Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު-އިސްރާއީލު ހަމަނުޖެހުން

އިޒްރޭލް ސިފައިން ޖެނިން ގައި ހިންގި އޮޕަރޭޝަންގައި ފަލަސްތީނުގެ 3 މީހުން ޝަހީދުކޮށްލައިފި

4 މާރިޗު 2025 | އަންގާރަ 16:03

އިޒްރޭލް އަސްކަރިއްޔާއިން ބުނެފައިވަނީ އެ ސަރަހައްދުގެ ހަމާސްގެ ލީޑަރާއި އިތުރު ފަރާތެއް އޮޕަރޭޝަނުގައި ޝަހީދުކޮށްލާފައިވާ ކަމަށާއި، އިތުރު 3 މީހުން ހައްޔަރުކުރެވުނު ކަމަށެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 މާރިޗު 2025 | އަންގާރަ 16:03
މާޗް 4، 2025 ގައި ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަފްތާއެއްހާ ދުވަހަށް ކުރިއަށް ގެންދިޔަ ހަމަލާތަކުގައި އިސްރާއީލުގެ ސިފައިން ޖެނިންގެ އިރުމަތީ ސަރަހައްދުގައި ރޭޑެއް ބާއްވަމުން ދަނިކޮށް އެމީހުންގެ ޓޭންކަރެއް ކައިރީގައި ފޯރިމަރަނީ

އިޒްރޭލް ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިންގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ 3 މީހުން ޝަހީދުކޮށްލައިފިއެވެ.

އިޒްރޭލް ސިފައިން އަންގާރަ ދުވަހު ބުނެފައިވަނީ ހިފާފައިވާ ހުޅުނގު އައްސޭރީގެ ޖެނިން ސިޓީގައި ހިންގަމުންދާ އޮޕަރޭޝަން ފުޅާކޮށް، އެ އޮޕަރޭޝަންގައި 3 ފަލަސްތީނުން ޝަހީދުކޮށްލާފައިވާ ކަމަށެވެ.

Advertisement - worldAdvertisement

އިޒްރޭލް އަސްކަރިއްޔާއިން ބުނެފައިވަނީ އެ ސަރަހައްދުގެ ހަމާސްގެ ލީޑަރާއި އިތުރު ފަރާތެއް އޮޕަރޭޝަނުގައި ޝަހީދުކޮށްލާފައިވާ ކަމަށާއި، އިތުރު 3 މީހުން ހައްޔަރުކުރެވުނު ކަމަށެވެ. އަދި އިތުރު އިންސްޕެކްޝަނެއްގައި އެހެން ހަނގުރާމަވެރިއެއްވެސް ޝަހީދުކޮށްލާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އިޒްރޭލު ސިފައިން ޝަހީދުކޮށްލި ހަމާސްގެ ލީޑަރު ކަމަށް ބުނާ ފަރާތަކީ އަސެރް ސަޢަދިއްޔާ ކަމަށް ފަލަސްތީނު ހެލްތު މިނިސްޓްރީން ބުނެއެވެ. އޭނާ ޝަހީދުކޮށްލެވުނީ ޖެނިންގެ އިރުމަތީ ސަރަހައްދުގައި ކަމަށާއި، އޭނާގެ ހަށިގަނޑު އިޒްރޭލް ސިފައިން ގެންގޮސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ޖެނިންގައި ހުންނަ ސަރުކާރު ހޮސްޕިޓަލުގެ އިސްވެރިޔާ ވިސާމް ބޭކަރ ބުނެފައިވަނީ 25 އަހަރުގެ ޖިހާދު އަލަވްނެހް އިޒްރޭލް ސިފައިންގެ ވަޒަނެއް އަރައިގެން ޝަހީދުވެފައިވާ ކަމަށެވެ.

އިޒްރޭލް ސިފައިން މި އޮޕަރޭޝަން ފެށީ ޖަނަވަރީ 21 ގައެވެ. "އަޔަން ވޯލް" ގެ ނަމުން ކުރިއަށްދާ މި އޮޕަރޭޝަނަކީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައުމަށްފަހު ފެށުނު އޮޕަރޭޝަނެކެވެ. މިއީ 20 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ހުޅަނގު އައްސާރިއަށް ޓޭންކުތައް ވެއްދި އޮޕަރޭޝަން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
07 ޖެނުއަރީ 2017

ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި

07 ޖެނުއަރީ 2017
ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި
07 ޖެނުއަރީ 2017

ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި

07 ޖެނުއަރީ 2017
ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
01 ޖެނުއަރީ 2017

ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި

01 ޖެނުއަރީ 2017
ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް