Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެްޤާނޫނު އަސާސީ

ރައްޔިތުންގެ ބަހެއްނެތި ޤާނޫނު އަސާސީ ރޫޅައެއް ނުލެވޭނެ: ރީކޯ މޫސަ

އަސާސީ ހައްޤުތަކުގެ މާއްދާތަކަށް ބަދަލުގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް | 9 މާރިޗު 2025 | އާދީއްތަ 06:27
މަޖިލީހުގެ ކުރީގެ ނައިބުރައީސް މޫސާމަނިކު

މަޖިލީހުގެ ކުރީގެ ނައިބުރައީސް މޫސާމަނިކު

މިހާރު އޮތް ޤާނޫނު އަސާސީއަކީ ރައްޔިތުންގެ ބަހެއްނެތި ބޭނުން ގޮތަކަށް ރޫޅާލެވޭނެ އެއްޗެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤާނޫނު އަސާސީގައި ހިމެނޭ އަސާސީ ހައްޤުތަކާ މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށް ބުނެފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިހާރު އޮތް މަޖިލީހުންވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވުމަށް ފަހު ސިޔާސީޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީއިން ވަކިކޮށްފިނަމަ މެމްބަރުކަން ގެއްލޭގޮތަށް ޤާނޫނު އަސާސީގައި ހިމެނުމަށް ފާސްކޮށްފައެވެ. އަދި އެއިސްލާހު ރައީސް މުހައްމަދު މުޢިއްޒުވަނީ 20 ނޮވެންބަރ 2024 ގައި ތަސްދީޤު ކުރައްވައިފައެވެ. މޫސަ ވިދާޅުވަނީ އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ މިހާރު އެހުންނެވީ ޤާނޫނު އަސާސީއާ ހިލާފުވެވަޑައިގެންފައި ކަމަށެވެ.

ޤާނޫނު އަސާސީއަށް މި ގެނެވުނު އިސްލާހު ބާތިލުކުރުމަށް ހުށަހެޅިފައިވާ މައްސަލައެއް މިހާރު ސްޕްރީމް ކޯޓުގައި ވަނީ ފަށާފައެވެ. އެކޯޓަށް އެމައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނެވެ.

މި މައްސަލަ ސްޕްރީމްކޯޓަށް ބަލައިގަތް ފަހުން އެކޯޓުގެ 3 ފަނޑިޔާރަކު ޖޭއެސްސީއިން ސަސްޕެންޑް ކޮށްފައިވެއެވެ. އަދި ސަސްޕެންޑްކުރި 1 ފަނޑިޔާރުކަމުގައިވާ ހުސްނުއް ސުޢޫދު މިހާރުވަނީ ފަނޑިޔާރު ކަމުން އިސްތިޢުފާދެއްވައިފައެވެ. ސުޢޫދު އިސްތިޢުފާ ދެއްވީ ސަރުކާރުން ފަނޑިޔާރުންނަށް ބިރުދައްކާ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު