Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އެމެރިކާ ގުޅުން

'މަސައްކަތް ނިންމާލަން' ބޭނުންވާ ހަތިޔާރު ފޮނުވައިދިނުމުން ނަތަންޔާހޫގެ ޝުކުރު ޓްރަމްޕަށް

ޖެނުއަރީ މަހު ވައިޓް ހައުސް އަށް އެނބުރި ވަޑައިގެންނެވި ޓްރަމްޕް ވަނީ އިސްރާއީލަށް ހުރިހާ ގޮތަކަުންވެސް އިސްކަން ދެއްވާފައެވެ. މިގޮތުން، ނަތަންޔާހޫ އަކީ ޓްރަމްޕްގެ ދެވަނަ ދައުރުގައި ވައިޓް ހައުސްއަށް ފުރަތަމަ ދަޢުވަތު ދެއްވި ބޭރު ގައުމެއްގެ އިސްވެރިޔާއެވެ.

ރާއްޖެ އެމްވީ | 3 މާރިޗު 2025 | ހޯމަ 10:56
ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ބައްދަލު ކުރަައްވަނީ - 4 ފެބްރުއަރީ 2025

ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ބައްދަލު ކުރަައްވަނީ - 4 ފެބްރުއަރީ 2025

އެމެރިކާގެ ކުރީ ސަރުކާރުން ހިފަހައްޓާފައި ހުރި ހަތިޔާރު ޓްރަމްޕްގެ ވެރިކަމުގައި އިސްރާއީލަށް ފޯރުކޮށްދޭން ނިންމުމުން އިސްރާއީލުގެ ބޮޑު ވަޒީރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޝުކުރު އަދާކުރައްވައިފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދިއްތަ ދުވަހު ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިތުރު ހަތިޔާރުތަކާއެކު، އީރާންގެ 'ޓެރަރ އެކްސިސް' އާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ފުރިހަމައަށް ނިންމާލެވޭނެ ކަމަށެވެ

ނަތަންޔާހޫ އަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، އީރާނުން އެހީތެރިވެދޭ ފަލަސްތީނުގެ ހަމާސް އާއި ލުބުނާނުގެ ހިޒްބުﷲ ފަދަ ޖިހާދު ކުރާ ޖަމާއަތްތަކާ ދެކޮޅަށް އަބަދުވެސް މަސައްކަތް ކުރާ ފަރާތެކެވެ. 'ޓެރަރަ އެކްސިސް' ގެ ގޮތުގައި އިސްރާއީލުން ސިފަކުރާ އީރާން އާއި އީރާނުގެ ބައިވެރިންނާ ދެކޮޅަށް އިސްރާއީލުން ދޭ ހަމަލާތަކުގައި ބޭނުން ކުރަނީ އެމެރިކާގެ ހަތިޔާރުކަން ފާހަގަ ކުރެވެއެވެ.

އިނގިރޭސި ބަހުން ދެއްވި ވީޑިއޯ ބަޔާނެއްގައި ނަތަންޔާހޫ ވިދާޅުވީ ޓްރަމްޕަކީ އިސްރާއީލަށް ވައިޓް ހައުސް އިން ލިބުނު އެންމެ ބޮޑު ރަހުމަތްތެރިޔާ ކަމަށެވެ. މިގޮތުން، އެމެރިކާގެ ކުރީގެ ސަރުކާރުން ހިފަހައްޓާފައި ހުރި ހަތިޔާރުތައް ފޮނުވައިދެއްވައި، އިސްރާއީލަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެއްވާފައިވާ ވުމުން އީރާނުގެ "ޓެރަރ އެކްސިސް' އާ ދެކޮޅަށް ކުރަން ހުރި މަސައްކަތް ނިންމާލުމަށް ބޭނުންވާ އާލަތްތައް ލިބުނީ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

މީގެ ކުރިން، އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ނަތަންޔާހޫ ވަނީ މިފަދަ މޭރުމަކުން ވާހަކަތަކެއް ދައްކަވާފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ނަތަންޔާހޫ ވިދާޅުވީ، އެމެރިކާގެ އެހީތެރިކަމާއެކު އީރާނުގެ 'ޓެރަރ އެކްސިސް' ގެ ކަންތައް ނިންމާލެވޭނެ ކަމަށެވެ.

ޖެނުއަރީ މަހު ވައިޓް ހައުސް އަށް އެނބުރި ވަޑައިގެންނެވި ޓްރަމްޕް ވަނީ އިސްރާއީލަށް ހުރިހާ ގޮތަކަުންވެސް އިސްކަން ދެއްވާފައެވެ. މިގޮތުން، ނަތަންޔާހޫއަކީ އޭނާގެ ދެވަނަ ދައުރުގައި ވައިޓް ހައުސްއަށް ފުރަތަމަ ދަޢުވަތު ދެއްވި ބޭރު ގައުމެއްގެ އިސްވެރިޔާއެވެ. އަނެއްކޮޅުން ޓްރަމްޕް ވަނީ އީރާނަށް ފިއްތުއްތައް އެންމެ މަތީ ދަރަޖައަކަށް ކުރިމަތި ކުރެއްވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ރިޔާސީ ގަރާރެއްގައި ސޮއި ކުރައްވާފައެވެ. ރިޔާސީ ފުރަތަަމަ ދައުރުގައި ވެސް ޓްރަމްޕް އީރާނާ ދެކޮޅަށް ގެންގުޅުއްވީ އެފަދަ ހަރުކަށި ސިޔާސަތެކެވެ.

އާދިއްތަ ދުވަހު، ރޫބިއޯ ވިދާޅުވީ އިސްރާއީލަށް 4 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ އަވަސް ކުރުމަށް ގަރާރެއްގައި ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި ކުރީގެ ރައީސް ޖޯ ބައިޑެންގެ ދައުރުގައި ބައެއް ބާވަތުގެ ހަތިޔާރު އިސްރާއީލަށް ފޮނުވުން މަނާ ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
އަޑިއަށްދިއަ ދެކުނު ކޮރެއާގެ އާގު ބޯޓުން ދިރިހުއްޓައި މީހަކު ފެނޭތޯ މަސައްކަތް ކުރަނީ

އަޑިއަށްދިއަ ދެކުނު ކޮރެއާގެ އާގު ބޯޓުން ދިރިހުއްޓައި މީހަކު ފެނޭތޯ މަސައްކަތް ކުރަނީ

03 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު