Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލެޓު ލިސްޓު މައްސަލަ

ފްލެޓް ލިސްޓުގައި ނުހިމެނޭ 577 މީހެއްގެ މައުލޫމާތު ރިވިއުކޮށް ފްލެޓް ދޭނެ ކަމަށް ވަނީ އިއުލާންކޮށްފަ: އިބްރާހިމް ވަހީދު

8 މާރިޗު 2025 | ހޮނިހިރު 12:12

56 ފަރާތެއްގެ މާކްސް އާއި ކުޅެ މާކްސް މަތިކޮށްފައި ހުރިކަން ފާހަގަ ކުރެވިފައިވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 8 މާރިޗު 2025 | ހޮނިހިރު 12:12
އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބުރާހީމް ވަޙީދު (އިބުރޭ)

އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބުރާހީމް ވަޙީދު (އިބުރޭ)

ނިމިދިއަ އެމްޑީޕީ ސަރުކާރުން ދޭންނިންމި 4000 ފްލެޓް ލިސްޓުގައި ނުހިމެނޭ 577 މީހެއްގެ މައުލޫމާތު ރިވިއުކޮށް ފްލެޓް ދޭނެ ކަމަށް ކަނޑައަޅައި އިއުލާނު ކޮށްފައި އެބައޮތް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅު ވެއްޖެއެވެ.

އިބްރާހިމް ވަހީދު (އިބުރޭ) މިފަދައިން ވިދާޅުވީ ފްލެޓުތަކުގެ މައްސަލައާއި ގުޅިގެން އެމްޑީޕީން އެ ޕާޓީ އޮފީހުގައި ހޮނިހިރު ދުވަހު ކުރިއަށް ގެންދިއަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވަނީ ރިވިއު ކުރާނީ ހަމަ އެކަނި ކުރީގެ ސަރުކާރުން 4000 ފްލެޓު ދީފައި ހުރި މީހުން އެކަނި ކަމަށް ކަމަށެވެ.

ނަމަވެސް ނިމިދިއަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ނެރުނު މި ފްލެޓް ލިސްޓަށް ބަލާލިއިރު 4000 ފްލެޓް ލިސްޓުގައި ނުހިމެނޭ 577 މީހެއްގެ މައުލޫމާތު ރިވިއުކޮށް ފްލެޓް ދޭނެ ކަމަށް ކަނޑައަޅައި އިއުލާނު ކޮށްފައި އެބައޮތް ކަމަށް އިބްރާހިމް ވަހީދު ވިދާޅު ވިއެވެ.

ވަޙީދު ވިދާޅުވީ ފްލެޓު ލިސްޓުގައި ނުހިމެނޭ 577 މީހުންގެ މައުލޫމާތު ރިވިއު ކޮށް ފްލެޓު ދޭނެ ކަމަށް އިއުލާނު ކޮށްފައި ވާއިރު، މިއީ މަދު އަދަދެއް ވެސް ނޫން ކަމަށެވެ. އަދި އެއްވެސް މީހަކަށް ފްލެޓު ލިބުމަކީ ކަންބޮޑުވާ ކަމެއް ނޫން ކަމަށާއި ނަމަވެސް އޮންނަ އުސޫލުން ބޭރުން ކަންކަން ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް ވަޙީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޙީދު ވިދާޅުވީ 56 ފަރާތެއްގެ މާކްސް އާއި ކުޅެ މާކްސް މަތިކޮށްފައި ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ކަން މިހެން ހުރިއިރު މި ސަރުކާރުން އަލުން މި ފްލެޓު ލިސްޓު ރިވިއު ކުރީ ނުވަތަ ޕޮއިންޓު ތައް ބަދަލުކުރީ ކޮން އުސޫލަކުން ކަން ބުނަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިކަން ބެލޭނޭ ގޮތެއް ވެސް ނެތް ކަމަށް ވަޙީދު ވިދާޅުވިއެވެ.

4000 ފްލެޓް ލިސްޓުގައި ނުހިމެނޭ 577 މީހެއްގެ މައުލޫމާތު ރިވިއުކޮށް ފްލެޓް ދޭނެ ކަމަށް މުއްތަލިބުގެ ލިސްޓުގައި އެބައޮތް އިއުލާންކޮށްފައި. 56 ފަރާތެއްގެ މާކްސް އާއި ކުޅެ މާކްސް މަތިކޮށްފައި އެބަހުރި.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ)

ވަޙީދު ވިދާޅުވީ ޕޮއިންޓަކީ ޕޯޓަލް އަށް ވަދެ، އެމީހަކު ޓިކް ކުރަމުން ގެންދާއިރު، އެ މީހަކަށް ވެސް ޕޮއިންޓު ފެންނަ ގޮތަށް އިންނަ އެއްޗެއް ކަމަށެވެ. ކަން މިހެން ހުރި އިރު، އެ ބޭފުޅުން އެ ލިސްޓުގައި ހުރި ޕޮއިންޓުތައް ބަދަލުކުރީ ކޮން އުސޫލަކުން އަދި ކޮން ހަމައަކުން ކަމެއް އެނގޭނޭ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޙީދު ވިދާޅުވީ ޑރ. ހައިދަރުގެ ދެމަފިރި ކަނބަލުންނަށް ފްލެޓު ލިބިފައި ވަނީ އެމްޑީޕީ ސަރުކާރުން އެބޭފުޅުން ނަކީ ޝަރުތު ހަމަވާ ބޭފުޅުން ކަމުގައި ކަނޑައަޅާފައި އޮތުމުން ކަމަށް މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ކަމަށެވެ.

ވަޙީދު ވިދާޅުވީ ޑރ. ހައިދަރުގެ ދެމަފިރިކަނބަލުން ނަކީވެސް ފްލެޓަށް ޝަރުތު ހަމަވާ ބޭފުޅުން ކަމަށާއި ނަމަވެސް އެމްޑީޕީގެ ފްލެޓް ލިސްޓުގައި ފްލެޓު ލިބުނު މީހުންގެ އިތުރުން ޝަރުތު ހަމަވާ 15751 މީހުން އެބަތިބި ކަމަށެވެ. އަދި އޭގެ ތެރެއިން ޝަރުތު ހަމަވަނީ ހަމަ އެކަނި ހައިދަރުގެ ދެމަފިރިކަނބަލުން ނޫން ކަމަށް ވެސް ވަޙީދު ވިދާޅުވިއެވެ.

ވަޙީދު ވިދާޅުވީ ފްލެޓު ލިސްޓަށް ޝަރުތު ހަމަވާ 15751 މީހުން ތިބި އިރު، އޭގެތެރެއިން ހަމަ އެކަނި ހައިދަރުގެ ދެމަފިރިކަނބަލުންގެ ޝަރުތުހަމަވާ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެދެންނެވި ގޮތުގެ މަތިން ޝަރުތު ހަމަވެގެން ފްލެޓު ލިބެން ޖެހޭ ނަމަ ލިސްޓުގައި ދެން ތިބި 15749 މީޙުންނަށް ވެސް ފްލެޓު ލިބެން ޖެހޭނޭ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

ކަންމިހެން ހުރިއިރު، 4000 މީޙުންގެ މި ފްލެޓު ލިސްޓާއި މި ސަރުކާރުން ކުޅެފައި މިވަނީ އެ ބޭފުޅުން ބޭނުންވާ ބައަކަށް ފެލްޓު ދިނުމުގެ ބޭނުމުގައި ކަމަށް ވަޙީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް