހިމާޔަތުގައި ތިބެން ޖެހޭ ބައެއް ކަމަށެވެ. އެއްވެސް ސިފައެއްގައި އާއްމުންނާއި ކުރިމަތިލާ ބަޔަކަށް ފުލުހުން ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އާއްމުން މެދުވެރިކޮށް އާއްމުން ހިޞާރުކުރުމަކީ ފުލުހުން ޤާނޫނާއި ޚިލާފުވުން ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.

ތި ބޭފުޅުން ތި ތަބާ ވަނީ ހައްގު ނޫން ޢައިރު ޤާނޫނީ އަމުރަކަށް. ހަނދުމަފުޅު ބަހައްޓަވާތި ތި ބޭފުޅުން ތި ތަބާ ވަނީ ހައްގު ނޫން ޢައިރު ޤާނޫނީ އަމުރަކަށް. ހަނދުމަފުޅު ބަހައްޓަވާތި ތި ޔުނިފޯމުން ފެންނަ ނަންތައް އާއްމުންގެ ހިތުގައި ބިންވަޅު ނެގިފައި ހުންނާނެ. ޢައިރު ޤާނޫނީ އަމުރުތައް ބެލޭނެ ތަންތަން އެބަ ހުރި. ޢައިރު ޤާނޫނީ އަމުރު ނުކުރުމަށް ވެރިންނަށް ދަންނަވާ.
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

އާއްމުންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް އާއްމުންނަށް ފުރުސަތު ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވަގުތު އާއްމުން އެންމެ ބޮޑަށް ކަންބޮޑުވާ އެއް ކަމަކީ އާއްމުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް ވާއިރު ހޮނިހިރު ދުވަހުގެ އެމްޑީޕީގެ ހަރަކާތަކީ ނުހައްގުން ފްލެޓް ގެއްލުނު މީހުންގެ ހައްގުގައި ބޭއްވި ހަރަކާތެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ހަރަކާތަށް ވެސް ފުލުހުން ޖާގަ ދީފައި ނުވާތީ އޭނާ ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ދިވެހިރާއްޖެ އެތައް ޒަމާނެއް ފަހަތަށް ޖެހެމުންދާ ކަމަށާއި ރާއްޖޭގެ އާއްމުންގެ މިނިވަންކަން ނިގުޅައިގަތުމަކީ ބައި ގަރުނު ފަހަތަށް ރާއްޖެ ސޮއްސާލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ހައްގުގައި ދިވެހިން ނުކުންނަންވީ ވަގުތަކީ މިއީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވާ ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް އާއްމުންގެ އަޑު އިވޭ މިންވަރަށް އަޑު އުފުލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ގައުމަށްޓަކައި ހުރިހާ ޤާނޫނީ ވަކީލުން ތެދުވުމަށް ގޮވާލަން: އަލީ ހުސެއިން

12 އެޕްރީލު 2017
ގައުމަށްޓަކައި ހުރިހާ ޤާނޫނީ ވަކީލުން ތެދުވުމަށް ގޮވާލަން: އަލީ ހުސެއިން
04 އެޕްރީލު 2017

މޫސަގެ އިތުބާރުގެ ވޯޓާ ދިމާކޮށް ރަށުން ބޭރުން ނުދާން ޕީޕީއެމް ޕީޖީ މެންބަރުންނަށް އަންގައިފި

04 އެޕްރީލު 2017
މޫސަގެ އިތުބާރުގެ ވޯޓާ ދިމާކޮށް ރަށުން ބޭރުން ނުދާން ޕީޕީއެމް ޕީޖީ މެންބަރުންނަށް އަންގައިފި
17 މާރިޗު 2017

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
15 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް

15 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް
14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
20 ފެބުރުއަރީ 2017

ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

20 ފެބުރުއަރީ 2017
ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
11 ފެބުރުއަރީ 2017

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް