Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ޢުމްރާގެ އަޅުކަން

މަސްޖިދުލް ހަރާމުގެ ގޯތިތެރޭގައި ބޯކޮށާ، ބޯ ބޭލޭނެ ޚިދުމަތް ޤާއިމު ކޮށްފި

މީގެ ކުރިން އުމުރާގެ ރުކުންތައް ފުރިހަމަ ކުރުމަށް ފަހު ބޯބޭލުމަށް ނުވަތަ ބޯކޮށުމަށް އިހުރާމުގައި ދުރު ސަރަހައްދުތަކަށް ހިނގާފައި ދާން ޖެހޭ

ރާއްޖެ އެމްވީ | 3 މާރިޗު 2025 | ހޯމަ 21:14
މަސްޖިދުލް ހަރާމް ގެ ގޯތިތެރޭގައި ބޯކޮށުމާއި ބޯ ބޭލުމުގެ ޚިދުމަތް މިއަހަރުގެ ރަމަޟާން މަހު ވަނީ ތައާރަފް ކޮށްފައި

މަސްޖިދުލް ހަރާމް ގެ ގޯތިތެރޭގައި ބޯކޮށުމާއި ބޯ ބޭލުމުގެ ޚިދުމަތް މިއަހަރުގެ ރަމަޟާން މަހު ވަނީ ތައާރަފް ކޮށްފައި

މައްކާގެ މަސްޖިދުލް ހަރާމުގެ ގޯތިތެރޭގައި އުމްރާގެ އިޙްރާމު ކެނޑޭނެ ލުއިފަސޭހަކަން ހޯދައި ދިނުމަށް ބޯކޮށާ ނުވަތަ ބޯބޭލެނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ސައުދީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ރަމަޟާން މަހު ފުރަތަމަ ފަހަރަށް މަސްޖިދުލް ހަރާމް ގެ ގޯތިތެރޭގައި އުމްރާގެ އިޙްރާމު ކެނޑޭނެ ޚިދުމަތް ތަޖުރިބާކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

މީގެ ކުރިން އުމުރާގެ ރުކުންތައް ފުރިހަމަ ކުރުމަށް ފަހު ބޯބޭލުމަށް ނުވަތަ ބޯކޮށުމަށް އިހުރާމުގައި ދުރު ސަރަހައްދުތަކަށް ހިނގާފައި ދާން ޖެހެއެވެ.

މި އައު ޚިދުމަތުގެ ދަށުން، އުމްރާ އަދާކުރާ ފަރާތްތަކަށް މަރުވާ ސަރަޙައްދުގެ ކުރިމަތިން ޤާއިމުކޮށްފައިވާ ފަސް ތަނެއްގައި ބޯ ބޭލުމާއި ބޯ ކޮށުމުގެ ޚިދުމަތް ލިބޭނެއެވެ. ސިއްހީ މިންގަނޑުތަކާ އެއްގޮތައް ޒަމާނީ އާލާތްތައް ހިމެނޭ ބޯކޮށުމުގެ ޚިދުމަތްދޭ މޮބައިލް ޔުނިޓްތައް ވަނީ ޤާއިމުކޮށްފައި ކަމަށް ސައުދީ މީޑީއާ ރިޕޯޓުތައް ބުނެއެވެ.

މިއީ ﷲގެ މެހުމާނުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށާއި ޙައްޖު އަދި އުމްރާގެ އަޅުކަން އިތުރަށް ފަސޭހަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށް ސައުދީ ސަރުކާރުން ބުނެފައިވެއެވެ.

މި ޚިދުމަތް ބަލަހައްޓަނީ ތަޖުރިބާކާރު އަދި ޚާއްޞަ ޓީމަކުންނެވެ. މި ޓީމުން ޚިދުމަތް ދިނުމުގައި އެންމެ މަތީ ފެންވަރުގައި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭގޮތަށް، އަވަސް އަދި ހަރުދަނާ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ

ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ

05 ޑިސެމްބަރު 2025
އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ

އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ

28 ނޮވެމްބަރު 2025
ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

21 ނޮވެމްބަރު 2025
މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ

މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ

14 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު