Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލްސްތީން-އިސްރާއީލް ހަނގުރާމަ

ޣައްޒާ އަލުން އާރާސްތު ކުރުމަށް މިޞްރުން ހުށަހެޅި ހުށަހެޅުމަށް ޢަރަބި ޤައުމުތަކުން ރުހުން ދީފި

ޣައްޒާ އަލުން އާރާސްތުކުރުމާއި ގުޅޭގޮތުން މިޞްރުން ހުށަހަޅާފައިވާ ހުށަހެޅުމަށް އަރަބި ގައުމުތަކުން ވަނީ ތާއީދުކޮށްފައިވާއިރު، މިޞްރުގެ އެ ހުށަހެޅުމަކީ ޣައްޒާ އާރާސްތުކުރުމަށް އިސްކަންދީ، އިންސާނީ ހަމަހަމަ ކަމަށް ރިޢާޔަތްކުރާ ތަސައްވުރެއްކަމަށް އަރަބި ގައުމުތަކުން ބުނޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 5 މާރިޗު 2025 | ބުދަ 19:17
މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް-ސީސީ، އެންޓޯނިއޯ ގުޓަރޭސްއާ ވާހަކަ ދައްކަވަނީ، މާރޗް 4، 2025

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް-ސީސީ، އެންޓޯނިއޯ ގުޓަރޭސްއާ ވާހަކަ ދައްކަވަނީ، މާރޗް 4، 2025

ފަލަސްޠީނުގެ ޣައްޒާ އަލުން އާރާސްތު ކުރުމަށް މިޞްރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ޢަރަބި ޤައުމުތަކުން ރުހުން ދީފިއެވެ.

ޣައްޒާ އާރާސްތުކުރުމަށް މިޞްރުން ހުށަހެޅި މި ތަސައްވުރަށް އަރަބި ގައުމުތަކުން ތާއީދު ކޮށް އެ ހުށަހެޅުން ފާސްކޮށްފައި ވަނީ މިޞްރުގެ ވެރިރަށް ޤާހިރާގައި ބޭއްވި ޢަރަބި ޤައުމުތަކުގެ ސަމިޓުގައެވެ.

ޣައްޒާ އާރާސްތު ކުރުުމާ ގުޅޭ މަޝްވަރާތައް ޢަރަބި ޤައުމުތަކުން ފަށާފައި މި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ވަޒަނުން ބޭރުކޮށް، އެ ބިން ފޭރިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ނުބައި ތަސައްވުރު މުޅިން ފޮހެލާ ނެތިކޮށް ލުމުގެ ބަދަލުގައެވެ.

ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތާލުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމުގައި އެ ސަހަރުގެ ރައްޔިތުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތި ކޮށް ބިމާ ހަމަކޮށްލާފައިއެވެ.

ޓްރަމްޕް ބޭނުންފުޅު ވަނީ ޣައްޒާއަކީ އެމެރިކާގެ ތަނަކަށް ހެދުމަށެވެ. އަދި، އެ ތަން ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ތަރައްޤީކޮށް، އެމެރިކާއިން އެ ބިމުން މާލީ ނަފާ ހޯދުމަށެވެ. އެ ކަން ކުރާނީ ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރު ކޮށްގެން ކަމުގައި ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި، އަނބުރާ ވަޒަނަށް ދިޔުމުގެ ފުރުޞަތު ޣައްޒާގެ ރައްޔިތުންނަށް ނުދޭނެ ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޓްރަމްޕްގެ މި ތަސައްވުރަށް އަރަބީން ވަނީ ދެކޮޅުހަދާފައެވެ. ޓްރަމްޕްގެ ތަސައްވުރަށް އިޢުތިރާޟު ކުރުމުގެ ގޮތުން މިޞްރުން ހުށަހަޅައި، ޢަރަބި ޤައުމުތަކުން އާނބަސް ބުނެފައިވާ ތަސައްވުރުގެ ދަށުން ޣައްޒާގެ ރައްޔިތުން ޙިމާޔަތް ކުރުމަށް ވަނީ އިސްކަން ދީފައެވެ. އަދި، އެ މީހުންގެ ވަޒަނުން ބޭރު ކުރުމެއް ނުހިމެނޭނެއެވެ. އަދި، މިޞްރުގެ ހުށަހެޅުމުގެ އާޚިރު ނަތީޖާއަކީ ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިމުގައި ފަލަސްޠީނާއި އިސްރާއީލުގެ މިނިވަން ދެ ދައުލަތް ޤާއިމު ކޮށްދިނުމެވެ.

މިޞްރުގެ ހުށަހެޅުމަށް ބަލާއިރު، ޣައްޒާގެ ކުރިމަގާ ގުޅޭ ގޮތުން މިޞްރުން ހުށަހަޅާފައިވާ ހުށަހެޅުން ބިނާވެފައި އޮތީ މައިގަނޑު ތިން ކަމެއްގެ މައްޗަށެވެ: އެއީ، އިންތިގާލީ ފިޔަވަޅުތައް، ޣައްޒާ އަލުން އާރާސްތު ކުރުން، އަދި ޣައްޒާގައި ވެރިކަން ހިންގާނެ ގޮތެއް ކަނޑައެޅުމެވެ.

އެ ކަންކަން ފުރިހަމަ ކުރެވޭނީ ތިން މަރުޙަލާއަކަށެވެ. ފުރަތަމަ މަރުޙަލާގެ މުއްދަތަކީ ހަ މަސް ދުވަހެވެ. އަދި، ދެވަނައާއި ތިންވަނަ މަރުޙަލާ، ހަތަރެއް ނުވަތަ ފަސް އަހަރަށް ދެމިގެންދާނެ ކަމުގައި މަޞްދަރުތަކުން ބުންޏެވެ. މިޞްރުގެ ހުށަހެޅުމުގެ މައިގަނޑު މަޤުޞަދަކީ ޣައްޒާ އަލުން އާރާސްތު ކުރުމާއި، ސުލްޙައާއި ހަމަޖެހުން ދެމެހެއްޓުމެވެ. އަދި، 17 އަހަރަށް ފަހު ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)އަށް ޣައްޒާގައި ވެރިކަން ކުރުމުގެ ފުރުޞަތު ދިނުމެވެ.

މިޞްރުގެ ހުށަހެޅުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން ހަ މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ޣައްޒާގައި ވެރިކަން ކުރާނެ ކޮމިޓީއެއް އެކުލަވައިލެވޭނެއެވެ. އަދި، ޞަލާޙުއްދީން މަގު ސާފުކޮށް، ޣައްޒާ އާރާސްތު ކުރުމުގެ މަސައްކަތް ފަށައިގަނެވޭނެއެވެ. އެއާ އެކު، 200,000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ފަަށައި، ގެއްލުން ލިބިފައިވާ ބައެއް އިމާރާތްތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. އެ ތަންތަނުގައި 1.2 މިލިޔަން މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް މިޞްރުން ޤަބޫލު ކުރެއެވެ.

މިޞްރުގެ ހުށަހެޅުމުގެ ދެވަނައާއި ތިންވަނަ މަރުޙަލާގެ ދަށުން، ޣައްޒާގެ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެއެވެ. އެ ކަމަށް ހަތަރެއް ނުވަތަ ފަސް އަހަރު ހޭދަވާނެ ކަމަށް އަންދާޒާ ކުރެވިފައިވާއިރު، އެ މަރުޙަލާގައި ޣައްޒާގައި އިތުރު 400,000ށްހާ ގެދޮރު ބިނާ ކޮށްދެވޭނެއެވެ. އަދި، ޣައްޒާގެ ވިޔަފާރި ބަނދަރާއި ވައިގެ ބަނދަރު އަލުން ތަރައްޤީ ކުރެވޭނެއެވެ. މީގެ އިތުރުން، ޣައްޒާގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށް، މުއާޞަލާތާއި ކަރަންޓުގެ ޚިދުމަތްތައް އަލުން ޤާއިމު ކޮށްދެވޭނެއެވެ.

އެ މަރުޙަލާތަކުގައި ޣައްޒާގައި ވެރިކަން ކުރާނީ އެކި ދާއިރާތަކުގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ މުޝީރުންގެ ކޮމިޓީއަކުން ކަމުގައި މިޞްރުގެ މަޞްދަރުތަކުން ބުންޏެވެ. އެ ސަރުކާރުގެ މައިގަނޑު ޒިންމާއަކަށް ވާނީ، ޣައްޒާގައި ނިކަމެތިކޮށް ހާލުގައި ޖައްސާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތްތައް ވިލަރެސްކޮށް އިންތިޒާމު ކުރުމެވެ.

މީގެ އިތުރުން ޣައްޒާގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ވެސް މިޞްރުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި، ފަލަސްޠީނުގެ ފުލުހުން ތަމްރީނު ކުރުމާއި، ފުލުހުންގެ ޚިދުމަތް ފުޅާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މި ކަމުގައި އުރުދުންގެ ބައިވެރިވުން ވެސް އޮންނާނެއެވެ. ޣައްޒާއަށް ސުލްޙަ ބަލަހައްޓާ ފައުޖެއް ފޮނުވުމަށް އެ ދެ ޤައުމުން ވަނީ އެކުވެރި ދައުލަތްތައް (އދ)ށް ވެސް ގޮވައިލާފައެވެ.

ޣައްޒާ އަލުން އާރާސްތު ކުރުމަށް 53 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިޞްރުން ބުނެއެވެ.

ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތާލުމަށް ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ފަށާފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700 ށް އަރާފައިވާއިރު، 111,000 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

ޔަހޫދީންގެ ޤަތުލުޢާންމު މެެދުކަނޑައިލާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަަސްވުމުގެ ފުރަތަމަ މަރުޙަލާ ނިމުމަކަށް އައިސްފައިވާއިރު، އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލުމަށް ޔަހޫދީން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލައިފި

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލައިފި

17 ޖުލައި 2017
ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި

ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި

11 ޖުލައި 2017
ގަތަރަށް ހުށަހެޅި ސުންގަޑި ހަމަވަނީ.....

ގަތަރަށް ހުށަހެޅި ސުންގަޑި ހަމަވަނީ.....

02 ޖުލައި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން

މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން

03 މެއި 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު