Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުކަރަންޓްގެ ހިދުމަތް

ކަރަންޓު ޔުނިޓަކުން 38 ލާރި ހެޔޮކޮށްފި

4 ޖުލައި 2017 | އަންގާރަ 12:06

ކަރަންޓުގެ އަގު ހެޔޮކޮށްފައިވަނީ ތެލުން ނަގާ ޑިއުޓީ ކުޑަކުރުމާއި ގުޅިގެން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 4 ޖުލައި 2017 | އަންގާރަ 12:06
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް

ކަރަންޓް ޔުނިޓްގެ އަގުން 38 ލާރި ހެޔޮކޮށްފި ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކަރަންޓުގެ އަގު ހެޔޮކޮށްފައިވަނީ ތެލުން ނަގާ ޑިއުޓީ 10 އިންސައްތައިން ފަސް އިންސައްތައަށް ކުޑަ ކުރަން ނިންމުމާއި ގުޅިގެން ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޔުނިޓަކުން 38 ލާރި އަގު ހެޔޮކޮށްފައިވާ ކަމަށެވެ. އަދި އޮގަސްޓު މަހުގައި ބިލް ކުރާ މިމަހުގެ ބިލުގައި ހިމަނާނީ އަގަށް އައި ބަދަލާ އެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން 100 ޔުނިޓާ ހަމައަށް ކަރަންޓު ބޭނުން ކުރާ ފަރާތްތަކުގެ ބިލުން 17 ޕަސެންޓު ކުޑަ ވާނެ ކަމަށާއި 100 ޔުނިޓާއި 200 ޔުނިޓާ ދެމެދުގެ އަދަދަކަށް ކަރަންޓު ބޭނުން ކުރައްވާ ފަރާތްތަކަށް 15 ޕަސެންޓު ކުޑަވެގެންދާނެ ޝަރީފު ވިދާޅުވިއެވެ. އަދި 400 ޔުނިޓުން މަތީގެ މިންވަރަކަށް ކަރަންޓު ޔޫސޭޖް އަރާ ފަރާތްތަކުގެ ބިލުން ނުވަ ޕަސެންޓުގެ ސޭވިން އެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.ޝަރީފު ވިދާޅުވި ގޮތުގައި އާންމު ރައްޔިތުން ކުރާ ވިޔަފާރިން ފަސް ޕަސެންޓާއިއަށް ޕަސެންޓާ ދެމެދުގެ ސޭވިން އެއް ލިބިގެން ދާނެއެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި ޚާއްސަ ވިޔަފާރިތަކަށްވެސް އެ ވަރުގެ ސޭވިންއެއް ލިބިގެން ދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

އެ ކުންފުނީގެ ކަރަންޓު ލިބިގަންނަ 78 ޕަސެންޓު ގޭބިސީތަކުން އެންމެ ބޮޑަށް ކަރަންޓު ކޮންޒިއުމް ކުރަނީ 100 ޔުނިޓާއި 400 ޔުނިޓާ ދެމެދުގައި ކަމަށެވެ. އެގޮތުން އެ ފަރާތްތަކުގެ ބިލުން މަހެއްގެ މައްޗަށް 3.6 މިލިއަން ރުފިޔާގެ ސޭވިން އެއް އެ ކެޓަގަރީގެ ގޭބިސީތަކަށް ލިބިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

04 އޯގަސްޓު 2018

ގަވައިދުން ޓެކްސް ދެއްކި 17 ކުންފުންޏަކަށް ރަން ލާރި އެވޯޑު ހަވާލުކޮށްފި

04 އޯގަސްޓު 2018
ގަވައިދުން ޓެކްސް ދެއްކި 17 ކުންފުންޏަކަށް ރަން ލާރި އެވޯޑު ހަވާލުކޮށްފި
14 މެއި 2018

ވިލާގެ 10 ކިލޯގެ ގޭސްފުޅީގެ އަގު ހެޔޮކޮށްފި

14 މެއި 2018
ވިލާގެ 10 ކިލޯގެ ގޭސްފުޅީގެ އަގު ހެޔޮކޮށްފި
06 މާރިޗު 2018

އެސްޓީއޯ އިން ބާޒާރުގައި ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި

06 މާރިޗު 2018
އެސްޓީއޯ އިން ބާޒާރުގައި ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި
01 ނޮވެމްބަރު 2017

"ލުއިފުޅި" ގޭހުގެ ރެޖިސްޓްރޭޝަން ފީ އަގު ހެޔޮކޮށްފި

01 ނޮވެމްބަރު 2017
"ލުއިފުޅި" ގޭހުގެ ރެޖިސްޓްރޭޝަން ފީ އަގު ހެޔޮކޮށްފި
21 ސެޕްޓެމްބަރު 2017

ފްލައި ދުބާއީގެ ޓިކެޓް އަގު ހެޔޮކޮށްފި

21 ސެޕްޓެމްބަރު 2017
ފްލައި ދުބާއީގެ ޓިކެޓް އަގު ހެޔޮކޮށްފި
05 އޯގަސްޓު 2017

މީރާގެ "ރަން ލާރި" މިފަހަރު 17 ފަރާތަކަށް

05 އޯގަސްޓު 2017
މީރާގެ "ރަން ލާރި" މިފަހަރު 17 ފަރާތަކަށް
13 ޖުލައި 2017

މޯލްޑީވިއަންގެ ޓިކެޓް ހެޔޮކޮށްފި

13 ޖުލައި 2017
މޯލްޑީވިއަންގެ ޓިކެޓް ހެޔޮކޮށްފި
07 ޖުލައި 2017

އެއަރޕޯޓުން ވިއްކާ ޖެޓް ފިޔުލްގެ އަގު ހެޔޮކޮށްފި

07 ޖުލައި 2017
އެއަރޕޯޓުން ވިއްކާ ޖެޓް ފިޔުލްގެ އަގު ހެޔޮކޮށްފި
18 ޖޫން 2017

ފިޔާ، އަލުވި އަދި ބިސް އަގު ހެޔޮކޮށްފި

18 ޖޫން 2017
ފިޔާ، އަލުވި އަދި ބިސް އަގު ހެޔޮކޮށްފި
17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް