Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގަތަރުގެ މައްސަލަ

ގަތަރަށް ހުށަހެޅި ސުންގަޑި ހަމަވަނީ.....

ޝަރުތުތަކާ މެދު ނިންމާ ގޮތެއް އާދިއްތަ ދުވަހުގެ ރޭގެ ނިޔަލަށް ގަތަރުން އަންގަންޖެހޭ

ރާއްޖެ އެމްވީ | 2 ޖުލައި 2017 | އާދީއްތަ 14:32
ގަތަރުގެ ޚާރިޖީ ވަޒީރު ރޯމްގައި ޖުލައި 1 ގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

ގަތަރުގެ ޚާރިޖީ ވަޒީރު ރޯމްގައި ޖުލައި 1 ގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

ސައުދީ އަރަބިއްޔާ އިން އިސްނަގައިގެން ގަތަރާ ދެކޮޅަށް އަވައްޓެރި ގައުމުތަކާ ގުޅިގެން އަޅާފައި ދަތިކުރުމުގެ ފިޔަވަޅުއް އުވާލުމަށް ގަތަރުން ފުރިހަމަ ކުރަންޖެހޭ ޝަރުތަކާ މެދު އެ ގައުމުން ގޮތެއް ނިންމުމަށް ދީފައިވާ ސުންގަޑި އާދިއްތަ ދުވަހުގެ ރެއަށް ހަމަވާނެއެވެ.

ސައުދީ އަރަބިއްޔާ، ބަހްރޭން، ޔޫއޭއީ އަދި މިސްރުން ބުނެފައިވަނީ 13 ޝަރުތު ގަތަރުން 10 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމުން ނޫނީ އިގްތިސާދީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ގަތަރަށް ކުރިމަތި ކޮށްފައިވާ ފިއްތުންތައް ނައްތާނުލާނެ ކަމަށެވެ.

ގަތަރަށް ކުރިމަތި ކުރުވާފައިވާ ޝަރުތުތަކަށް އެއްބަސް ނުވެއްޖެނަމަ ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކާ ގަތަރަށް ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އައްތާނީ ރޯމްގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވީ މި ޝަރުތަކަކީ ހުށަހެޅި އިރުވެސް ގަބޫލު ކުރެވޭ ފަދަ ޝަރުތަކެއް ނޫން ކަމަށާއި، މިއީ ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބަދަލުގައި ގަތަރުގެ އިސްތިގްލާލަށް އަރައި ގަތުމަށް ހުށަހެޅި ޝަރުތުތަކެއް ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ޝަރުތުތައް ހުށަހެޅި ގައުމުތަކުން ކަންބޮޑުވާ ކަންކަމާ މެދު މަޝްވަރާ ކުރަން ގަތަރުން ތައްޔާރަށް އޮތް ކަމަށެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އެއްވެސް ފަރާތަކަށް މިނިވަން ގައުމަކަށް އެ ގޮތައް ސުންގަޑި ކަނޑަނޭޅޭނެ ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މި މައްސަލައިގައި ކުރިން ވިދާޅުވެފައިވަނީ، ބައެއް ޝަރުތުތައް ތަންފީޒް ކުރަން ގަތަރަށް ވަރަށް ބޮޑަށް ދަތިވާނެ ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށާއި ނަމަވެސް މަޝްވަރާގެ މޭޒުދޮށަށް ގޮސް ހުރިހާ ގައުމުތަކުން ވާހަކަ ދެއްކުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ގަތަރުން ގަބޫލު ކުރަނީ، ޓެރަރިޒަމްގެ ނަމުގައި ގަތަރަށް އެޅި ފިޔަވަޅު ތަކަކީ، ޒަމާނުއްސުރެ ގަތަރާ އެ ގައުމުގަކުގެ ސިޔާސަތުތަކާ ހުރި ތަފާތު ތަކެއްގެ ސަބަބުން އެޅި ފިޔަވަޅެއް ކަމަށެވެ.

ގަތަރަކީ ޓެރަރިޒަމް އަށް ވާގިވެރިވާ ގައުމެއް ކަމަށް ބުނެ ބައެއް ގައުމުތަކުން އެގައުމާ އޮންނަ ގުޅުން ކަނޑާލީ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން ވައިގެ މަގުންނާއި އެއްގަމު އަދި ކަނޑުގެ މަގުން ގަތަރަށް ދަތުރުކުރެވޭނެ މަގުތައް އެގައުމުތަކުން ވަނީ ބަންދުކޮށްފައެވެ.

ގަތަރާ އެކު އޮންނަ ގުޅުން ކުއްލި ގޮތަކަށް ކަނޑާލި ގައުމުތަކުގެ ލިސްޓުގައި ދިވެހި ރާއްޖެވެސް ހިމެނެއެވެ. ރައީސް ޔާމީން ސަރުކާރުން ހާމަކުރެއްވި ގޮތުގައި ރާއްޖޭން ކަނޑާލީ ހަމަ އެކަނި ސިޔާސީ ގުޅުން ކަމަށާއި ވިޔަފާރީގެ ގުޅުންތަކަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ.

ގަތަރުން ޝަރުތުތައް ގަބޫލު ނުކޮށް ދޫކޮށްލައިފިނަމަ، ވިޔަފާރީގެ ގޮތުން އިތުރު ފިޔަވަޅުތައް ގަތަރާ ދެކޮޅަށް އަޅާނެ ކަމަށް ބެލެވިފައިވާއިރު، ޔުނައިޓެޑް އެރަބް އެމިރޭޓްސް އިން ރަޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހުސްވި ހަފްތާގައި ވިދާޅުވީ، ގަތަރަށް އަޅާނެ ފިޔަވަޅު ތަކުގެ ތެރޭގައި ގަތަރާއެކު ވިޔަފާރި ކުރާ ގައުމުތަކަށް ގަތަރު ނޫނީ ގުޅިފައިވާ ގައުމުތައް އިޚްތިޔާރު ކުރުމަށް ގޮވާލައްވާނެ ކަމަށެވެ. އިތުރު ފިޔަވަޅު ތަކުގެ ތަފްސީލްތައް ރަސްމީކޮށް ހާމަ ކޮށްފައި ނެތް ނަމަވެސް، ހަ ގައުމު ހިމެނޭ ގަލްފް ކޯޕަރޭޝަން ކައުންސިލުން ގަތަރު ބޭރު ކޮށްލުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްރަހް ހޫނުވެފައި ވަނިކޮށް ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއިކޮށްފި

މަޝްރަހް ހޫނުވެފައި ވަނިކޮށް ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއިކޮށްފި

15 ޖޫން 2017
ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި

ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި

10 ޖޫން 2017
ޔޫއޭއީން ގަތަރަށް ދޭ ޕޯސްޓުގެ ޚިދުމަތް ކަނޑާލައިފި، ގަތަރުގެ މައްސަލަ ހައްލު ކުރެވޭތޯ މަޝްވަރާ ކުރަނީ

ޔޫއޭއީން ގަތަރަށް ދޭ ޕޯސްޓުގެ ޚިދުމަތް ކަނޑާލައިފި، ގަތަރުގެ މައްސަލަ ހައްލު ކުރެވޭތޯ މަޝްވަރާ ކުރަނީ

08 ޖޫން 2017
ގަތަރުގެ މައްސަލަ: ކުވެއިތުގެ އަމީރު ގަތަރަށް ވަޑައިގެންފި

ގަތަރުގެ މައްސަލަ: ކުވެއިތުގެ އަމީރު ގަތަރަށް ވަޑައިގެންފި

08 ޖޫން 2017
ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

07 ޖޫން 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު