Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް ޖަލްސާ

މުޅި މަޖިލީހުގައި ސިފައިންގެ "ކޮންޓްރޯލް"، ޖަލްސާ ސައްހައެއް ނޫން: އިދިކޮޅު މެމްބަރުން

23 އޯގަސްޓު 2017 | ބުދަ 08:53

މަސީހު ރިޔާސަތުގައި އިންނަވައިގެން ޖަލްސާ ސައްހައެއް ނޫން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 23 އޯގަސްޓު 2017 | ބުދަ 08:53
މައިނޯރިޓީ ލީޑަރުގެ ކޮޓަރިކޮޅަށް ޕީޕީއެމްގެ މެންބަރުން ވަދެ އަޑުގަދަ ކުރަނީ

މައިނޯރިޓީ ލީޑަރުގެ ކޮޓަރިކޮޅަށް ޕީޕީއެމްގެ މެންބަރުން ވަދެ އަޑުގަދަ ކުރަނީ

ބަރުލަމާނީ އާންމު އުސޫލުތަކާ ހިލާފަށް، ސިފައިންގެ ކޮންޓްރޯލްގެ ދަށުން ބުދަ ދުވަހުގެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވެސް ސައްހަ ނޫން ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ކޮމިޓީ ރޫމްތަކުގެ ބޭރުގަ އާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ކޮޓަރިކޮޅުގެ ބޭރުގަ އާއި ކޮރިޑޯތަކުގައި ސިފައިންގެ އޮފިސަރުންގެ ފާރުތައް އަތުރާލާފައިވާއިރު، މަޖިލީހުގެ މާލަމަށް މެމްބަރުން ވަދެވަޑައިގަތުމަށް ވެސް ސިފައިން ހުރަސް އެޅުއްވި ކަމަށް މެމްބަރުން ވިދާޅުވި އެވެ.

Advertisement - newsAdvertisement

"އަޅުގަނޑު މަޖިލީހަށް ވެންނެވުމަށް ސިފައިން ހުރަސް އެޅި. ބުނި ނުވަދެވޭނޭ،" ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާތައް 9:00 ގައި ފަށަން ޖެހޭއިރު، އެ ވަގުތު ދެ ޕާޓީގެ މެމްބަރުން ވެސް ތިއްބެވީ މަސީހުގެ ކޮޓަރިކޮޅުގެ ކުރިމަތީގަ އެވެ. އެ ސަރަހައްދުގައި ދެ ޕާޓީގެ މެމްބަރުންގެ މެދުގައި ޒުވާބުކޮށް، ވަރަށް ބޮޑު ހަމަނުޖެހުމެއް ހިންގި އެވެ.

"މަޖިލީހުގެ ރިޔާސަތު ދިފާއުކުރަން ވައްދާފައި ތިބި ސިފައިންގެ އަދަދު، މަޖިލީހުގެ މެމްބަރުންނަށް ވުރެ މާގިނަ، ކީއްކުރާ ކަމެއްތޯ މިއީ،" ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވި އެވެ.

ވިއްސަކަށް ސިފައިންގެ އޮފިސަރުންގެ އެހީތެރިކަމާއެކު މަސީހުގެ ކޮޓަރިކޮޅުން ނުކުމެވަޑައިގެންނެވިއިރު، މާލަމަށް ވަދެވަޑައިގަންނަވަންދެން އިދިކޮޅު މެމްބަރުން ގެންދެވީ ފަހަތުން އަޑުއުފުލައްވަމުންނެވެ. މަސީހުގެ އިތުބާރެއް ނެތް ކަމަށް ގޮވަމުންދިޔައިރި، އިދިކޮޅު މެމްބަރުން ހުއްޓުވުމަށްޓަކައި ޕީޕީއެމްގެ މެމްބަރުން ދިޔައީ މަސައްކަތް ކުރައްވަމުންނެވެ. އެ ހަމަނުޖެހުންތަކުގައި ބައެއް މެމްބަރުން މާރާމާރީ ވެސް ހިންގި މަންޒަރު ފެނިގެންދިޔަ އެވެ.

މާލަމުގައި ސިފައިންގެ ބޮޑު "ފާރެއް"، ނިޒާމެއް ނެތް

މަސީޙުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުން ސޮއިކުރައްވައި ހުށަހެޅި މައްސަލަ ކުރިއަށް ނުގެންގޮސް، އެ މައްސަލަ ބޭރުކޮށްލާފައިވާއިރު، ބުދަ ދުވަހު ވެސް ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ މުޅި މަޖިލީހުގައި ސިފައިންގެ ސަފުތައް ރުކުރުވާލައިގެންނެވެ. މަޖިލީހުގެ މާލަމުގައި އިދާރީ މޭޒުގެ ކުރިމަތިން ފެށިގެން، ރިޔާސަތުގެ މޭޒު ވެސް ނިވާވާ ގޮތަށް ސިފައިން ވަރުގަދައަށް ރުކުރުވާލާފައިވާއިރު، އެ ސިފައިންގެ ކުރިމަތީގައި ޕީޕީއެމް އާއި އެމްޑީއޭގެ ބައެއް މެމްބަރުން ވެސް އެތުރިލައިގެން ތިއްބެވި އެވެ.

މީގެ ކުރިން މިފަދަ ގޮތަށް ސަރުކާރު މެމްބަރުން އަމަލުކޮށްފައިނުވާއިރު، އިދިކޮޅު މެމްބަރުންނާ ދިމާއަށް އަޑު އުފުލައި، މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިންގީ، ބުދަ ދުވަހުގެ ޖަލްސާގައި އިދިކޮޅު މެމްބަރުންނަށް ދޫނުދެއްވާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އެވެ.

މަޖިލީހުގެ ޖަލްސާ ފެށިއިރު ވެސް މާލަމުގައި ނިޒާމު އޮތީ ގެއްލިފަ އެވެ. ނަމަވެސް އެކަން ހައްލުކުރުމުގެ ބަދަލުގައި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވަން ރިޔާސަތުން މަސީހު ނިންމަވައި، އެޖެންޑާ އިއްވި އެވެ. އަދި ބަހުސްކުރުމެއް ނެތި، ސްރީ ލަންކާގެ ސަފީރު ކަމަށް އައްޔަން ކުރުމަށް ފޮނުއްވާފައިވާ މުހައްމަދު ހުސައިން ޝަރީފަށް ރުހުން ދިނުމަށް ފާސްކުރީ 28 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގައި ބައިވެރިވުމަށް ވޯޓް ދިނީ 27 މެމްބަރުންނެވެ.

މަޖިލީހުގައި ނިޒާމު ގެއްލިފައި ވަނިކޮށް ވޯޓަށް އެހުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަކަށްވާއިރު، މިހާތަނަށް މިފަދަ ހާލަތެއްގައި ވޯޓަށް އެއްސެވުމަކީ ވެސް އާންމު ކަމެއް ނޫނެވެ. މެމްބަރުން އިހްތިޖާޖުކުރަމުން ގެންދަނިކޮށް މަޖިލީހުގައި ވޯޓް ނަގައި ނިންމާލިއިރު، ހާޒިރުވެ ތިއްބެވި މެމްބަރުންގެ އަދަދެއް ވެސް އިއުލާނެއް ނުކުރައްވަ އެވެ. މި ދެ ވޯޓްގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިނުގަންނަވަ އެވެ.

"އަޅުގަނޑުމެން ވޯޓް ދޭންޖެހޭ ސަބަބެއް ނެތް. އަޅުގަނޑުމެން ވޯޓް ދިންނަމަ، މިއަދު އެ ވޯޓްތައް ބާތިލްވެގެން ދާނެ. ނަމަވެސް އަޅުގަނޑުމެން އާންމުކޮށް ގަބޫލުކުރާ އުސޫލާ ހިލާފަށް ވޯޓެއް ނުދޭނަން. މަސީހަކީ އިތުބާރު ނެތް މީހެއް،" ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވި އެވެ.

އިޖުތިމާއީ ކޮމިޓީއަށް މެމްބަރުން ވަނުން މަނާކުރި

ބުދަ ދުވަހު ބާއްވަން ތާވަލްކޮށްފައި އޮތް އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމަށް މެމްބަރުން ވަދެވަޑައިގަތުމަށް ސިފައިން ހުރަސް އެޅުއްވި ކަމަށް، ބައެއް މެމްބަރުން ވިދާޅުވި އެވެ. "އަޅުގަނޑު ކޮމިޓީއަށް ދާން ސިފައިން ހުރަސް އަޅާ ހިސާބަށް ދިޔައީމަ މަޖިލީހެއް ނެތް،" ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވި އެވެ.

ޖަލްސާ ސައްހަކަމާމެދު ސުވާލު

ޖަލްސާ ސައްހަކަމާމެދު ސުވާލު އުފެދޭ ކަމަށް މަތިވެރި ދާއިރާގެ މެންބަރު ހުސެއިން މުހައްމަދި ވިދާޅުވި އެވެ. މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރަކު ސޮއި ކުރައްވާފައިވާއިރު، ރިޔާސަތުގައި މަސީހު އިންނަވައިގެން ބާއްވާ ޖަލްސާތަކާއި އެ ޖަލްސާތަކުގެ ނިންމުން ސައްހަނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލިސް އޮތީ ސިފައިންގެ ބާރުގެ ދަށުގައި، ކޮންޓްރޯލްކުރަނީ މިލްޓަރީން. މަޖިލިސް ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ކަމަށް ބުނުމަކީ ބަހުސެއް އޮތް ކަމެއް ނޫން،" ހުސައިން މުހައްމަދު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް