Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ކުއްލި އެއްވުން

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ތިން ބާރު ވަކިވުމުގެ ވެރިކަމުގެ ނިޒާމް މުޅިން ވެއްޔާއި މޮޑެވިއްޖެ: ޝިފާޒު

8 މާރިޗު 2025 | ހޮނިހިރު 05:00

މި ސަރުކާރުން ކަންކުރަނީ އުސޫލުތަކާއި އިޖުރާއަތުތަކާއި ޤާނޫނާތަކާއި މުޅިން ޚިލާފަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 8 މާރިޗު 2025 | ހޮނިހިރު 05:00
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް: ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް: ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ

2008 ވަނަ އަހަރު ދިވެހި ރައްޔިތުން ބުރަ މަސައްކަތުން ހޯދި ޤާނޫނު އަސާސާގައި ބަޔާންކުރި ތިން ބާރު ވަކި ވުމުގެ ވެރިކަމުގެ ނިޒާމު ވެއްޔާއި މޮޑެވިއްޖެ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ޝިފާޒު މިފަދައިން ވިދާޅުވީ އިދިކޮޅު އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ބޭއްވި ކުއްލި އެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޝިފާޒު ވިދާޅުވީ އިހުތިޖާޖަށް ނުކުންނަށް ޖެހޭ ސަބަބު ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާނެ ކަމަށާއި އަދި ޚާއްޞަކޮށް ހުރިހާ މުއައްސަސާތަކަށް ވެސް ސާފުވާކަމަށެވެ.

ޝިފާޒް ވިދާޅުވީ 2008 ވަނަ އަހަރު ރައްޔިތުން ހޯދި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ތިން ބާރު ވަކިވުމުގެ ވެރިކަމުގެ ނިޒާމު މުޅިން ފެއްޔާއި މޮޑެލައިފިކަމަށާއި އަދި ޤާނޫނު އަސާސީގައި ބަޔާން ކުރާ ލެގިޓިމަސީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކިބައިން ގެއްލިއްޖެ ކަމަށެވެ. އެހެން ކަމުން މިއަދު މި ރާއްޖޭގައި އިހުތިޖާޖު ކުުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ވެސް އެނގިވަޑައިގަންނަވާނޭ ފަދައިން ތިން ބާރު ވަކިވެފައި އޮތް ވެރިކަމުގެ ނިޒާމެއް ހޯދާފައި ވަނީ ރާއްޖޭގެ ވެރިކަމުގައި ކޮންމެ ބޭފުޅަކު ހުރިކަމުގައި ވީ ނަމަވެސް އެއްވެސް ރައްޔިތަކަށް ތަކުލީފެއް ނުޖެހި ރާއްޖެ ރީތި މަގަކުން ހިނގާނެ ކަމަށް ދެކިގެން ކަމަށެެވެ. އެހެން ނަމަވެސް މިއަދު މި ގައުމުގައި ކަ ންކަން ހިނގަމުން މިދަނީ މުޅިން އެހެން މަގަކުން، ހީކުރިގޮތާއި މުޅިން ޚިލާފަށް ކަމަށެވެ.

ޝިފާޒު ވިދާޅުވީ ރައީސް މުއިއްޒުގެ މި ސަރުކާރުން ކަންކުރަމުން އަންނަނީ ގައުމު ރީތި މަގަކުން ގެންދަން ނޫން ކަމަށާއި އެގޮތުން ކުރީ ސަރުކާރުން ރައްޔިތުންނަށް ފްލެޓެއް ދީފައި އޮތްނަމަ އެ ފްލެޓެއް ވެސް އަތުލައި ކުރީ ސަރުކާރުން ސްޕްރީމް ކޯޓުގެ ބެންޗެއް އެކުލަވާލާފައި އޮތް ނަމަ އެ ބެއްންޗުވެސް އެބަ ބަދަލުކުރާ ކަމަށެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން މުއައްސަސާއަކަށް މީހަކު ލާފައި ހުރިއްޔާ އެ މީހަކުވެސް އެބަ ބަދަލުކުރާ ކަމަށާއި އަދި މި ސަރުކާރުން މިކަންކަން ކުރަމުން އަންނަނީ ވެސް ކަން ކުރަން އޮންނަ އިޖުރާއަތްތަކާއި އުސޫލުތަކާއި މުޅިން ޚިލާފަށް ކަމަށް ވެސް ޝިފާޒު ވިދާޅުވިއެވެ.

ޝިޒާޒް ވިދާޅުވީ މިއަދު އެންމެ ބޮޑަށް ދިމާވެގެން މިއުޅޭ މައްސަލައަކީ ރައްޔިތުން ހޯދި ޤާނޫނު އަސާސީގައި އެއްބާރު އަނެއް ބާރަށް ފާރަވެރިވެވޭނެ، އަދި ޗެކް އެން ބެލެންސްގެ ނިޒާމު ރީއްޗަށް ވަރަށް ފުރުހަމައަށް ޤާއިމުވެފައި އޮއްވައި އެ ނިޒާމު މުޅިން ވެއްޔާއި މޮޑެލުން ކަމަށެވެ. އަދި މި ހުރިހާ ކަމެއްވެސް މިއަދު މިމަގުން މިދަނީ ހުރިހާ ރައްޔިތުންވެސް ހިމެނޭ ގޮތަކަށް ކަމަށް ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ މިހާރު އެ ހުންނެވި ބަންޑާރަ ނައިބަކީ ރައީސުލްޖުމްޙޫރިއްޔާގެ ބަންޑާރަ ނައިބެއް ނޫން ކަމަށާއި އެއީ ދައުލަތުގެ ބަންޑާރަނައިބެއް ކަމަށެވެ. އަދި ކެބިނެޓު އެކިލެވިގެންވާ ގޮތް ވަކިން ލިޔެފައި އެހެން މާއްދާއެއްގައި ބަންޑާރަ ނައިބެއްގެ ވާހަކަ ލިޔެވިފައި އޮންނަނީ ދައުލަތުގެ ބަންޑާރަ ނައިބެއްގެ ގޮތުގައި ކަމަށެވެ. އެއީ ފަހަރެއްގައި ވެސް ރައީސުލްޖުމްޙީރިއްޔާގެ ބަންޑާރަ ނައިބެއް ކަމުގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

2008 ވަނަ އަހަރު ރައްޔިތުން ހޯދި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ތިން ބާރު ވަކިވުމުގެ ވެރިކަމުގެ ނިޒާމު ފެއްޔާއި މޮޑެވިއްޖެ. ޤާނޫނު އަސާސީގައި ބަޔާން ކުރާ ލެގިޓިމަސީ ރައީސްގެ ކިބައިން ގެއްލިއްޖެ. އެހެން ކަމުން މިއަދު މި ރާއްޖޭގައި އިހުތިޖާޖު ކުުރުން ނޫން އިތުރު ގޮތެއް ނެތް.
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް

ޝިފާޒް ވިދާޅުވީ މިއަދު އިހުތިޖާޖަށް މި ނުކުންނަށް ޖެހުނީ ދައުލަތް ތަމްސީލުކުރަން ހުރި ބަންޑާރަ ނައިބު ވާގިވެރި ވެގެން ސީދާ ރައީސުލްޖުމްހޫރިއްޔާ އާއި އެކު މުޅި ރާއްޖެ ޚުދުމުހުތާރުކަމުގެ މަގަށް ބަދަލުކޮށްލާތީ އެކަން ހަމަމަގަށް އެޅުވުމަށް ކަމަށެވެ.

ޝިފާޒް ވިދާޅުވީ މި ސަރުކާރުހެ މިހާރުގެ އަމަލުތައް ހުރި ގޮތުން މިއަދު ދިވެހި ރައްޔިތުން ދަނީ ހިތާމަ ކުރަމުން ކަމަށާއި އަދި މިކަމާއި އަޅާނުލައި ތިބެއްޖެ ނަމަ މިއަށް ވުރެވެސް ހިތާމަ ކުރަން ޖެހޭނެ ދުވަހެއް އަންނާނެކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް