Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން ގުޅުން

އެމެރިކާ އާއެކު ސީދާ މަޝްވަރާތަކަށް ދިއުމަށް އީރާނުން އިންކާރު ކުރޭ

އަރާޤްޗީ ވިދާޅުވީ، އިސްރާއީލާއި އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާދޭން އިންޒާރު ދެމުންދާއިރު، އެ ފެސިލިޓީތަކަށް ހަމަލާ ދީގެން އެ ފެސިލިޓީތައް ނައްތައި ނުލެވޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 މާރިޗު 2025 | ހޮނިހިރު 09:14
މާޗް މަހުގެ 7 ވަނަ ދުވަހު ޖިއްދާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓްގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އޭއެފްޕީއާ ވާހަކަ ދައްކަވަނީ

މާޗް މަހުގެ 7 ވަނަ ދުވަހު ޖިއްދާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓްގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އޭއެފްޕީއާ ވާހަކަ ދައްކަވަނީ

އެމެރިކާ އިން ފިއްތުންތަކާއި އެކަހެރިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާހާ ހިނދަކު, ނިއުކްލިއަރ މަޝްވަރާތަކުގައި ސީދާ ބައިވެރި ނުވާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ ވިދާޅުވެއްޖެ އެވެ.

ޖިއްދާ ގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައި ގަތުމަށް ސައުދީ އަށް ވަޑައިގެން ހުންނަވައި، އެއެފްޕީއަށް މަޢުލޫމާތު ދެއްވަމުން ހުކުރު ދުވަހު އެމަނިކުފާނު ވިދާޅުވީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްހަވެރި މަޤްސަދެއްގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް، އީރާނުގެ އިސްލާމީ އިންޤިލާބުގެ ލީޑަރ އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އަށް ސިޓީއެއް ފޮނުއްވިކަމަށް ދެއްކެވި ވާހަކަ އީރާނުގެ ޔޫއެން މިޝަނުން ވަނީ ދޮގު ކޮށްފަ އެވެ.

 ފޮކްސް ނިއުސްއަށް ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާއެކު އެއްބަސްވުމަކަށް އާދެވޭނެކަމުގެ އުންމީދު އޮތް ކަމަށެވެ. އަދި އިތުރު ނިއުކުލިއަރ ހަތިޔާރު އުފެއްދުމުގެ ހުއްދަ ދެވެން ނެތް ކަމަށާއި، މަޝްވަރާތަކަށް އެއްބަސްވުމަކީ އީރާނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އީރާންގެ ޚާރިޖީ ވަޒީރު އަރާޤްޗީ ވިދާޅުވީ، އިސްރާއީލާއި އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާދޭން އިންޒާރު ދެމުންދާއިރު، އެ ފެސިލިޓީތަކަށް ހަމަލާ ދީގެން އެ ފެސިލިޓީތައް ނައްތައި ނުލެވޭނެ ކަމަށެވެ.

އެފަދަ ހަމަލާއެއް އަތުވެއްޖެ ނަމަ، އީރާނުން އެކަށީގެންވާ ގޮތެއް ގައި ޖަވާބު ދޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވިދާޅުވީ އީރާނަށް ހަމަލާދީފި ނަމަ، އިސްރާއީލަށް ވެސް ހަމަހަމަ ގޮތެއްގައި ޖަވާބު ދެވޭނެ ކަމަށެވެ.

މިހާރު ވެސް ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ)ގެ އެހެން ބައިވެރިން ކަމުގައިވާ ރަޝިޔާ، ޗައިނާ އަދި ޔޫރަޕުގެ ތިން ގައުމާއެކު މަޝްވަރާތައް ކުރިއަށްދާކަމަށް ވެސް އަރާޤްޗީ ފާހަގަ ކުރެއްވި އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު